ސީރިއާ މައްސަލަ: އެޗްޓީއެސް އަކީ ޓެރަރިސްޓް ޖަމާޢަތެއް - ދިވެހިރާއްޖެ

އައިޝަތު އީމާން | 334 ދުވަސް ކުރިން - 31 ޑިސެންބަރު 2024 16:00
ފައިލް ފޮޓޯ
ފައިލް ފޮޓޯ
ޚުލާސާ

އެޗްޓީއެސްއިން ސީރިއާގެ ވެރިކަން އަތުލުމުން، އެމެރިކާއިން އެޗްޓީއެސް ޓެރަރިސްޓު ޖަމާޢަތުގެ ލިސްޓުން ވަނީ އުނިކޮށްފަ.، އެއާ ޚިލާފަށް ރާއްޖެއިން ސީރިއާ އާމެދު މީގެ ކުރިންވެސް ނިންމާފައިވާ ނިންމުމަށް ބަދަލެއް ނުގެނޭ.

ސީރިއާގައި މިހާރު ވެރިކަންކުރާ ހަޔާތު ތަހުރީރުލް ޝާމް (އެޗްޓީއެސް) ޖަމާޢަތް ޓެރަރިސްޓު ޖަމާޢަތުގެ ލިސްޓުން އެމެރިކާއިން އުނިކޮށްފައިވާއިރު، އެ ޖަމާޢަތަކީ އަދިވެސް ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި އޮތް އޮތުން ދިވެހިރާއްޖެއިން މިއަދު ދަމަހައްޓައިފިއެވެ.

ރާއްޖެއިން ސީރިއާއަށް ދަތުރުކުރުން މަނާ ކޮށްފައިވާއިރު، އެގައުމަކީ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި އޮތް ގައުމެކެވެ.

ސީރިއާގައި ހިނގަމުންދާ ހަނގުރާމަތަކުގައި ބައިވެރިވުމަށް އެކި ޤައުމުތަކުން ޖިހާދުގެ ނަމުގައި ހަނގުރާމަވެރިން ދާއިރު، ޑިސެންބަރު 2015 ގެ ނިޔަލަށް މަދުވެގެން 85 ގައުމަކުން ގާތްގަނޑަކަށް 30،000 މީހުން ވަނީ އިސްލާމިކް ސްޓޭޓް އޮފް އިރާގު އެންޑް ސީރިއާ (އައިއެސްއައިއެސް) އާ ގުޅިފައެވެ. ފަހުން އެ ޖަމާޢަތް ވަނީ ބައިބައިވެފައެވެ. އޭގެތެރެއިން އެއްބަޔަކު ތިބީ އެޗްޓީއެސްގައެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ރާއްޖެ އަކީ އާބާދީ ކުޑަ ނަމަވެސް، ބޮލަކަށް ޖެހޭ ހަނގުރާމަވެރިންގެ ނިސްބަތް އެންމެ މަތީ އެއް ގައުމު ކަމަށް މީގެ ކުރީގެ ބައެއް ބޭރުގެ ރިޕޯޓުތަކުގައި ބުނެފައި ވެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ހަރުކަށި ޖަމާއަތްތަކާއި ގުޅެން 200 އެއްހާ ދިވެހިން ސީރިއާއަށް ދަތުރުކޮށްފައިވެއެވެ.

ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލައި އެޗްޓީއެސްއިން ސީރިއާގެ ވެރިކަން އަތުލުމުން، އެމެރިކާއިން ވަނީ ސީރިއާގައި ދަތުރުފަތުރާއި އެނޫންވެސް ކަންތަކާއި ގުޅޭ ވަކިވަކި ހުރަސްތަކެއް އުވާލައި، ސިޔާސަތުތައް އެޑްޖަސްޓްކޮށްފައެވެ.

ނަމަވެސް ރާއްޖެއިން ސީރިއާއަށް ދަތުރުކުރުން މަނާކޮށް މީގެ ކުރިންވެސް ނިންމާފައިވާ ނިންމުމަށް ބަދަލެއް ނުގެނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%