Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހިޒްބުاللهއާއި ގުޅެން އުޅުނު އެމެރިކާ ސިފައިންގެ މީހަކު 20 އަހަރަށް ޖަލަށް

ހިޒްބުاللهއާއި ގުޅެން އުޅުނު އެމެރިކާ ސިފައިންގެ މީހަކު 20 އަހަރަށް ޖަލަށް

ޖަވާދު
567 ދުވަސް ކުރިން - 4 ޖެނުއަރީ 2025 09:49
ހިޒްބުالله އާއި ގުޅެން އުޅުނު ކަމަށް ބުނާ އެމެރިކާގެ ކުރީގެ އަސްކަރީ މީހާ (ފޮޓޯ: އެކްސް)
ހިޒްބުالله އާއި ގުޅެން އުޅުނު ކަމަށް ބުނާ އެމެރިކާގެ ކުރީގެ އަސްކަރީ މީހާ (ފޮޓޯ: އެކްސް)
ޚުލާސާ

އޭނާ ވަނީ ސޯޝަލް މީޑިއާގައި ޔަހޫދީންނަށް އަނިޔާކުރުމަށް ޕްރޮމޯޓްކޮށް، ވަޓްސްއެޕްގައި އާއިލީ މީހެއްގެ ގާތު "އޭނާގެ މާސްޓަ ޕްލޭނަކީ ހިޒްބުالله އާއި ގުޅިގެން ޔަހޫދީން މަރާލުން" ކަމަށް ބުނެފަ.

ހިޒްބުالله އާއި ގުޅެން ލުބުނާނާއި ސީރިއާއަށް ދަތުރުކުރި ކަމަށް ބުނާ އެމެރިކާގެ ކުރީގެ އަސްކަރީ އޮފިޝަލަކު "ޓެރަރިސްޓް" ޖަމާއަތަކަށް ތާއީދު ކުރަން އުޅުނު ކަމުގެ ދައުވާ އުފުލާފައިވާ ކަމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފި އެވެ.

ފްރާންސްގެ ނޫސް އެޖެންސީ އޭއެފްޕީ އިން ބުނި ގޮތުގައި އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމެރިކާ އާއި އަޔަލޭންޑްގެ ރައްޔިތުކަން އޮންނަ އުމުރުން 24 އަހަރުގެ ޖެކް ޑޭނިއަލް މޮލޯއީ މިދިޔަ މަހު ހައްޔަރުކޮށްފައިވާ ކަމަށާއި މާދަމާ ނޫން އަނެއްދުވަހު (ހޯމަ ދުވަހު) އޭނާ ހާޒިރުކުރާނެ ކަމަށެވެ.

ދައުވާގައިވާ ގޮތުން އޭނާ ވަނީ އޮގަސްޓް މަހު ލުބުނާނަށް ދަތުރުކޮށް، ވޮޝިންޓަނުން "ޓެރަރިސްޓް" ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހިޒްބުاللهއާ ގުޅެން މަސައްކަތްކޮށްފަ އެވެ.

Advertisement

Advertisement 1

ލުބުނާނުގައި އޭނާ ގުޅެން ކުރި މަސައްކަތަށް ދެކޮޅު ހެދުމުން އޭނާ ބަދަލުވީ އެ ޖަމިއްޔާއާއި ގުޅެން މަސައްކަތް ކުރަމުން ދިޔަ ސީރިއާ އަށް ކަމަށް މަސްދަރުތަކުން ބުނެއެވެ.

ޖަސްޓިސް ޑިޕާޓްމަންޓުން ބުނާ ގޮތުގައި މޮލޯއީ ވަނީ ސޯޝަލް މީޑިއާގައި ޔަހޫދީންނަށް އަނިޔާކުރުމަށް ޕްރޮމޯޓްކޮށް، އާއިލާގެ މެމްބަރަކާ އެކު ވަޓްސްއެޕްގައި ކުރި މުޢާމަލާތެއްގައި "އޭނާގެ މާސްޓަ ޕްލޭނަކީ ހިޒްބުالله އާއި ގުޅިގެން ޔަހޫދީން މަރާލުން" ކަމަށް ބުނެފަ އެވެ.

'ޓެރަރިސްޓް' ޖަމިއްޔާއަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކުށް ސާބިތުވެފައިވާ އެ ދެމީހުންނަށް 20 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އެމެރިކާހިޒްބުالله
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހޫޘީންގެ ހަމަލާތަކާއި ގުޅިގެން އެމެރިކާގެ ބެކަޕް ޕްލޭން ފެއިލް ވެއްޖެ

ހޫޘީންގެ ހަމަލާތަކާއި ގުޅިގެން އެމެރިކާގެ ބެކަޕް ޕްލޭން ފެއިލް ވެއްޖެ

13 ގަޑިއިރު ކުރިން - 20:07

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

11 ދުވަސް ކުރިން - 17:03

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

12 ދުވަސް ކުރިން - 01:08

ޣައްޒާ ސަރުކާރު އުވާލައި އެމެރިކާގެ “ސަރުކާރެއް” އެކުލަވާލަނީ

ޣައްޒާ ސަރުކާރު އުވާލައި “އެމެރިކާގެ” ސަރުކާރެއް އެކުލަވާލަނީ

14 ދުވަސް ކުރިން - 11:26

ވޯލްޑް ކަޕް ފައިނަލްގެ 1،200 އަށްވުރެ ގިނަ ޓިކެޓް އަދިވެސް ވިއްކަން އެބަހުރި، އެންމެ އަގުބޮޑު ޓިކެޓު 34,500 ޑޮލަރަށް!

ފައިނަލް މެޗުގެ 1،200 އަށްވުރެ ގިނަ ޓިކެޓް އަދިވެސް ވިއްކަން އެބަހުރި

15 ދުވަސް ކުރިން - 01:27

އެމެރިކާގެ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދީފި

އީރާނުން ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދީފި

16 ދުވަސް ކުރިން - 06:41