އާއަހަރަށް ސަރުކާރު ބަންދަސް ޖެނުއަރީ 2ގައި ފާސްޕޯޓްގެ ޚިދުމަތް ލިބޭނެކަމަށް އިމިގްރޭޝަނުން ބުނެފިއެވެ..

މި ހަފްތާގެ އަންގާރަ ދުވަހަކީ އާއަހުރު ފެށޭ ދުވަސް ކަމަށް ވުމާއިއެކު އަންގާރަ ދުވަހާއި ބުދަ ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅުއްވާފައެވެ.

އިމިގްރޭޝަނުން ބުނީ އިމުގަ ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓުގެ ޚިދުމަތަށް 24 ގަޑިއިރު ހުށައެޅޭނެ ކަމަށެވެ. އަދި 65 އަހަރުން މަތީގެ މީހުންނަށާއި އެމަޖެންސީ ޙާލަތްތަކުގައި ޕާސްޕޯޓް ބޭނުންވާ މީހުންނަށް އިމިގްރޭޝަނަށް ހާޒިރުވެ ބުރާސްފަތި ދުވަހުގެ ހެނދުނު 8:30 އިން 14:00 އާ ދެމެދުގެ ވަގުތެއްގައި ހުށައެޅޭނެކަމަށް އިމިގްރޭޝަނުން ބުންޏެވެ. އަދި ހަމަ އެ ވަގުތު، ޕާސްޕޯޓާއި ހަވާލުވުމަށް ނަންބަރު ދޫކުރުން ވެސް ކުރިއަށްދާނެކަމަށް އިމިގްރޭޝަނުން ފާހަގަކުރިއެވެ.