މިއަދު ހެނދުނު ހައުސިންގ މިނިސްޓްރީގައި އަލިފާން ރޯވެ އަނދަމުން ދިޔުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެތަނަށް ވަޑައިގެންފިއެވެ.
މި ޢިމާރާތުގައި ހައުސިންގ މިނިސްޓްރީގެ އިތުރުން ކޮންސްޓްރަކްޝަން މިނިސްޓްރީ ވެސް ހިންގަމުން ގެންދެއެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ އޮފިސަރުން ވެސް ބައިވެރިވަމުންދެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވާކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.








