އިސްލާމިކް މިނިސްޓްރީން 2025 ވަަނަ އަހަރުގެ ކަލަންޑަރު ނެރެފިއެވެ.
އިސްލާމިކް މިނިސްޓްރީން ތައްޔާރުކޮށްފައިވާ 2025 ވަނަ އަހަރުގެ ކަލަންޑަރު މިނިސްޓްރީން އާއްމުކޮށް ވިއްކާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ވޯލް ކަލަންޑަރު 25 ރުފިޔާއަށް ވިއްކުމަށް ހަމަޖެހިފައިވާއިރު ޑެސްކު ކަލަންޑަރު ވިއްކުމަށް ހަމަޖެހިފައިވަނީ 50 ރުފިޔާއަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ކަލަންޑަރަކީ ޙިޖުރީ ތާރީޚާއި މީލާދީ ތާރީޚާއި ރަސްމީ ބަންދު ދުވަސްތަކާއި ނަކަތްތައް އަދި ނަމާދު ވަގުތުތައް އެނގޭނެ ގޮތަށް ފަރުމާކުރެވިފައިވާ ކަލަންޑަރެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ކަލަންޑަރުތައް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 14:00 އަށް މިނިސްޓްރީގެ ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.









