މާލޭގެ ތިން ސަރަޙައްދަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އިއުލާނުކޮށްފިއެވެ.
ސްޓެލްކޯގެ ރަސްމީ އެކްސް އެކައުންޓުގައި ވާގޮތުން ފުރަތަމަ ސަރަޙައްދުގައި ހިމެނެނީ މާލެ ސިޓީ، ހަނދުވަރުދޭ ގޯޅި، ހުސްނުހީނާ މަގު، މަޖީދީ މަގު އަދި ހަނދުވަރުދޭ ހިނގުމެވެ. މި ސަރަޙައްދުން ހެނދުނު 9:30 އާއި 11:30 އާ ދެމެދު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
ދެވަނަ ސަރަޙައްދުގައި ހިމެނެނީ މާލެ ސިޓީ، ހަވީރީ ހިނގުން، ބޮޑުތަކުރުފާނު މަގު، ޗަނބޭލީ މަގު، ކަނބާއައިސާރަނި ހިނގުން، ގަނދަކޯޅި މަގު، ޝަހީދު ޢަލީ ހިނގުން އަދި ފުލޫނިޔާ މަގެވެ. މި ސަރަޙައްދުން މިއަދު މެންދުރުފަހު 2:00 އިން 3:00 އާ ހަމައަށް ކަރަންޓު ކެނޑިދާނެ ކަމަށް ލަފާކުރެވެއެވެ.
ތިންވަނަ ސަރަޙައްދުގައި ހިމެނެނީ މާލެ ސިޓީ، ޖަމާލުއްދީން ހިނގުން، ރަށްދެބައި މަގު، ލޮނުޒިޔާރަތް މަގު، ސިއްތިމާވާ ހިނގުން، ފާށަނާކިލެގެ މަގު އަދި ބޮޑުރަސްގެފާނު މަގެވެ. މި ސަރަޙައްދުން މިއަދު މެންދުރުފަހު 2:00 އިން ހަވީރު 4:00 އާ ދެމެދުގެ ވަގުތެއްގައި ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
ސްޓެލްކޯއިން ހާމަކުރި ގޮތުގައި މި ސަރަޙައްދުތަކުން ކަރަންޓު ކެނޑޭނެ ކަމަށް ލަފާކޮށްފައިވަނީ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރާތީއެވެ. އަދި މި ސަބަބާއި ހުރެ ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މަޢާފަށް އެދިފައެވެ.









