Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސަރުކާރުން 2.9 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލައިފި

ސަރުކާރުން 2.9 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލައިފި

އާނާ ފަހީމް
600 ދުވަސް ކުރިން - 8 ޖެނުއަރީ 2025 18:46
މީރާ ބިލްޑިންގ
މީރާ ބިލްޑިންގ
ޚުލާސާ

ވިއްކަން ހުޅުވާލާފައިވަނީ ހަތަރު ބާވަތެއްގެ ޓީ-ބިލް. މި ޓީ-ބިލްތައް ވިއްކަނީ 28 ދުވަހުން ފެށިގެން 364 ދުވަހާއި ހަމައަށް އެކި މުއްދަތުތަކަށް. އިންޓްރެސްޓް ރޭޓް ހުންނާނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދު.

ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި 2.9 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ހުޅުވާލައިފިއެވެ. މިއީ މިއަހަރު ވިއްކަން އިޢުލާންކުރި ފުރަތަމަ ޓީ-ބިލެވެ.

ފިނޭންސް މިނިސްޓްރީން މިފަހަރު ވިއްކަން ހުޅުވާލާފައިވަނީ ހަތަރު ބާވަތެއްގެ ޓީ-ބިލެވެ. އެގޮތުން 28 ދުވަހުން އަނބުރާ ދެއްކުމަށް 523.8 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި، 98 ދުވަހުން އަނބުރާ ދެއްކުމަށް 628.5 މިލިއަން ރުފިޔާގެ ޓީ-ބިލެއް ހިމެނެއެވެ. މީގެ އިތުރުން 182 ދުވަހުން އަނބުރާ ދެއްކުމަށް 838.1 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި، 364 ދުވަހުން އަނބުރާ ދެއްކުމަށް 942.8 މިލިއަން ރުފިޔާގެ ޓީ-ބިލެއް ވިއްކުމަށް ވަނީ އިޢުލާން ކޮށްފައެވެ.

މި ޓީ-ބިލްތަކުގެ އިންޓްރެސްޓް ރޭޓް ހުންނާނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގައެވެ. ސަރުކާރުން ވިއްކާ ޓީ-ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި، ބައެއް ބޭންކުތަކާއި، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. އަދި މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީ-ބިލް ގަނެއެވެ.

Advertisement

Advertisement 1

ޓީ-ބިލްއަކީ ގަވަރމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒްއެކެވެ. ރާއްޖޭގެ ސަރުކާރުން ދޫކުރާ ޓީ-ބިލަކީ ދިވެހި ރުފިޔާއިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި، މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާއެވެ.

މީރާފިނޭންސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސިޔާސީ މަގާމުތައް މަދުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: މިނިސްޓަރު

ސިޔާސީ މަގާމުތައް މަދުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: މިނިސްޓަރު

13 ދުވަސް ކުރިން - 11:07

ރަސްމީ ޑޮލަރު ރިޒާވްގައި 638 މިލިއަން ޑޮލަރުގައި، ސަބަބަކީ ދަތުރުފަތުރާއި ބޭސްފަރުވާއަށް ޑޮލަރު ވިއްކި މިންވަރު އިތުރުވުން

ޖުލައި މަހު ރަސްމީ ރިޒާވް 638 މިލިއަން ޑޮލަރަށް

14 ދުވަސް ކުރިން - 13:11

މިއަހަރު ލިބޭނެ ކަމަށް ލަފާ ކުރި އާމްދަނީގެ 60 އިންސައްތަ ލިބިއްޖެ

މިއަހަރު ލިބޭނެ ކަމަށް ލަފާ ކުރި އާމްދަނީގެ 60 އިންސައްތަ ލިބިއްޖެ

29 ދުވަސް ކުރިން - 16:07

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާތިމަތު އަމީޒާ އައްޔަންކުރައްވައިފި

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާތިމަތު އަމީޒާ އައްޔަންކުރައްވައިފި

43 ދުވަސް ކުރިން - 12:41

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން 33 އިންސައްތަ މަދުކުރަން އަންގައިފި

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން 33 އިންސައްތަ މަދުކުރަން އަންގައިފި

44 ދުވަސް ކުރިން - 18:28

ޖޫން މަހު ރަސްމީ ރިޒާވް 686 މިލިއަން ޑޮލަރަށް، ނަމަވެސް، ކުރު މުއްދަތުގެ ދަރަނިތައް އަދާކުރުމާ އެކު ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް އަދިވެސް ވަރުގަދަ

ރަސްމީ ރިޒާވް 686 މިލިއަން ޑޮލަރަށް، ބޭނުންކުރެވޭ ރިޒާވް އަދިވެސް ވަރުގަދަ

46 ދުވަސް ކުރިން - 10:27