އާއަހަރު ފާހަގަކުރުމަށް އެމެރިކާގައި އެއްވެ ތިބި ބައެއްގެ ތެރެއަށް އައިއެސްގެ ޓެރަރިސްޓެއް ކަމަށް ބެލެވޭ މީހަކު ޓްރަކަކުން ވަދެ ޖައްސައި 10 މީހުން މަރާލައި 35 މީހުން ޒަޚަމް ކޮށްލައިފިއެވެ.
ޚަބަރުތައް ބުނާ ގޮތުގައި ހަމަލާދިން މީހާއަކީ އެމެރިކާގެ ޓެކްސަސް އަށް ނިސްބަތްވާ އުމުރުން 42 އަހަރުގެ ޝަމްސުއްދީން ޖައްބާރު ކިޔާ ކުރީގެ އެމެރިކާގެ މިލިޓަރީގައި މަސައްކަތްކުރި މީހެކެވެ.
އޭނާ ވަނީ ދަތުރުކުރަމުންދިޔަ ޓުރަކުން ފުލުހުންގެ ބެރިކޭޑްތައް ފޫއަޅުވާލައި ތޮއްޖެހިފައިވާ މީހުންގެ ތެރެއަށް ވަދެ ހަމަލާދީފައެވެ. އެއަށްފަހު އެއިން ނުކުމެ ވެސް ބަޑިން ހަމަލާ ދީފައި ކަމަށާ މި ހާދިސާގައި މަރުވާ މީހުން އަދިވެސް އިތުރުވާނެ ކަމަށް ބެލެވޭ ވާކަމަށް އެމެރިކާގެ ފެޑެރަލް ޑިޕާޓްމަންޓުން ބުނެއެވެ.
މި ހަމަލާ ދީފައިވަނީ އާ އަހަރު ފާހަގަކުރުމަށް މަޖާކުރުމަށް އެއްވެ ތިބި ދެޖިންސުގެ މީހުން މަސްހުނިވެ ތިބި ނިއު އޮރްލިއަންސްގެ ފްރެންޗް ކުއާޓަރުގެ މަޝްހޫރު ސަރަހައްދެއް ކަމަށްވާ ބޯބަން ސްޓްރީޓްގައެވެ. އެ ސަރަހައްދަކީ އަބަދުވެސް ފާހިޝް ކަންތައް ކުރުމާއި ނައިޓްލައިފް އާއި ފަތުރުވެރިންގެ ޝައުގުވެރިކަން ހުންނަ ސަރަހައްދެކެވެ.
އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނުން ބުނީ ޖައްބާރުގެ ވެހިކަލުން އައިއެސްގެ ދިދައަކާއި އިމްޕްރޮވައިޒްޑް ގޮވާތަކެތި ފެނިފައިވާ ކަމަށެވެ.
އެެރިކާގެ ރައީސް ޖޯ ބައިޑަން އާއި އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ މި ހަމަލާ ކުށްވެރިކޮށްފައެވެ.