ކޮޕާ ޑެލް ރޭގައި ޑިޕޯޓިވޯ މިނެރާއާ ދެކޮޅަށް އެންމެ ފަހުން ރިއަލް މެޑްރިޑް ކުޅުނު މެޗުގައި ދެ ލަނޑު ޖެހި ރިއަލް މެޑްރިޑްގެ މެދުތެރެއަށް ކުޅެމުންދާ ކުޅުންތެރިޔާ އާރްދާ ގުލާ، ލަނޑުޖެހުނީތީ އުފާ ކުރާ ކަމަށާއި ނަމަވެސް ބޭނުންވަނީ ތަށި ނެގުމަށް ކަމަށް ބުނެފިއެވެ.
"ޓީމުގެ ފަރާތުން ވަރަށް ރަނގަޅު ޕަފޯމަންސެއް ދެއްކިން. އަޅުގަނޑު އުންމީދުކުރަނީ މިގޮތަށް މެޗުތައް ކާމިޔާބުކުރަމުން، މިފަދަ ރަނގަޅު ކުޅުމެއް ދައްކަމުން، އަޅުގަނޑުމެންގެ ފޭންސް އުފާވެރިކުރުވަމުން ގެންދެވޭނެ ކަމަށް. ޓީމުގެ ފަރާތުން ވަރަށް ރަނގަޅު ޕަފޯމަންސެއް ދެއްކި. އަޅުގަނޑު އުންމީދުކުރަނީ މިގޮތަށް ކުޅެމުން ގެންދެވޭނެ ކަމަށް. ބޭނުމީ ތަށި." މިނެރާއާ ދެކޮޅަށް ކުޅުނު މެޗުގައި މުހިންމު ދައުރެއް އަދާކުރުމަށްފަހު އާރްދާ ގުލާ ވާހަކަދައްކަމުން ބުނެފައިވެއެވެ،
އޭނާ ބުނީ ލިބޭ ކޮންމެ ފުރުޞަތެއްގެ ބޭނުންވެސް ވެސް އެންމެ ރަނގަޅަށް ހިފާނެ ކަމަށެވެ.
އާރްދާ ގުލާ (ކ) ގޯލު ޖެހުމަށްފަހު މޮޑްރިޗްއާއި އެކު އުފާ ފާޅުކުރަނީ.
ރިއަލް މެޑްރިޑްގެ ޓީމު މިވަގުތު ދަނީ ސްޕެނިޝް ސުޕަރ ކަޕް ކުޅުމަށްޓަކައި ސައުދީ އަރަބިއާގެ ޖިއްދާއަށް ދަތުރުކުރަމުންނެވެ. ކާރލޯ އެންޗެލޮޓީގެ ޓީމު މާދަމާރޭ މަޔޯކާއާ ދެކޮޅަށް ސެމީ ފައިނަލްގައި ކުޅޭނެއެވެ.
ރިއަލް މެޑްރިޑް ސިޓީގައި ތަމްރީނު ސެޝަނެއް ނިންމުމަށްފަހު، އެންޗޮލޮޓީގެ ސްކޮޑަށް ހޮވުނު ކުޅުންތެރިން ވަނީ މެޑްރިޑްގެ އެޑޮލްފޯ ސުއާރެޒް މެޑްރިޑް-ބަރަޖާސް އެއަރޕޯޓުން އެމިރޭޓްސް އެއަރލައިންސްގެ ބޯއިންގ 777 މަތިންދާ ބޯޓަކުން ސައުދީ އަރަބިއާގެ ޖިއްދާއަށް މިހާރު ގޮސްފައެވެ. ނަމަވެސް ސްކޮޑަށް އާރްދާ ނެގި ކަމެއް އަދި ކަށަވަރެއް ނުވެއެވެ.









