މޯލްޑިވްސް އިމިގްރޭޝަނުން ބަންގްލަދޭޝްގެ ރައްޔިތަކު އެ މުއައްސަސާއަށް ހާޒިރުވުމަށް އަންގައި އިޢުލާންކޮށްފިއެވެ.
މިއަދު ނެރުނު ނޯޓިސްގައިވާ ގޮތުން، އިމިގްރޭޝަނަށް ހާޒިރުކުރަން ބޭނުންވަނީ މުޙައްމަދު ޢާމިރު ޙުސައިން (35 އަހަރު) އެވެ.
އިމިގްރޭޝަނުން ބުނީ، މުޙައްމަދު ޢާމިރު ޙުސައިނަށް ވަނީ ފަސް ދުވަހުގެ ތެރޭގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގެ އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަނަށް ހާޒިރުވާން ޖެހޭކަމަށް އަންގާފައެވެ. ނަމަވެސް، އޭނާ ހޯދަން ބޭނުންވަނީ ކޮން މައްސަލައަކާ ގުޅިގެންކަން އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައާ ގުޅިގެން، މުޙައްމަދު ޢާމިރު ޙުސައިން ހުރިތަނަކާ ބެހޭ މަޢުލޫމާތު އެނގޭ ފަރާތްތަކުން އިމިގްރޭޝަންގެ ނަންބަރު 7980408 އަށް ގުޅުމަށް ނުވަތަ monitoring@immigration.gov.mv އަށް އީމެއިލް ކުރުމަށް އިމިގްރޭޝަނުން އެދިފައިވެއެވެ.









