ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްމީ ދަތުރުފުޅެއްގައި ހުވަދު އަތޮޅަށް ފުރައިވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ރައީސް ހުވަދު އަތޮޅުގެ 9 ރަށަކަށް ވަޑައިގަންނަވާނެ ކަމަށް މައުލޫމާތުލިބިފައިވެއެވެ.

މި ދަތުރުފުޅަކީ ރައީސް ރާއްޖޭގެ ރަށްތަކުގައި ހުރި މައްސަލަތައް އަޑުއައްސަވައި، އެ މައްސަލަތަކަށް ހައްލު ހޯއްދެވުމަށާއި، އަދި ހަމަ އެހެންމެ ރިޔާސީ ވައުދުތައް ފުއްދުމުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވާ ރަށްތަކުގެ އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި، އަދި ހޮސްޕިޓަލްތަކަށް ޒިޔާރަތްކުރައްވާނެ ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.