އިމާމުން ތަމްރީނު ކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން 818 އިމާމުން މިއަހަރު ތަމްރީނު ކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 150 ދުވަސް ކުރިން - 19 ޑިސެންބަރު 2024 12:34
އިމާމުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އިމާމުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޚުލާސާ

މި މަޝްރޫޢަކީ އިމާމުކަމުގެ ދާއިރާއިން އިތުރު ތަމްރީނު ދިނުމަށްޓަކައި ރާއްޖޭގެ 11 ސަރަހައްދަކަށް ބަހާލައިގެން ދާއިމީ އިމާމުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ޕްރޮގުރާމެއްކަމަށް ވުޒާރައިން ހާމަކުރި.

އިމާމުން ތަމްރީނު ކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން މިއަހަރު 818 އިމާމުން ތަމްރީނު ކޮށްފި ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ވުޒާރައިން ބުނީ މި މަޝްރޫޢަކީ އިމާމުކަމުގެ ދާއިރާއިން އިތުރު ތަމްރީނު ދިނުމަށްޓަކައި ރާއްޖޭގެ 11 ސަރަހައްދަކަށް ބަހާލައިގެން ދާއިމީ އިމާމުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ޕްރޮގުރާމެކެވެ.

ވުޒާރާއިން ބުނިގޮތުގައި މި ޕްރޮގްރާމުގެ އެންމެ ފަހު ބެޗްގައި މާލެ ސިޓީގެ އިމާމުން ތަމްރީނުކޮށް މިހާރު ވަނީ ނިމިފައެވެ. މިއާއެކު މިއަހަރަށް ޕްލޭން ކުރެވުނު ގޮތަށް ރާއްޖޭގެ ހުރިހާ މިސްކިތްތަކުގެ އިމާމުން ތަމްރީނުކޮށް ނިމިފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

ތަމްރީނު ޕްރޮގްރާމުގައި ޖުމްލަ 9 މާއްދާއެއް ކިޔަވައިދެވުނު ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުންޏެވެ. އޭގެ ތެރޭގައި ޤުރްއާނާއި، ތަޖުވީދުގެ ޢިލްމާއި، ތަފްސީރާއި، ފިޤުހާއި، ޙަދީޘްގެ އިތުރުން އަޤީދާގެ ޢިލްމުގެ ދާއިރާއިން އިމާމުންނަށް ބޭނުންވާ މުހިންމު ކަންކަން ހިމެނެއެވެ. މީގެއިތުރުން މިސްކިތްތައް ބެލެހެއްޓުމުގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރެވޭނެ ވަރަށް މިޕްރޮގުރާމުގެ ތެރެއިން އިމާމުންގެ ޝަޚްޞިއްޔަތު ބިނާކުރެވިފައި ވާކަމަށްވެސް ވުޒާރާއިން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%