ކޮރަޕްޝަން ފައިސާ އަނބުރާ ދެއްކުމުން ޙުކުމް މަޢާފްކޮށްދޭނަން: އިންޑޮނޭޝިއާގެ ރައީސް

ޖަވާދު | 304 ދުވަސް ކުރިން - 20 ޑިސެންބަރު 2024 22:46
އިމްޑޮނޭޝިއާގެ ރައީސް ޕްރަބޮވޯ ސުބިއަންތޯ ޑީ8 ސަމިޓްގައި އިއްޔެ މިޞްރުގައި
އިމްޑޮނޭޝިއާގެ ރައީސް ޕްރަބޮވޯ ސުބިއަންތޯ ޑީ8 ސަމިޓްގައި އިއްޔެ މިޞްރުގައި
ޚުލާސާ

ކޮރަޕްޝަނުން ހޯދާފައިވާ މުދަލާއި ފައިސާ ސިއްރިއްޔާތުގައި ދައުލަތަށް އަނބުރާ ރައްދުކުރެވޭނެ ނިޒާމެއް ޤާއިމުކުރެއްވުމަށް ވިސްނަވަމުން ގެންދަވާ ކަމަށާއި ނާޖާއިޒް ގޮތުގައި ހޯދި ފައިސާ އަނބުރާ ދެއްކުމުން މަޢާފް ދެއްވާނެ ކަމަށް އިންޑޮނޭޝިއާގެ ރައީސް ވިދާޅުވި.

ކޮރަޕްޝަނުގެ ޢަމަލުތަކުން ނާޖާއިޒު ފައިދާ ހޯދާފައިވާ ފަރާތްތައް އެ ފައިސާ އަނބުރާ ދެއްކުމުން ޙުކުމަށް މަޢާފު ދެއްވުމާމެދު ވިސްނަވަމުން ގެންދަވާކަމަށް އިންޑޮނޭޝިއާގެ އައު ރައީސް ޕްރަބޮވޯ ސުބިއަންތޯ ވިދާޅުވެއްޖެއެވެ.

މިސްރަށް ކުރައްވަމުންދާ ދަތުރުފުޅެއްގައި، އެޤައުމުގެ ޔުނިވަރސިޓީއެއްގައި ކިޔަވަމުންދާ އިންޑޮނޭޝިއާގެ ދަރިވަރުންނާ ބައްދަލުކުރައްވައި ރައީސް ސުބިއަންތޯ ވިދާޅުވި ގޮތުގައި، ކޮރަޕްޝަނުން ހޯދާފައިވާ މުދަލާއި ފައިސާ ސިއްރިއްޔާތުގައި ދައުލަތަށް އަނބުރާ ރައްދުކުރެވޭނެ ނިޒާމެއް ޤާއިމުކުރެއްވުމަށް ވިސްނަވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް އެމަނިކުފާނު ހާމަކުރައްވާފައެއް ނުވެއެވެ.

މިދިޔަ އޮކްޓޯބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން، ރައީސް ޕްރަބޮވޯ ވަނީ ކޮރަޕްޝަން ހުއްޓުވުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ. މީގެ ތެރޭގައި ސަރުކާރުގެ ބައެއް މުވައްޒަފުންގެ މުސާރަ ބޮޑުކުރެއްވުންވެސް ހިމެނެއެވެ.

އިންޑޮނޭޝިއާގެ ކުރީގެ ރައީސް ޖޮކޯ ވިޑޯޑޯގެ 10 އަހަރުގެ ވެރިކަމުގައި ކޮރަޕްޝަން މަދުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވުނު ކަމަށް ސިޔާސީ ދިރާސާވެރިން ފާހަގަކުރެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%