Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމްބާޕޭގެ ލަނޑާއި އެސިސްޓާއެކު ސެވިއްޔާ ބަލިކޮށް ރިއަލް މެޑްރިޑުން “ބޮންތިއަށް" އަރަނީ

އެމްބާޕޭގެ ލަނޑާއި އެސިސްޓާއެކު ސެވިއްޔާ ބަލިކޮށް ރިއަލް މެޑްރިޑުން “ބޮންތިއަށް" އަރަނީ

އުސްތާޛް މުޙައްމަދު ޢަލީ
580 ދުވަސް ކުރިން - 23 ޑިސެންބަރު 2024 08:28
އެމްބާޕޭ ސެވިއްޔާ ދެކޮޅަށް ރޭގައި ކުޅެ، ގޯލު ޖަގައި އުފާ ފާޅުކުރަނީ.
އެމްބާޕޭ ސެވިއްޔާ ދެކޮޅަށް ރޭގައި ކުޅެ، ގޯލު ޖަގައި އުފާ ފާޅުކުރަނީ.
ޚުލާސާ

4-2 އިން ސެވިއްޔާ ބަލިކޮށް ރިއަލް މެޑްރިޑުން ބާސެލޯނާ ފަހަތަށް ޖައްސާލިއިރު އެއްވަނައިގަ އޮތް އެތްލެޓިކޯ މެޑްރިޑާއި ދެމެދު ރިއަލް އޮތީ އެންމެ 2 ޕޮއިންޓުގެ ފަރަގެއް. މި މެޗުގައި އެމްބާޕޭގެ ގޯލަކާއި އެސިސްޓެއް ވަނީ ފެނިފައި.

ސްޕެނިޝް ލަ ލީގާގައި ރޭ ރިއަލް މެޑްރިޑުން 4-2 އިން ސެވިއްޔާ ބަލިކޮށް، ލީގުގެ އެއްވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑާއި ދެޕޮއިންޓް ކައިރިޔަށް ޖެހިލައިފިއެވެ. ހަފްތާގެ ހިމަކޮޅާއި ހަމަޔަށް އައި އިރުވެސް އެއްވަނައިގައި ވާދަވެރި ބާސެލޯނާ އޮތްއިރު އިއްޔެރޭ އެ ޓިމު ބަލިކޮށްލި އެތްލެޓިކޯ މެޑްރިޑުން ލީގުގެ އެއްވަނަޔަށް ޖެހިލިކަން ފާހަގަ ކުރެވެއެވެ.

އެހެންނަމަވެސް، ރޭ ސެވިއްޔާ އަތުން ލިބުނު މޮޅާއެކު ރިއަލް އިން ލީގުގެ ބޮންތިއަށް އެރިދާނެ ކަމުގެ ހެކި ދައްކާލީ ކިލިއަން އެމްބާޕޭގެ ކުޅުން ނުރައްކާވަމުން އަންނަކަން ކަށަވަރުކޮށްދެމުންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ލަނޑު ޖެހީ ވެސް އެމްބާޕޭއެވެ. މެޗުގެ 10 ވަނަ މިނެޓުގައި ރޮޑްރިގޯ ދިން ބޯޅައަކުން އެމްބާޕޭ ވަރުގަދަ ހަމަލާއަކުން ސެވިއްޔާގެ ގޯލްކީޕަރު އަލްވާރޯ ފެނާންޑޭޒް ބަލަހައްޓަމުންދިޔަ ގޯލު ފޫއަޅުވާލިއިރު، އޭގެ ކުޑައިރުކޮޅެއް ފަހުން ފެޑެރިކޯ ވަލްވަރޑޭ ވެސް އެމްބާޕޭ ޖެހި ހިސާބުން ހަމަލާއެއް އަމާޒުކޮށް ގޯލުގެ މަތީ ކަނަށް ބޯޅަ ވައްދާލާ ރިއަލްގެ ދެވަނަ ލަނޑު ޖެހިއެވެ. ރޮޑްރިގޯ ރީތި ނިންމުމާއެކު ތިންވަނަ ލަނޑު ޖަހާފައި ވަނިކޮށް ސެވިއްޔާއިން އިސާކް ރޮމޭރޯ އޭގެ މިނެޓެއް ފަހުން އެ ޓީމުގެ ސުން ކަނޑުވާލިއެވެ.

Advertisement

Advertisement 1

ދެވަނަ ހާފު ފެށިގެން އަށް މިނެޓު ފަހުން އެމްބާޕޭ ދިން ރީތި ބޯޅައަކުން ބްރާހިމް ޑިއާޒް ރިއަލް ހަތަރުވަނަ ލަނޑު ޖެހިއެވެ. މެޗު ނިމުމުގެ ފަސް މިނެޓު ކުރިން ސެވިއްޔާގެ ޑޯޑީ ލުކެބަކިއޯ އެ ޓީމުގެ ދެވަނަ ލަނޑު ޖެހި ނަމަވެސް، މެޗު ނިމުނީ 4-2 އިން ރިއަލް މެޑްރިޑް މޮޅުވެގެންނެވެ.

ރޭގެ މެޗުގައި އެންމެ ގިނަ ހަމަލާ ގޯލަށް އަމާޒުކޮށްފައިވަނީ ވެސް އެމްބާޕޭއެވެ. ޖުމްލަ 5 ޝޮޓް ހެދިއިރު ވާދަވެރި ޓީމުގެ ޕެނަލްޓީ އޭރިއާއަށް 9 ފަހަރުމަތިން އެމްބާޕޭ ވަނެވެ.

އެމެބާޕޭ ރޭގެ މެޗުގައި ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ

މި އަހަރު އެމްބާޕޭ ވަނީ ޕީއެސްޖީ އާއި ރިއަލް މެޑްރިޑަށް ކުޅެ، ޖުމްލަ 49 ގޯލުގައި ބައިވެރިވެފައެވެ. ހެރީ ކޭން (50) ފިޔަވައި މިހިސާބަށް އާދެވުނު އިތުރު ކުޅުންތެރިޔަކު ނެތެވެ.

ކޯޗު އެންޗޮލޮއްޓީ ވަނީ އެމްބާޕާގެ ކުޅުމަށް ވަރަށް ބޮޑަށް ތަޢުރީފް ކޮށްފައެވެ. 

ރިއަލް މެޑްރިޑްސްޕެނިޝް ލަލީގާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބާސެލޯނާގެ "ނެމެސިސް" އެނބުރި ރިއާލް މެޑްރިޑަށް

ބާސެލޯނާގެ "ނެމެސިސް" އެނބުރި ރިއާލް މެޑްރިޑަށް

68 ދުވަސް ކުރިން - 14:50

އާބެލޯއާގެ އިރުޝާދުގެ ދަށުން އަހަންނަކީ ހަތަރުވަނަ ފޯވާޑް: އެމްބާޕޭ

އާބެލޯއާގެ ޕްލޭންގައި އަހަންނަކީ ހަތަރުވަނަ ފޯވާޑު: އެމްބާޕޭ

71 ދުވަސް ކުރިން - 16:16

ރެއާލް މެޑްރިޑުގެ ކޯޗަކަށް އަލުން މޮރީނިއޯ ގެނައުމުގެ ފަހުގެ މަޝްވަރާތައް ފަށައިފި

ރެއާލުގެ ކޯޗަކަށް އަލުން މޮރީނިއޯ ގެންނަނީ

74 ދުވަސް ކުރިން - 08:32

ވެލްވާޑޭ އާއި ޗުއަމެނީ ދެމެދުގައި ހިނގި މާރާމާރީއެއްގައި ވެލްވާޑޭގެ ބޯ ފަޅާލައިފި

މާރާމާރީއެއްގައި ޗުއަމެނީ ވަލްވާޑޭގެ ބޯ ފަޅާލައިފި

79 ދުވަސް ކުރިން - 12:54

އެމްބާޕޭ ރެއަލް މެޑްރިޑުން ބޭރުކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި 44 މިލިއަން މީހުން ސޮއިކޮށްފި

އެމްބާޕޭ ރެއާލުން ބޭރުކުރަން ގޮވާލާ ޕެޓިޝަނެއް

79 ދުވަސް ކުރިން - 11:10

ހިލޭ ލިބެން އޮތް ބެނާޑޯ ސިލްވާ އަށް ރިއަލް މެޑްރިޑުން ޝައުގުވެރިކަމެއް ނެތް

ރިއަލް މެޑްރިޑުން ބެނާޑޯ ސިލްވާއަށް ޝައުގުވެރިކަމެއް ނެތް

90 ދުވަސް ކުރިން - 22:11