Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެއްވަނައިގައި އޮތް ލިވަޕޫލާއި ވިއްދާފައި އޮތަސް ތަށި ލިބޭނެ ކަމުގެ އުއްމީދެއް ޗެލްސީއަކަށް ނެތް

އެއްވަނައިގައި އޮތް ލިވަޕޫލާއި ވިއްދާފައި އޮތަސް ތަށި ލިބޭނެ ކަމުގެ އުއްމީދެއް ޗެލްސީއަކަށް ނެތް

އުސްތާޛް މުޙައްމަދު ޢަލީ
578 ދުވަސް ކުރިން - 25 ޑިސެންބަރު 2024 08:53
ޗެލްސީގެ ކޯޗު މަރެސްކާ ބުނަނީ އަދިވެސް ސިޓީއިން ކުރިއަރާފާނެ ކަމަށް.
ޗެލްސީގެ ކޯޗު މަރެސްކާ ބުނަނީ އަދިވެސް ސިޓީއިން ކުރިއަރާފާނެ ކަމަށް.
ޚުލާސާ

މިސީޒަނުގައި ޗެލްސީ ރަނގަޅު ކުޅުމެއް ކުޅެމުން އަންނައިރު ފާއިތުވީ 9 މެޗުންވެސް ބައްޔެއްނުވޭ. ނަމަވެސް ކޯޗު ބުނަނީ ލީގު ލިބޭނެ ކަމުގެ އުއްމީދެއް ނެތް ކަމަށާއި، ލިވަޕޫލާއެކު އަދިވެސް ސިޓީ ވާދަކޮށްފާނެ ކަމަށް.

ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަމަށް ވާދަކުރާ ޓީމުތަކުގެ ތެރޭގައި ޗެލްސީ ނުހިމެނޭ ކަމަށް އެ ޓީމުގެ ކޯޗް އެންޒޯ މަރެސްކާ ބުނެފިއެވެ. މަރެސްކާ މިހެން ބުނީ މާދަމާ ފުލަމްއާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އިނގިރޭސި މީޑިއާއަށް ދިން ބަސްދީގަތުމެއްގައެވެ.

ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުގައި އެވަރޓަންއާ ދެކޮޅަށް ގޯލެއް ނުޖެހި އެއްވަރުވިއިރު ލީގު ތާވަލުގައި އެޓީމު އޮތީ އެއްވަނައިގައި އޮތް ލިވަޕޫލްއާ ހަތަރު ޕޮއިންޓުގެ ފަރަގެއްގައެވެ.

ލިވަޕޫލްއަށް ވުރެ އެއް މެޗު އިތުރަށް ކުޅެފައިވާއިރު، ފާއިތުވި ނުވަ މެޗުގައި ވެސް ޗެލްސީ ބަލިވެފައެއް ނުވެއެވެ. އެ ޓީމު މިހާރު ވަނީ އާސެނަލްއާއި މެންޗެސްޓަރ ސިޓީ ފަހަތަށް ޖައްސަލައި ތާވަލުގައި ދެވަނައަށް ޖެހިލާފައެވެ.

Advertisement

Advertisement 1

މަރެސްކާ ބުނީ ލިވަޕޫލް ވަރަށް ރަނގަޅު ކުޅުމެއް ދައްކަމުންދާ ކަމަށާއި، މެންޗެސްޓަރ ސިޓީވެސް ފަހުން ޓައިޓަލަށް ވާދަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"އަޅުގަނޑުގެ އަމާޒަކީ ޓީމުގެ ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކޮށް ނަތީޖާ ނެރުން. ޗެލްސީއަކީ މި ޓައިޓަލްއށް މިފަހަރު ވާދަކުރާނެ ޓީމެއް ކަމަކަށް އަޅުގަނޑު ނުދެކެން. އެހެނެއް ނޫން، ސިޓީ އަދިވެސް ވާދަކޮށްފާނެ" މަރެސްކާ ބުންޏެވެ.

ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗަކީ ބޮޑު ގޮންޖެހުމެއް ކަމަށް ފުލަމްގެ ކޯޗް މާކޯ ސިލްވާ ބުންޏެވެ. "ޗެލްސީއަކީ ވަރަށް ރަނގަޅު ޓީމެއް. އެއީ ވަރަށް ސާފު ކަމެއް،"

ޗެލްސީގެ ފޯވަޑް ނިކޮލަސް ޖެކްސަން ވަނީ ސްޓޭމްފޯޑް ބްރިޖުގައި އެންމެ ފަހުން ކުޅުނު 19 މެޗުގައި 11 ގޯލާއި ހަތަރު އެސިސްޓް ދީފައެވެ. އަނެއްކޮޅުން، ފުލަމްގެ އެމައިލް ސްމިތް ރޯވް ވަނީ ޗެލްސީއާ ދެކޮޅަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުގައި ގޯލު ޖަހާ އެސިސްޓް ދީފައެވެ.

ޗެލްސީ ވަނީ ފުލަމްއާއި ދެކޮޅަށް އެންމެ ފަހުން ހޯމްގައި ކުޅުނު 19 މެޗުގައި ބަލިނުވެ ހިފަހައްޓާފައެވެ. ޗެލްސީއާ ދެކޮޅަށް ކުޅުނު 34 މެޗުގެ ތެރެއިން ފުލަމް މޮޅުވީ އެންމެ ދެ މެޗުންނެވެ. މިއީ ޕްރިމިއަރ ލީގުގައި އެއް ޓީމަކުން އަނެއް ޓީމަކާ ދެކޮޅަށް ކުޅެ އެންމެ މަދުން މޮޅުވެފައިވާ ރޭޓެވެ.

ނަމަވެސް ފުލަމް ވަނީ ފާއިތުވި ނުވަ ލަންޑަން ޑާބީ މެޗުގައި ބަލިނުވެ ހިފަހައްޓާފައެވެ. މީގެ ކުރިން މިފަދަ ދިގު ރެކޯޑެއް އެމީހުން ހޯދާފައިވަނީ 1936 އާއި 1938 އާ ދެމެދުގައެވެ.

ޗެލްސީގެ ފަހުގެ ރަނގަޅު ކުޅުމަށް ބަލާއިރު، މި މެޗުގައި ޗެލްސީ މޮޅުވުމުގެ ފުރުސަތު ބޮޑެވެ. ކުރިން ވެސް ބުނިހެން ޗެލްސީ ވަނީ ފާއިތުވި ނުވަ މެޗުގައި ބަލިނުވެ ހިފަހައްޓާފައެވެ. މި ސީޒަންގައި ޗެލްސީ ބަލިވެފައިވަނީ އެންމެ ދެ މެޗުގައެވެ. އެއީ މެންޗެސްޓަރ ސިޓީއާއި ލިވަޕޫލް އަތުންނެވެ.

ޕޯލްތަކަށް ބަލާއިރު، މާދަމާގެ މެޗުން ޗެލްސީ މޮޅުވުމުގެ ފުރުސަތު 61.1 އިންސައްތަ އެބައޮތެވެ. ފުލްހަމް މޮޅުވާނެ ކަމަށް ބުނަނީ 19.2 އިންސައްތަ މީހުންނެވެ.         

އިނގިރޭސި ޕްރިމިއަރ ލީގުޗެލްސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރެއާލް މެޑްރިޑަށް ދާން އުޅެ އެންޒޯ ފެނާންޑޭޒް އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި: ޗެލްސީ ދޫކޮށްލުމުގެ ފުރުސަތު ހަނިވެއްޖެ

ރެއާލް މެޑްރިޑަށް ދާން އުޅެ އެންޒޯ ފެނާންޑޭޒް އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި

1 ގަޑިއިރު ކުރިން - 14:55

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

55 ދުވަސް ކުރިން - 03:22

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

56 ދުވަސް ކުރިން - 19:29

ޕްރިމިއަރ ލީގު 2025-26: އެންމެ ކާމިޔާބު އަދި އެންމެ ހިތްދަތިވި ޓީމުތަކަކީ ކޮބާ؟

ޕްރިމިއަރ-ލީގުގައި ކާމިޔާބީއާއި ހިއްދައްޗާ ކުރިމަތިލި ޓީމުތަކަކީ ކޮބާ؟

62 ދުވަސް ކުރިން - 13:01

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް: އިއްތިހާދުގައި އޮތް ރަން ދައުރެއްގެ ނިމުން

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް!

62 ދުވަސް ކުރިން - 12:14

މިޑްލްސްބަރާ ބަލިކޮށް، ހަލް ސިޓީން އަލުން އިނގިރޭސި ޕްރިމިއާ ލީގަށް

ހަލް ސިޓީން އިނގިރޭސި ޕްރިމިއާ ލީގުގެ ޖާގައެއް

63 ދުވަސް ކުރިން - 22:55