ރޭ ބޭއްވި ކަންމަތީ ޖަލްސާއެއްގައި ދެއްކެވި ވާހަކަތަކުން، ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފްގެ ކިބައިގައި ހުރި ބަލިމަޑުކަމުގެ ސަބަބުން އޭނާ އަބަދުވެސް ދޮގުހަދަމުންދާ ކަމަށް ބެލެވޭ ކަމަށް މީހަކު ސޯޝަލް މީޑިއާގައި ކޮމެންޓު ކޮށްފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަށް އާލާސްކަންފުޅެއް ޖެހުމުގެ ސަބަބުން އިތުރުފުޅު ހައްދަވާ ކަމަށް ބުނެ ހަސަން ލަތީފް ރޭ ކޮށްފައިވާ ދޮގު ތުހުމަތަކީ، ހަސަން ލަތީފަށް އާދަޔާ ޚިލާފަށް ދޮގުހަދާބަލި ޖެހިފައިވާކަމުގެ މިސާލެއް ކަމަށް ކޮ،ެންޓުކުރި ފަރާތުން ފާހަގަކުރެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ އިތުރުފުޅު ނުހައްދަވާ، ތެދުވެރި ބޭފުޅެއްކަން ރާއްޖޭގެ މެޖޯރިޓީ ވެސް ފާހަގަކުރާއިރު، ހަސަން ލަތީފް މިފަދަ ދޮގު ވާހަކަތައް ދެއްކުމަކީ އޭނާގެ ބަލިމަޑުކަމުގެ ސަބަބުން ކުރާ ކަމެއްކަމަށް ސިޔާސީ ދާއިރާގެ ތަޖުރިބާކާރަކު ވެސް ވިދާޅުވިއެވެ.
"ރައީސް މުޢިއްޒަކީ ވަރަށް ތެދުވެރި، އަމާނާތްތެރި ބޭފުޅެއް. އެމަނިކުފާނު އަބަދުވެސް ވާހަކަފުޅު ދައްކަވަނީ ވަރަށް ފުންކޮށް ވިސްނާވަޑައިގެން، ޙަޤީޤަތާ އެއްގޮތަށް… އެކަން އެނގޭނެ އިންތިޚާބުތަކުގެ ނަތީޖާއިން. އެހެންނަމަވެސް ހަސަން ލަތީފަށް ޖެހިފައިވާ ބަލިމަޑުކަމުގެ ސަބަބުން އޭނާ މިފަދަ ދޮގު ވާހަކަތައް ދައްކަމުންދަނީ،" ސިޔާސީ ދާއިރާގެ ތަޖުރިބާކާރެއް ވިދާޅުވިއެވެ.
ސިޔާސީ ވާހަކަތައް ދައްކާއިރު ތެދުބަހުން ވާހަކަދެއްކުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ނަމަވެސް ހަސަން ލަތީފް ފަދަ ބައެއް ސިޔާސީ ލީޑަރުން މިކަމާއި ޚިލާފަށް ޢަމަލުކުރަމުންދާކަން ފާހަގަކުރެވޭ ކަމަށް އަދާލަތު ޕާޓީއެއްގެ އިސް ފަރާތަކުން ވެސް ފާހަގަ ކުރެއްވިއެވެ.
"ސިޔާސީ ލީޑަރުން ވާހަކަދައްކަންވާނީ ޒިންމާދާރުކަމާއެކު، ތެދުވެރިކަމާއެކު. ރައްޔިތުންނަށް ދޮގު މަޢުލޫމާތު ދިނުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން. ހަސަން ލަތީފް މިހާރުން މިހާރަށް އޭނާގެ ބަލިމަޑުކަމަށް ފަރުވާ ހޯއްދަވަން ޖެހިވަޑައިގަންނަވާ،" އަދާލަތު ޕާޓީގެ އިސް ބޭފުޅެއް ވިދާޅުވިއެވެ.









