ލަލީގާގައި ރޭ ރިއަލް މެޑްރިޑް އާއި ރަޔޯ ވަޔެކާނޯ ދެމެދު ކުޅުނު މެޗް 3-3 އިން އެއްވަރުވެއްޖެއެވެ. މި މެޗްގައި ރިއަލް މޮޅު ނުވީ ރެފްރީގެ ނިންމުމަކުން ކަމަށް ގިނަ ބަޔަކު ދެކެއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ވަޔެކާނޯ 2-0 އިން ކުރިހޯދި ނަމަވެސް، ވަލްވަރްޑޭ އާއި ބެލިންގްހަމްގެ ލަނޑުތަކާއެކު ފުރަތަމަ ފުރަތަމަ ހާފް ނިމުނުއިރު ނަތީޖާ އެއްވަރުވިއެވެ. ދެވަނަ ހާފުގައި ރޮޑްރިގޯގެ ލަނޑަކުން ރިއަލް މެޑްރިޑް ކުރި ހޯދި ނަމަވެސް، އިސީގެ ލަނޑަކުން ވަޔެކާނޯ އިން ސްކޯ އެއްވަރުކުރިއެވެ.
މެޗުގެ 75 ވަނަ މިނެޓުގައި ވިނިސިއަސް ޖޫނިއާއަށް ކުރި ފައުލަކަށް ޕެނަލްޓީއެއް ނުދިނުމުން ރިއަލް މެޑްރިޑްގެ ސަޕޯޓަރުންނާއި ކޯޗުން ހިތްހަމަނުޖެހުން ފާޅުކުރިކަން ފާހަގަ ކުރެވެއެވެ. ވިނިސިއަސް ޖޫނިއަރ ޕެނަލްޓީ އޭރިއާގެ ތެރޭގައި ހުއްޓާ ވަޔެކާނޯގެ ޑިފެންޑަރު މިއުމިން އޭނާއަށް ފައުލްކުރިއެވެ. ނަމަވެސް މެޗުގެ ރެފްރީ މާޓީނެޒް މުނުއެރާ މި ހާދިސާގައި ޕެނަލްޓީއެއް ނުދިންއިރު ވީ.އޭ.އާރު އިން ވެސް އެއްވެސް އިޝާރާތެއް ނުކުރިއެވެ.
މެޗުގެ އެންމެ ފަހު މިނެޓުތަކުގައި ރިއަލް މެޑްރިޑް އިން މޮޅުވުމަށް ގަދައަޅައި މަސައްކަތްކުރި ނަމަވެސް، އިތުރު ލަނޑެއް ނުޖެހި މެޗް ނިމުނީ 3-3 އިން އެއްވަރުވެފައެވެ. މި ނަތީޖާއާއެކު ރިއަލް މެޑްރިޑް މިހާރު ވިސްނަމުންދަނީ އިންޓަރކޮންޓިނެންޓަލް ކަޕްގެ ފައިނަލަށެވެ.









