Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އިންސާނުން ދޮންނަ މެޝިނެއް ޖަޕާނުން އުފައްދައިފި

އިންސާނުން ދޮންނަ މެޝިނެއް ޖަޕާނުން އުފައްދައިފި

އައިޝަތު ރުވާ ރިފްޢަތު
582 ދުވަސް ކުރިން - 10 ޑިސެންބަރު 2024 22:52
ޖަޕާނުން އުފައްދި އިންސާނުން ދޮންނަ މެޝިން.
ޖަޕާނުން އުފައްދި އިންސާނުން ދޮންނަ މެޝިން.
ޚުލާސާ

"މިރާއީ ނިންޖެން ސެންޓަކޫކީ" ގެ ނަމުގައި އުފައްދާފައިވާ މި މެޝިން ފުރަތަމަ ފަހަރަށް ދައްކާލަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 13 ވަނަ ދުވަހު ފެށޭ "އޮސާކާ ކަންސާއީ އެކްސްޕޯ" ގައި.

ޖަޕާނުގެ ކުންފުންޏެއް ކަމަށްވާ ސައިންސް ކޯއިން އިންސާނުން ދޮންނަ މެޝިނެއް އުފައްދައިފިއެވެ.

"މިރާއީ ނިންޖެން ސެންޓަކޫކީ" ގެ ނަމުގައި އުފައްދާފައިވާ މި މެޝިން ފުރަތަމަ ފަހަރަށް ދައްކާލަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 13 ވަނަ ދުވަހު ފެށޭ "އޮސާކާ ކަންސާއީ އެކްސްޕޯ" ގައެވެ.

މި އެކްސްޕޯގައި 1،000 މީހަކަށް މި މެޝިނުގައި ފެންވަރާލުމުގެ ތަޖުރިބާ ކުރުމުގެ ފުރުޞަތު ދޭން ވެސް ހަމަޖެހިފައިވާ ކަމަށް ސައިންސް ކޯއިން މަޢުލޫމާތު ދީފައިވެއެވެ.

Advertisement

Advertisement 1

ސައިންސް ކޯއިން ބުނެފައިވާ ގޮތުގައި މިއީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މެޝިނެކެވެ. މި މެޝިނުގައި މީހަކު ދޮވެ ހިއްކާލަން ނަގާނީ 15 މިނެޓު ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މި މެޝިން ތައްޔާރުކޮށްފައިވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ކަމަށާއި، މީހާގެ ބައޮލޮޖިކަލް މަޢުލޫމާތު އެއްކޮށް، އެއަށް ބިނާކޮށް ހަށިގަނޑުގެ ފިނިހޫނުމިނާ އެކަށީގެންވާ ގޮތަށް މެޝިނުގެ ފެނުގެ ފިނިހޫނުމިން ބަހައްޓާ ގޮތަށް ފަރުމާކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި މެޝިނުގެ ތެރެއަށް މީހަކު ވަނުމުން، ފެނުގެ ތެރޭގައި އުފެދޭ ހިތްގައިމު މައިކްރޯ ސައިބޯނި ބޮކިތަކެއް ފެތުރި، އެ އެއްޗިއްސަށް އަންނަ ޕްރެޝަރާ އެކު މުޅި ހަށިގަނޑުގެ ބޭރުގައި ހުންނަ ހުރިހާ ހަޑިއެއް ފިލުވައި މީހާ ދޮވެލާނެ ކަމަށް ސައިންސް ކޯއިން ފާހަގަކުރިއެވެ. ޕޮޑެއްގެ ބައްޓަމަށް ހަދާފައިވާ މި މެޝިނުގެ ޚާއްޞަ އެއް ސިފައަކީ ހަށިގަނޑު ދޮވެލުމުގެ އިތުރުން އޭގެ އޭއައިގެ އެހީގައި މީހާގެ ސިކުނޑި ވެސް "ދޮވެލައި" ދިނުމެވެ.

އިންސާނުން "ދޮންނަ" މި މެޝިނުގެ ވާހަކަ މީޑިއާތަކުގައި ދެކެވި، ވަރަށް ގިނަ ބައެއްގެ ސަމާލުކަން މިހާރު ވަނީ ލިބިފައެވެ. ނަމަވެސް މި މެޝިން އާންމުކޮށް ބާޒާރަށް ނެރޭނެ ތާރީޚަކާއި އަގާ ބެހޭ އެއްވެސް މަޢުލޫމާތެއް ސައިންސް ކޯއިން އަދި ހާމަކޮށްފައެއް ނުވެއެވެ. 

ޖަޕާން
Ad
Ad

ގުޅޭ ޚަބަރުތައް

ފަހު މިނެޓުގައި ޖެހި ލަނޑާއެކު ބްރެޒިލް ގަދަ 16 އަށް!

ފަހު މިނެޓުގައި ޖެހި ލަނޑާއެކު ބްރެޒިލް ގަދަ 16 އަށް!

16 ދުވަސް ކުރިން - 00:01

ޖަޕާނާ ގުޅުންހުރި ބޯޓެއް ހޯރްމުޒް ކަނޑުއޮޅި ރައްކާތެރިކަމާއެކު ހުރަސްކޮށްފިކަމަށް އެ ގައުމުގެ ބޮޑުވަޒީރު ވިދާޅުވެއްޖެ

ޖަޕާނާ ގުޅުންހުރި ބޯޓެއް ހޯރްމުޒް ކަނޑުއޮޅި ރައްކާތެރިކަމާއެކު ހުރަސްކޮށްފި

27 ދުވަސް ކުރިން - 17:34

ޖަޕާނުގެ ފުޓުބޯޅަ އެސޯސިއޭޝަނުގެ ރައީސްއާ މަހުލޫފް ބައްދަލުކުރައްވައިފި

ޖަޕާނުގެ ފުޓުބޯޅަ އެސޯސިއޭޝަނުގެ ރައީސްއާ މަހުލޫފް ބައްދަލުކުރައްވައިފި

49 ދުވަސް ކުރިން - 14:17

ޖަޕާނަށް ބިންހެލުމެއް އައިސް ސުނާމީގެ އިންޒާރު ދީފި

ޖަޕާނަށް ބިންހެލުމެއް އައިސް ސުނާމީގެ އިންޒާރު ދީފި

87 ދުވަސް ކުރިން - 14:00

ނޯތުކޮރެއާ އިން ޖަޕާން ކައިރިއަށް 10 މިސައިލް ފޮނުވާލައިފި

ނޯތުކޮރެއާއިން ޖަޕާން ކައިރިއަށް 10 މިސައިލް ފޮނުވާލައިފި

124 ދުވަސް ކުރިން - 13:37

ޖަޕާނުން ރާއްޖެއަށް ސީ އެމްބިއުލާންސް ހަދިޔާ ކޮށްފި

ޖަޕާނުން ރާއްޖެއަށް ސީ އެމްބިއުލާންސް ހަދިޔާ

163 ދުވަސް ކުރިން - 10:04

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%