Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަންނަ އަހަރު ވެގެންދާނީ ގެދޮރު ބިނާކުރުމުގެ އެންމެ ގިނަ މަޝްރޫޢު ކުރިއަށްގެންދެވޭ އަހަރަކަށް: ރައީސް

އަންނަ އަހަރު ވެގެންދާނީ ގެދޮރު ބިނާކުރުމުގެ އެންމެ ގިނަ މަޝްރޫޢު ކުރިއަށްގެންދެވޭ އަހަރަކަށް: ރައީސް

އަައިޝަތު ޒީނާ
591 ދުވަސް ކުރިން - 9 ޑިސެންބަރު 2024 20:14
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިންމަފުށި ރައްޔިތުންނާ ބައްދަލުކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިންމަފުށި ރައްޔިތުންނާ ބައްދަލުކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ލޯކަލް ޓޫރިޒަމް، މަސްވެރިކަން، އަދި ދަނޑުވެރިކަން ފަދަ، މިހެން ހުރި އެކި ސިނާއަތްތަކުގެ ތެރެއިން ކުރެވޭނެ ކަންކަން ކައުންސިލާއި މަޝްވަރާކޮށްގެން އަންނަ އަހަރު ފައްޓަވާނެ ކަމުގައި ވެސް ރައީސް ވިދާޅުވި.

ގެދޮރު ބިނާކުރުމުގެ އެންމެ ގިނަ މަޝްރޫޢު އެއް އަހަރު ތެރޭގައި ކުރިއަށްގެންދެވޭ އަހަރަކަށް 2025 ވަނަ އަހަރު ވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު މާލެއަތޮޅުގެ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މާލެއަތޮޅު ހިންމަފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގެދޮރުވެރިކަމަކީ މި ސަރަޙައްދަށް ވަރަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށާއި އެގޮތުން ހިންމަފުށީގެ ބިން ހިއްކުމުގެ މަޝްރޫޢެއް ހިންގިފައިވީ ނަމަވެސް އެ ބިމުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގައި ގެދޮރުވެރިކަމަކީ މުހިންމު ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި އަންނަ އަހަރު ސަރުކާރުން އެންމެ އިސްކަމެއް ދެއްވާނީ ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ހިންގުމަށް ކަމަށާއި އެއާއެކު ދެން އެންމެ އިސްކަމެއް ދެއްވާނީ ތަޢުލީމީ ދާއިރާއާއި ޞިއްޙީ ހާލަތު ރަނގަޅުކުރުމަށް ކަމުގައި ވިދާޅުވިއެވެ.

Advertisement

Advertisement 1

ހިންމަފުށީގައިވެސް މި ދެ ދާއިރާއިން ކުރަން ހުރި ކަންކަން ހުރިކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ސްކޫލްގެ ބައެއް ކަންކަން ކުރުމާއި ޞިއްޙީ ޚިދުމަތުގައި، އިތުރުކޮށް ފުޅާކުރަން ހުރި ބައެއް ކަންކަން ޕީ.އެސް.އައި.ޕީ. ގެ ނިއު ޕޮލިސީ އިނިޝިއޭޓިވްގައި، އަލަށް ފަށާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނިގެން އަންނަ އަހަރުގެތެރޭގައި ހިނގާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ގިނަ ރަށްތަކެއްގެ މަގުތައް ވަނީ ހަލާކުވެފައިވާކަން ފާހަގަކުރައްވައި، މަގު ހެދުމަށް ސަރުކާރުން ތަރުތީބުކޮށްފައިވަނީ އެންމެ ފުރަތަަމަ ފެނާއި ނަރުދަމާ އަޅައި، އެއަށްފަހު މަގުތައް ހެދުމަށް ކަމުގައި ވިދާޅުވިއެވެ. އަދި ފެނާއި ނަރުދަމާ އަޅާފައިވާ ރަށްތަކުގައި އިސްކަންދެއްވާނީ މަގުތައް ހެދުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މެނިފެސްޓޯގައި ބަޔާންކުރައްވާފައިވާ ގޮތަށް، ގިނަ ރަށްތަކުގައި މައިމަގުތައް ހެދުމަށް އަންނަ އަހަރު އިސްކަންދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އިޤްތިޞާދީ ގޮތުން ކުރިއަށްގެންދަން ރައްޔިތުން އެދޭ ކަންކަމުގެތެރެއިން ލޯކަލް ޓޫރިޒަމް، މަސްވެރިކަން، އަދި ދަނޑުވެރިކަން ފަދަ، މިހެން ހުރި އެކި ސިނާއަތްތަކުގެ ތެރެއިން ކުރެވޭނެ ކަންކަން ކައުންސިލާއި މަޝްވަރާކޮށްގެން އަންނަ އަހަރު ފައްޓަވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. ހިންމަފުށީގެ ތަރައްޤީއަށްޓަކައި ވަރަށް ސަމާލުކަންދީގެން އަންނަ އަހަރުގެ ތެރޭގައި، ރައްޔިތުންނަށް މުހިންމު ކަންކަމުގައި ޢަމަލީ ސިފަ ޖައްސަވައިދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

18 ގަޑިއިރު ކުރިން - 17:24

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ނިންމަވައިފި

1 ދުވަސް ކުރިން - 10:08

ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޑޮމިނިކަން ރިޕަބްލިކްގެ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްމްހޫރިއްޔާ އަށް އަރުވައިފި

1 ދުވަސް ކުރިން - 15:22

ކިއުބާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ކިއުބާ ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

1 ދުވަސް ކުރިން - 15:12

ޤަޠަރުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޤަޠަރުގެ އައު ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

1 ދުވަސް ކުރިން - 15:04

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

2 ދުވަސް ކުރިން - 18:38