މޫސުމާބެހޭ ޤައުމީ މަރުކަޒު (މެޓް) އިން މިއަދު ހުދު ސަމާލެއް ނެރެ، ރާއްޖޭގެ އުތުރު ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރުމުގެ އިންޒާރު ދީފިއެވެ. އެގޮތުން ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާ ހަމައަށް މޫސުން ގޯސް ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ބުންޏެވެ.
ެމެޓުން ނެރުނު ސަމާލުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރުމުގެ އިތުރުން، ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައި ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. މި ސަމާލުގެ މުއްދަތު ހަމަވާނީ މިއަދުގެ މެންދުރު 14:00 އަށެވެ.
މޫސުމާބެހޭ އިދާރާއިން މިއަދުގެ މޫސުން ލަފާކުރާ ގޮތުގައި، މެދުރާއްޖެތެރެ އަދި އުތުރުގެ އެކި ހިސާބުތަކަށް ވިއްސާރަވެ، ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. އެހެންނަމަވެސް، ދެކުނުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް ލަފާކުރެވެއެވެ.
ވައިޖެހޭނެ ދިމާލާއި ބާރުމިނާ ގުޅޭގޮތުން މެޓް އިން މަޢުލޫމާތު ދެމުން ބުނެފައިވަނީ، ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، އަދި އެހެނިހެން ސަރަހައްދުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މީގެއިތުރުން، ކަނޑުތައް އާންމު ގޮތެއްގައި މަޑުޖެހިފައި ހުންނާނެ ކަމަށާއި، ވިލާގަނޑުގައި އާދައިގެ މިންވަރަކަށް ގަދަވާނެ ކަމަށް މެޓް އިން ލަފާކޮށްފައިވެއެވެ.









