ޓޮމް ކުރޫޒަށް އެމެރިކާގެ ނޭވީގެ އެންމެ މަތީ ޝަރަފު ލިބިއްޖެ

އައިޝަތު ރުވާ ރިފްޢަތު | 302 ދުވަސް ކުރިން - 19 ޑިސެންބަރު 2024 19:58
ޓޮމް ކުރޫޒަށް ނޭވީގެ މަތީ ޝަރަފު
ޓޮމް ކުރޫޒަށް ނޭވީގެ މަތީ ޝަރަފު
ޚުލާސާ

އެމެރިކާ ނޭވީގެ "ޑިސްޓިންގްއިޝްޑް ޕަބްލިކް ސާވިސް އެވޯޑް" ގެ ނަމުގައި ކުރޫޒަށް މި ޝަރަފު ދެވުނީ، ފިލްމުތަކުގައި އަސްކަރީ ގޮތުން އޭނާ ދައްކާފައިވާ ހުނަރުތައް ފާހަގަކޮށް.

ހޮލީވުޑްގެ މަޝްހޫރު ތަރި ޓޮމް ކުރޫޒަށް އެމެރިކާގެ ނޭވީގެ އެންމެ މަތީ ޝަރަފު ލިބިއްޖެއެވެ. މިދިޔަ އަންގާރަ ދުވަހު ލޯންގްކްރޮސް ފިލްމު ސްޓޫޑިއޯގައި ބޭއްވުނު ހާއްސަ ހަފުލާއެއްގައި ކުރޫޒަށް މި ޝަރަފު އެރުވުނެވެ.

އެމެރިކާ ނޭވީގެ "ޑިސްޓިންގްއިޝްޑް ޕަބްލިކް ސާވިސް އެވޯޑް" ގެ ނަމުގައި ކުރޫޒަށް މި ޝަރަފު ދެވުނީ، ފިލްމުތަކުގައި އަސްކަރީ ގޮތުން އޭނާ ދައްކާފައިވާ ހުނަރުތައް ފާހަގަކޮށް، އެއީ އަސްކަރިއްޔާއަށް އާ ހިޔާލުތަކާއި އާ ވިސްނުންތައް ގެނުވައިދޭ ވަރަށް ހުނަރުވެރި ކަންކަމެއްގެ ގޮތުގައި ބަލައިގަނެއެވެ. އަދި އެކްޓަރެއްގެ ގޮތުގައި ކްރޫޒްގެ ހިދުމަތް ފާހަގަކުރުމުގެ ގޮތުންނެވެ.

ހަފުލާގައި މެޑެލާއި ސެޓްފިކެޓް ކްރޫޒްއާ ހަވާލުކޮށް ދެއްވީ ނޭވީގެ ސެކްރެޓަރީ ކާލޯސް ޑެލް ޓޯރޯއެވެ. "ޓޮޕް ގަން" އާއި "މިޝަން އިމްޕޮސިބަލް" ފަދަ މަގުބޫލު ފްރެންޗައިޒްތަކުގެ ބަތަލު ކުރޫޒް ބުނީ ފިލްމުތަކުގައި އޭނާ ދައްކުވައިދޭ ވަރުގަދަ އަސްކަރީ ހުނަރުތައް ފާހަގަކޮށް، މަތީ ޝަރަފު ލިބުމަކީ ވަރަށް ބޮޑު ފަހުރެއް އަދި ޝަރަފެއް ކަމަށެވެ.

ކުރޫޒް އިތުރަށް ބުނީ އަސްކަރީ ހިދުމަތުގައި އުޅޭ ދެ ޖިންސްގެ މީހުން ގައުމަށް ޓަކައި ކުރާ މަސައްކަތަކީ އޭނާގެ ހިތުގެ އަޑިން ވަރަށް އިހުލާސްތެރިކަމާއެކު ބަލައިގަންނަ އަދި ޝުކުރުވެރިވާ ގައުމީ ހިދުމަތެއް ކަމަށެވެ. އަދި އެ ދާއިރާގެ ހިދުމަތްތެރިންނަކީ ނަމޫނާއަކަށް ބަލާ ކަމަށް ވެސް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ކުރޫޒް ބުންޏެވެ.

ކުރޫޒްގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރުގެ މެއި 23 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ "މިޝަން އިމްޕޮސިބަލް" ގެ 8 ވަނަ ފިލްމު "ދަ ފައިނަލް ރެކޮނިން" އެވެ. ކުރޫޒްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "މިޝަން އިމްޕޮސިބަލް: ޑެޑް ރެކޮނިން ޕާޓް ވަން" އެވެ.           

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%