Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހުޅުމާލެ ގްރޭންޑް މިސްކިތް މަރާމާތު ކުރުމަށް އުރީދޫ އާއި ގަތަރާއެކު އެއްބަސްވުމެއް

ހުޅުމާލެ ގްރޭންޑް މިސްކިތް މަރާމާތު ކުރުމަށް އުރީދޫ އާއި ގަތަރާއެކު އެއްބަސްވުމެއް

އައިޝަތު ރުވާ ރިފްޢަތު
563 ދުވަސް ކުރިން - 8 ޖެނުއަރީ 2025 22:46
އުރީދޫ އާއި ގަތަރު ޗެރިޓީ އެކު އެއްބަސްވުމެއްގައި ސޮއިކުރުން
އުރީދޫ އާއި ގަތަރު ޗެރިޓީ އެކު އެއްބަސްވުމެއްގައި ސޮއިކުރުން
ޚުލާސާ

ރޯދަމަސް ފެށެންވާ އިރަށް މިސްކިތް މަރާމާތު ކޮށް ނިމޭނެ. 2006 ވަނަ އަހަރު އިމާރާތްކުރެވުނު ހުޅުމާލޭ ގްރޭންޑް މިސްކިތަކީ 1800 އަށްވުރެ ގިނަ މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ބޮޑު މިސްކިތެއް.

ހުޅުމާލޭގައި ހުންނަ މަސްޖިދުލް ޝައިޚް ޤާސިމް ބިން އަލްޘާނީ (ހުޅުމާލެ ގްރޭންޑް މިސްކިތް) މަރާމާތުކޮށް އަޕްގްރޭޑް ކުރުމަށް އުރީދޫ މޯލްޑިވްސް އާއި ގަތަރު ޗެރިޓީ ގުޅިގެން މަސައްކަތް ކުރުމަށް އެބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި މަސައްކަތް ނިންމުމަށް ރާވާފައިވަނީ ކުރިއަށް އޮތް ރަމަޟާން މަސް ފެށުމުގެ ކުރިންނެވެ.

ދޯހާގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ޚާލިދު އަލް-ހަމާދީ އާއި ގަތަރު ޗެރިޓީގެ ޗީފް މާކެޓިން އޮފިސަރު އަހްމަދު ފަޚްރޫ އެވެ. މި ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ޗެއަރޕަރސަން އަލްފާޟިލާ ފާތިމާ ސުލްޠާން ކުވާރީ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

2006 ވަނަ އަހަރު އިމާރާތްކުރެވުނު ހުޅުމާލޭ ގްރޭންޑް މިސްކިތަކީ 1800 އަށްވުރެ ގިނަ މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ބޮޑު މިސްކިތެކެވެ. މިސްކިތުގެ ގޯތިތެރެ ވަނީ ގަސްތަކުން ޒީނަތްތެރިކޮށްފައެވެ. އަދި މިސްކިތުގެ އެތެރޭގައި ސީލިންގުގެ މަތީގައި ރީތި ޖިއޮމެޓްރިކް ޑިޒައިނެއް ހުރެއެވެ.

Advertisement

Advertisement 1

މަރާމާތް ކުރުމުގެ އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ މަސައްކަތުގައި މިސްކިތުގައި ފުލް އެއަރކޮންޑިޝަން ސިސްޓަމެއް ހަރުކުރުން ހިމެނެއެވެ. މި މަސައްކަތް ވަރަށް އަވަހަށް ފެށި، ރަމަޟާން މަސް ފެށުމުގެ ކުރިން ނިންމާލެވޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް-ހަމާދީ ވިދާޅުވީ، "ރަމަޟާން މަހަކީ ގިނަބަޔަކު އަޅުކަން ކުރުމުގައި މިސްކިތުގައި ގިނަވަގުތު ތަކެއް ހޭދަކުރެވޭ މަހެއް. މަސްޖިދުލް ޝައިޚް ޤާސިމް ބިން އަލްޘާނީގެ ވަސީލަތްތައް އިތުރަށް ހަރުދަނާކުރުމަށް ޤަތަރު ޗެރިޓީއާ ގުޅިގެން ކުރުމަކީ އުރީދޫ މޯލްޑިވްސްއަށް ލިބޭ ޝަރަފެއް," ކަމަށެވެ.

އުރީދޫއިން އިތުރަށް ބުނެފައިވަނީ މި މަސައްކަތުގެ ސަބަބުން ރަމަޟާން މަހުގައި އަދި އޭގެ ފަހުން ވެސް މުޖުތަމަޢުއަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި ދިވެހި މުޖުތަމަޢުއަށް ފައިދާ ކުރާނެ ކަންކަން ކުރުމަކީ އުރީދޫ މޯލްޑިވްސްއަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއްކަމަށް ކުންފުނިން ފާހަގަ ކުރިއެވެ.

އުރީދޫގަތަރު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޤަޠަރުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޤަޠަރުގެ އައު ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

3 ދުވަސް ކުރިން - 15:04

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

12 ދުވަސް ކުރިން - 10:54

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

12 ދުވަސް ކުރިން - 22:50

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފި

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަނީ

12 ދުވަސް ކުރިން - 13:31

ރަސްމީ ދަތުރުފުޅެއްގައި ރައީސް ގަތަރަށް ފުރާވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ރައީސް ގަތަރަށް ފުރާވަޑައިގެންފި

12 ދުވަސް ކުރިން - 13:22

ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާ ސަފީރުން ޢައްޔަން ކުރައްވައިފި

ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާ ސަފީރުން ޢައްޔަން ކުރައްވައިފި

31 ދުވަސް ކުރިން - 13:00