Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ނައިޖީރިއާގައި ކުކުޅު ވަގަށް ނަގައިގެން މަރުގެ ހުކުމް އިއްވާފައިވާ ގައިދީއަކު 10 އަހަރު ފަހުން މިނިވަން ކުރަނީ

ނައިޖީރިއާގައި ކުކުޅު ވަގަށް ނަގައިގެން މަރުގެ ހުކުމް އިއްވާފައިވާ ގައިދީއަކު 10 އަހަރު ފަހުން މިނިވަން ކުރަނީ

ޖަވާދު
537 ދުވަސް ކުރިން - 20 ޑިސެންބަރު 2024 22:28
ފޮޓޯ: ބީބީސީ
ފޮޓޯ: ބީބީސީ
ޚުލާސާ

ފުލުހެއްގެ ގެއަކަށް ލަކުޑި ބަޑިއަކާއި ކަނޑިއެއް ހިފައިގެން ވަދެ ކުކުޅުބިސް ނެގި ނައިޖީރިއާގެ 17 އަހަރުގެ ކުއްޖާއަށް މަރުގެ ހުކުމް އިއްވުމަށްފަހު ޖަލުގައި ހުންނަތާ 10 އަހަރު ފަހުން މިނިވަން ކޮށްލަނީ.

ނައިޖީރިއާގައި ކުކުޅާއި ކުކުޅު ބިސް ވަގަށް ނެގި މައްސަލައިގައި މަރުގެ ހުކުމް އިއްވާފައިވާ ގައިދީއަކަށް 10 އަހަރަށް ފަހު މައާފު ދޭން ނިންމައިފިއެވެ. 

އެފްރިކާ ނިއުސް އިން ބުނާ ގޮތުގައި އޮސުން ސްޓޭޓްގެ ގަވަރުނަރު އަޑެމޯލާ އަޑެލޭކޭ ވަނީ ސެގުން އޮލޫވޮކިރީ ކިޔާ ގައިދީއަކު ދޫކޮށްލާނެކަން އިއުލާން ކުރައްވާފައެވެ.

ސެގުން އޮލޫވޮކިރީ އަކީ ކުކުޅާއި ބިސް ވަގަށް ނެގި މައްސަލައިގައި އުމުރުން 17 އަހަރުގައި ހައްޔަރުކޮށްފައިވާ މީހެކެވެ.

Advertisement

Advertisement 1

2010 ވަނަ އަހަރު އޮލޫވޮކެރޭ އާއި އޭނާގެ އެކުވެރިޔާ މުރާކިނޯ ސަންޑޭގެ މައްޗަށް ތުހުމަތު ކޮށްފައި ވަނީ ލަކުޑި ބަޑިއަކާއި ކަނޑިއެއް ހިފައިގެން ފުލުހެއްގެ ގެއަށް ވަދެ ކުކުޅު ބިސް ވަގަށް ނެގިކަމެވެ.

މި ހާދިސާއަށް ފަހު 2014 ވަނަ އަހަރު ކޯޓުން އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވުމުން މީހުން ނުރުހުން ވެސް ފާޅުކުރިއެވެ.

ކޯޓުގެ ހުކުމް އިއްވި ފަހުން ކަރިކެރީގެ މެކްސިމަމް ސެކިއުރިޓީ ޖަލުގައި އޮލޫވޮކެރޭ ބަންދުކޮށްފައިވާއިރު އޭނާ ހުރީ މަރުގެ އަދަބު ދިނުމުގެ އިންތިޒާރުގަ އެވެ.

އޮސުން ސްޓޭޓްގެ ގަވަރުނަރު އަޑެމޯލާ އަޑެލޭކޭ ވަނީ މަޢާފުގެ މަރުޙަލާ ފެށުމަށް ނައިޖީރިއާގެ ކޮމިޝަނަރު ފޯ ޖަސްޓިސްއަށް އަންގާރަ ދުވަހު އަންގާފަ އެވެ.

ޚަބަރުތައް ބުނާ ގޮތުގައި ސެގުން އޮލޫވޮކިރީ 2025 ވަނަ އަހަރުގެ ކުރީކޮޅު ދޫކޮށްލާނެ ނަމަވެސް އޭނާގެ އެކުވެރިޔާ މޮރާކިނޯ ސަންޑޭއާއިމެދު އަދި ގޮތެއް ނުނިންމަ އެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ 2012 ވަނަ އަހަރުން ފެށިގެން ނައިޖީރިއާގައި އެއްވެސް ކުށްވެރިއަކު މަރުގެ އަދަބު ދީފައި ނުވާއިރު މިވަގުތު 3،400 އަށް ވުރެ ގިނަ ގައިދީން މަރުގެ ޙުކުމްގެ އިންތިޒާރުގައި ތިބިކަމެވެ.

ނައިޖީރިއާކުށްކުރުންމަރު
Ad
Ad

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

2 ގަޑިއިރު ކުރިން - 13:11

ވަގަށް ނަގާފައިވާ 360 އަށްވުރެ ގިނަ މީހުން ނައިޖީރިއާ ސިފައިން ސަލާމަތް ކޮށްފި

ވަގަށް ނަގާފައިވާ 360 އަށްވުރެ ގިނަ މީހުން ނައިޖީރިއާ ސިފައިން ސަލާމަތްކޮށްފި

3 ދުވަސް ކުރިން - 00:04

ކެންޔާގެ ބޯޑިން ސްކޫލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 16 ދަރިވަރުން މަރުވެއްޖެ

ކެންޔާގެ ބޯޑިން ސްކޫލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 16 ދަރިވަރުން މަރުވެއްޖެ

14 ދުވަސް ކުރިން - 15:43

ތައިލެންޑުގައި ވަރުގަދަ އެކްސިޑެންޓެއް! ގިނަބަޔަކު މަރުވެ ޒަޚަމް ވެއްޖެ!

ބެންކޮކްގައި ވަރުގަދަ އެކްސިޑެންޓެއް! ގިނަބަޔަކު މަރުވެ ޒަޚަމް!

26 ދުވަސް ކުރިން - 15:48

ގެއްލުނު ފަތުރުވެރިން ގެންދިޔަ ސަފާރީގެ ލައިސަންސް ސަސްޕެންޑްކޮށްފި

ގެއްލުނު ފަތުރުވެރިން ގެންދިޔަ ސަފާރީގެ ލައިސަންސް ސަސްޕެންޑްކޮށްފި

26 ދުވަސް ކުރިން - 10:19

ކުރީގެ މެންބަރު ރާމިޒް އަވަހާރަވެއްޖެ

ކުރީގެ މެންބަރު ރާމިޒް އަވަހާރަވެއްޖެ

33 ދުވަސް ކުރިން - 11:03