Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އިންޑޮނޭޝިޔާ އަށް ބްރިކްސްގެ މެންބަރުކަން ލިބިއްޖެ

އިންޑޮނޭޝިޔާ އަށް ބްރިކްސްގެ މެންބަރުކަން ލިބިއްޖެ

ޖަވާދު
519 ދުވަސް ކުރިން - 7 ޖެނުއަރީ 2025 20:43
އިންޑޮނޭޝިޔާ އަށް ބްރިކްސްގެ މެންބަރުކަން ލިބިއްޖެ
ޚުލާސާ

އައު ރައީސް ޕްރަބޮވޯ ސުބިއަންތޯ ވެރިކަމާއި ހަވާލުވުމާއި ގުޅިގެން އިންޑޮނޭޝިޔާ ވަނީ މިހާރު ރަސްމީކޮށް ބްރިކްސްއާއި ގުޅިފަ.

މި އަހަރު ބްރިކްސްގެ ރިޔާސަތު ބަލަހައްޓަމުންދާ ބްރެޒިލްއިން، އިންޑޮނޭޝިޔާ ވަނީ ބްރިކްސްގެ ފުރިހަމަ މެންބަރެއްގެ ގޮތުގައި އެ ޖަމްޢިއްޔާއާ ގުޅިފައި ކަމަށް އިޢުލާން ކޮށްފިއެވެ.

ބްރިކްސަކީ 2009 ވަނަ އަހަރު އުފެދުނު، އިޤްތިޞާދީ އަދި ސިޔާސީ ގޮތުން އެއްބާރުލުން ދިނުމަށް މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާ އުފެދުނުއިރު މެންބަރުންގެ ގޮތުގައި ތިބީ ބްރެޒިލް، ރަޝިޔާ، އިންޑިޔާ، ޗައިނާ އަދި ދެކުނު އެފްރިކާއެވެ. ފަހުން މިޞްރު، އިތިއޯޕިޔާ، އީރާން އަދި ޔޫއޭއީ ވެސް ވަނީ މި ޖަމްޢިއްޔާއާ ގުޅިފައެވެ.

އިތުރަށް ވިދާޅުވުމަށް: އިންޑޮނޭޝިއާއިން ބްރިކްސްއާއި ގުޅުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި

Advertisement

Advertisement 1

އިންޑޮނޭޝިޔާ ބްރިކްސްއާއި ގުޅުމަށް ނިންމީ 2023 ވަނަ އަހަރު ދެކުނު އެފްރިކާގެ ޖޮހަނަސްބާގުގައި ބޭއްވުނު ބައްދަލުވުމުގައި ނިންމި ނިންމުންތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. އިންޑޮނޭޝިޔާއަކީ ދުނިޔޭގެ ހަތަރުވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ ޤައުމެވެ.

އިންޑޮނޭޝިޔާއިން ވަނީ 2024 ވަނަ އަހަރު ބޭއްވުނު އެ ޤައުމުގެ ރިޔާސީ އިންތިޚާބު ނިމެންދެން ބްރިކްސްއާއި ރަސްމީކޮށް ގުޅުން ފަސްކޮށްފައެވެ. އައު ރައީސް ޕްރަބޮވޯ ސުބިއަންތޯ ވެރިކަމާއި ހަވާލުވުމާއި ގުޅިގެން އިންޑޮނޭޝިޔާ ވަނީ މިހާރު ރަސްމީކޮށް ބްރިކްސްއާއި ގުޅިފައެވެ.

ބްރެޒިލްގެ ސަރުކާރުން ބުނެފައިވަނީ އިންޑޮނޭޝިޔާއަކީ ގްލޯބަލް ސައުތުގެ މަޞްލަޙަތު އިތުރަށް ކުރިއެރުވުމަށް މަސައްކަތްކުރާ ޤައުމެއް ކަމަށާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް އިޞްލާޙު ގެނައުމަށް ގޮވާލާ ޤައުމެއް ކަމަށެވެ.

ބްރިކްސްއިންޑޮނޭޝިއާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމެއްގައި މީހަކު މަރުވެ ގިނަ ބަޔަކު ޒަހަމްވެއްޖެ

އިންޑޮނޭޝިއާއަށް ބާރުގަދަ ބިންހެލުމެއް އައިސްފި

70 ދުވަސް ކުރިން - 12:34

އެމެރިކާއާއި އީރާނުގެ ދެމެދުގައި މެދުވެރިއެއްގެ ދައުރު އަދާކުރަން އިންޑޮނޭޝިޔާ ތައްޔާރު

އެމެރިކާ-އީރާނުގެ ދެމެދުގައި މެދުވެރިއެއްގެ ދައުރުއަދާކުރަން އިންޑޮނޭޝިއާ ތައްޔާރު

102 ދުވަސް ކުރިން - 16:26

އެމެރިކާ އަށް 15 ޓްރިލިއަން ދީގެން ޕީސްބޯޑަށް ވަންނަން ރެޑީ: އިންޑޮނޭޝިއާ

ޕީސް-ބޯޑާއި ގުޅެން އެމެރިކާއަށް 15ޓްރިލިއަންވެސް ދީފާނަން: އިންޑޮނޭޝިއާ

130 ދުވަސް ކުރިން - 14:22

ޖިންސީ ކޮންޓެންޓްގެ ކަންބޮޑުވުންތަކާ ގުޅިގެން އިންޑޮނޭޝިއާ އިން ގްރޮކް އޭއައި ވަގުތީ ގޮތުން މަނާކޮށްފި

އިންޑޮނޭޝިއާއިން ގްރޮކް އޭއައި ވަގުތީ ގޮތުން މަނާކޮށްފި

151 ދުވަސް ކުރިން - 21:17

ބައިނަލްއަޤްވާމީ އެންމެ ބޮޑު އިޤްތިޞާދީ ޖަމާޢަތުގެ ރައީސްކަން އިންޑިއާ އާއި ޙަވާލުކޮށްފި

ބްރިކްސްގެ ރައީސްކަން އިންޑިއާ އަށް ދީފި

180 ދުވަސް ކުރިން - 11:56

ބްރިކްސް ބޭންކަށް އިންޑޮނޭޝިއާ އިން 1 ބިލިއަން ޑޮލަރު ދީފި

ބްރިކްސް ބޭންކަށް އިންޑޮނޭޝިއާ އިން އެއްބިލިއަން ޑޮލަރު

181 ދުވަސް ކުރިން - 16:22