ރާއްޖޭގެ ޒަކާތު ފަންޑުން ޣައްޒާގެ ރައްޔިތުންނަށް ފެން ފޯރުކޮށްދީފި

އައިޝަތު ރުވާ ރިފްޢަތު | 200 ދުވަސް ކުރިން - 24 ޑިސެންބަރު 2024 00:51
ރާއްޖޭގެ ޒަކާތު ފަންޑުން ދިން އެހީ ޣައްޒާއަށް ލިބުން. / ފޮޓޯ: ޤަތަރު ރެޑް ކްރެސެންޓު
ރާއްޖޭގެ ޒަކާތު ފަންޑުން ދިން އެހީ ޣައްޒާއަށް ލިބުން. / ފޮޓޯ: ޤަތަރު ރެޑް ކްރެސެންޓު
ޚުލާސާ

މި މަޝްރޫޢުގެ ދަށުން މިހާތަނަށް 6,000 ފެން ކޭސް އަލް ޝިފާ ހޮސްޕިޓަލާއި އަލް ހަޔާތު ހޮސްޕިޓަލުގައި ތިބި އަނިޔާ ލިބިފައިވާ މީހުންނާއި ބަލިމީހުންނަށް ބަހާފައިވާކަމަށް ޤަތަރު ރެޑް ކްރެސެންޓުން ހާމަކުރި.

ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން ޣައްޒާގެ ރައްޔިތުންނަށް ހަދިޔާކުރުމަށް ނިންމާފައިވާ އެއްލައްކަ ޑޮލަރުގެ އެހީގެ ތެރެއިން ޣައްޒާއަށް ފެން ފޯރުކޮށްދީފިއެވެ.

މި އެހީ ފޯރުކޮށްދިނުމަށްޓަކައި އިސްލާމިކް މިނިސްޓްރީއާއި ޤަތަރު ރެޑް ކްރެސެންޓް ސޮސައިޓީއާ ދެމެދު މިދިޔަ ނޮވެމްބަރު މަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދިންގޮތުގައި، މި ފައިސާ ޤަތަރު ރެޑް ކްރެސެންޓް ސޮސައިޓީއާ ޙަވާލުކުރެވޭނީ ދެ ޕޭމަންޓަކަށް ބަހާލައިގެންނެވެ. މި އެހީގެ ފައިސާ ޚަރަދުކުރުމަށް ހަމަޖެހިފައިވަނި ޣައްޒާގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ޤަތަރު ރެޑް ކްރެސެންޓް ސޮސައިޓީން ކުރިއަށްގެންދާ މަޝްރޫޢުއަށެވެ.

ޤަތަރު ރެޑް ކްރެސެންޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި މަޝްރޫޢުގެ ދަށުން މިހާތަނަށް 6,000 ފެން ކޭސް އަލް ޝިފާ ހޮސްޕިޓަލާއި އަލް ހަޔާތު ހޮސްޕިޓަލުގައި ތިބި އަނިޔާ ލިބިފައިވާ މީހުންނާއި ބަލިމީހުންނަށް ބަހާފައިވާ ކަމަށެވެ. އަދި 50,000 ފެން ކޭސް 60,000 މީހުންނަށް ބެހުމަށް ވަނީ ރޭވިފައި ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

މިއީ ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން ރާއްޖެއިން ބޭރުގެ ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ފަހަރެވެ. އިސްލާމިކް މިނިސްޓްރީން ފާހަގަކޮށްފައިވާ ގޮތުގައި، ފަލަސްޠީނު ރައްޔިތުންނަށް މި އެހީތެރިކަން ފޯރުކޮށްދެވެނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުންނެވެ. 

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%