Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މީރާގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލެއްވި ފަސް ބޭފުޅެއްގެ ނަން މަޖިލީހުގެ ކޮމިޓީއަށް

މީރާގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލެއްވި ފަސް ބޭފުޅެއްގެ ނަން މަޖިލީހުގެ ކޮމިޓީއަށް

އާނާ ފަހީމް
630 ދުވަސް ކުރިން - 9 ޑިސެންބަރު 2024 11:36
މީރާ ބިލްޑިންގ
މީރާ ބިލްޑިންގ
ޚުލާސާ

މީރާގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލެއްވި ފަސް ބޭފުޅެއްގެ ނަން ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއަށް ފޮނުވައި، މަޖިލީހުން ދިރާސާކުރުމަށްފަހު އޭގެތެރެއިން ބޭފުޅަކަށް އެ މަޤާމަށް ރުހުން ދިނުމަށް ރައީސް އެދިވަޑައިގެންފި.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލެއްވި ފަސް ބޭފުޅެއްގެ ނަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކަމާއި ގުޅުން ހުރި ދާއިމީ ކޮމިޓީއަށް ފޮނުވައިފިއެވެ.

މީރާގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރަކު އައްޔަނުކުރުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވާ ފަސް ބޭފުޅެއްގެ ނަން ވަނީ މަޖިލީހަށް ފޮނުއްވާފައެވެ. އެ ފަސް ބޭފުޅުންނަކީ:

1. ދަހާ ޝުއައިބް، ހ. ކެރީބިއަން

Advertisement

Advertisement 1

2. އަހުމަދު ފާއިޒް މުހައްމަދު، އަސްރަފީހިޔާ، ލ. މާވަށް

3. އަބްދުﷲ އިމްރާން، މާލަމް، ރ. ހުޅުދުއްފާރު

4. އަލްއުސްތާޒު މަހުޒޫމް ސަލީމް، ޝަބްނަމްގެ، ކ. ކާށިދޫ

5. އައިމިނަތު އާފިޔާ، ދަފްތަރު ނަންބަރު ރ.ސ. 13462

މަޖިލީހުގެ ރައީސް ވަނީ މި ނަންތައް ޝަރުތު ހަމަވާ މެންބަރުންގެ ތަރުތީބުން ހުށަހަޅުއްވާފައިވާ ކަން ފާހަގަ ކުރައްވައި، މަޖިލީހުން ދިރާސާކުރުމަށްފަހު އޭގެތެރެއިން ބޭފުޅަކަށް އެ މަޤާމަށް ރުހުން ދިނުމަށް އެދިވަޑައިގެންފައެވެ. މި މައްސަލަ ދިރާސާ ކުރުމަށް ރިޔާސަތުން ވަނީ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއަށް ފޮނުއްވާފައެވެ.

މީރާގެ ބޯޑު މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ. މީރާގެ ބޯޑުގައި މި ވަގުތު ހަތް މެންބަރުން ތިއްބަވައެވެ. އެއީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު، ޑެޕިއުޓީ ޗެއަރޕާސަން ލީނާ މުހައްމަދު ޒާހިރު ހުސައިން، ޗެއަރޕަސަން އަހުމަދު ސާއިދު މުސްތަފާ، މެންބަރު އައިޝަތު އަޝާ އަލީ، މެންބަރު މަހްޒޫމް ސަލީމް އަދި މެންބަރު މުމްތާޒް އަބްދުއްރަޝީދުގެ އިތުރުން މެންބަރު ހުޝާމް ވަހީދެވެ.        

މީރާރައްޔިތުންގެ މަޖިލިސް
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީގެ ދެވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

4 ދުވަސް ކުރިން - 14:25

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

4 ދުވަސް ކުރިން - 14:10

ގަވައިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

ޤަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށް ފާސްކޮށްފި

4 ދުވަސް ކުރިން - 09:33

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަން ކުރުމަށް ރުހުން ދީފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އައްޔަން ކުރުމަށް ރުހުން ދީފި

5 ދުވަސް ކުރިން - 16:50

އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފި

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

5 ދުވަސް ކުރިން - 16:36

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

6 ދުވަސް ކުރިން - 07:43

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%