Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސީރިއާގެ ބޮޑުވަޒީރު މިނިވަން އިންތިޚާބަކަށް ގޮވާލައްވައިފި

ސީރިއާގެ ބޮޑުވަޒީރު މިނިވަން އިންތިޚާބަކަށް ގޮވާލައްވައިފި

ޖަވާދު
549 ދުވަސް ކުރިން - 8 ޑިސެންބަރު 2024 15:09
ސީރިއާގެ ބޮޑުވަޒީރު މުޙައްމަދު އަލްޖަލާލީ
ސީރިއާގެ ބޮޑުވަޒީރު މުޙައްމަދު އަލްޖަލާލީ
ޚުލާސާ

ޖޫލާނީގެ ބަދަލާއެކު، އޭނާގެ ފަހަތުގައި މިހާރު ތިބީ އިލްމާނީ ފިކުރާއި އަރަބި ގައުމީ ފިކުރުގެ ޖަމާޢަތްތަކުގެ މީހުންވެސް ކަމަށް ބެލެވެއެވެ. އަދި އެމެރިކާގެ މީޑިއާތަކުންވެސް މިހާރު ޖޫލާނީގެ އިންޓަވިއުތައް ގެނެސްދޭ ކަމަށް ބެލެވޭ..

އަބޫ މުޙައްމަދުލް ޖޫލާނީ (ކުރީގެ ފޮޓޯއެއް)

ސީރިއާގެ އިދިކޮޅު ލީޑަރު އަބޫ މުޙައްމަދުލް ޖޫލާނީ (އަހްމަދުއްޝަރުއު)އެ ޤައުމަށް އަތްގަދަ ކުރުމާއިއެކު މިނިވަން އިންތިޚާބެއް ބޭއްވުމަށް ބޮޑުވަޒީރު މުހައްމަދު އަލް ޖަލާލީ ގޮވާލައްވައިފިއެވެ.

Advertisement

Advertisement 1

އަލް އަރަބިއްޔާއަށް ދެއްވި އިންޓަވިއުއެއްގައި އަލް ޖަލާލީ ވިދާޅުވީ އިދިކޮޅު ކޮމާންޑަރު އަބޫ މުޙައްމަދު ޖޫލާނީއާއި ގުޅިގެން މިހާރުގެ ވަގުތީ މެނޭޖްމަންޓާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. ޚަބަރުތައް ބުނާ ގޮތުގައި ބޮޑުވަޒީރާއި ހަނގުރާމަވެރިންނާ ދެމެދު ވަރަކަށް އެއްބާރުލުން އެބައޮތެވެ. އަނެއްކޮޅުން އެމެރިކާގެ ބައިޑަން ސަރުކާރު ވަނީ ތުރުކީގެ ރައީސް ރަޖަބް ޠޮއްޔިބް އެރްދޮޣާން އަށް ގުޅުއްވައި ސީރިއާގެ މައްސަލައާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެކަމުގެ ތަފްޞީލެއް އަދި މީޑިއާއަށް ހާމައެއް ނުކުރެއެވެ. ބައެއް ޚަބަރުތައް ބުނާގޮތުގައި މި ހަމަނުޖެހުމުގެ ފަހަތުގައި އޮތީ އެރްދޮޣާންގެ ސަރުކާރެވެ.

ސިފައިންނަށް ސަރުކާރުގެ މުއައްސަސާތަކަށް ވަނުން މަނާ:

ހަޔާތު ތަހުރީރު އަލް ޝާމްގެ ވެރިޔާ އަދި ކުރީގެ އަލްޤައިދާގެ ލީޑަރު އަބޫ މުޙައްމަދު އަލް ޖޫލާނީ ވަނީ ދިމިޝްގުގެ ސަރުކާރުގެ މުއައްސަސާތަކަށް ނުވަދެވޭ ގޮތަށް ސީރިއާގެ ސިފައިންނަށް އަމުރުކޮށްފައެވެ. އޭނާ ވިދާޅުވީ އެ މުއައްސަސާތައް ބޮޑުވަޒީރާއި "ރަސްމީކޮށް" ހަވާލުކުރެވެންދެން އެ މުއައްސަސާތައް ބޮޑުވަޒީރުގެ ދަށުގައި ދެމިތިބޭނެ ކަމަށެވެ.

ބޮޑުވަޒީރު އަލް ޖަލާލީ ވަނީ ރައްޔިތުން ހޮވާ ކޮންމެ ލީޑަޝިޕަކަށް އެއްބާރުލުން ދިނުމަށް ތައްޔާރަށް ހުރި ކަމަށް ވިދާޅުވެފައެވެ. އޭނާ ފޭސްބުކްގައި ވިދާޅުވެފައިވަނީ "މި ގައުމަކީ އަވަށްޓެރިންނާއި ދުނިޔެއާއި ރަނގަޅު ގުޅުންތަކެއް ބިނާކުރާ އެހެން ގައުމުތަކެކޭ އެއްފަދައިން ގައުމަކަށް ވެދާނެ" ކަމަށެވެ.

ދައުލަތުގެ ޓީވީން ބުނީ ކީކޭ؟

މި ހުރިހާ ކަމެއް ހިނގަމުންދަނީ ސީރިއާގެ ވެރިކަމުގައި ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްގައެވެ. ދައުލަތުގެ ޓީވީން ވަނީ ރައީސް ބައްޝާރުލް އަސަދު ވެރިކަމުން ދުރުކޮށް، ޖަލުތަކުގައި ތިބި ހުރިހާ ގައިދީން ދޫކޮށްލާފައިވާ ކަމަށް ބުނެ ބަޔާނެއް ގެނެސްދީފައެވެ. އަދި ހަނގުރާމަވެރިން ބުނާ ގޮތުގައި އެމީހުން ވަނީ ވެރިރަށް ދިމިޝްގުއަށް ވަދެ، ސައިދުނާޔާ ޖަލުން ގައިދީން މިނިވަންކޮށްފައެވެ.

ޖޫލާނީ ބޭނުންފުޅުވަނީ މެދުމިނުގެ އިސްލާމީ ވެރިކަމެއް

އަބޫ މުޙައްމަދުލް ޖޫލާނީ (މިހާރުގެ ފޮޓޯއެއް)

ސީރިއާގެ އިދިކޮޅު ހަނގުރާމަވެރިންގެ ލީޑަރު އަދި ކުރީގެ ޖަބްހަތުއްނުސްރާގެ ލީޑަރު އަބޫމުހައްމަދުލް ޖޫލާނީ ވަނީ ކުރިން ގެންގުޅުނު ވިސްނުން ދޫކޮށް، މެދުމިނުގެ އިސްލާމީ އަދި ގައުމީ ފިކުރަކަށް ބަދަލުވެފައިވާ ކަމަށް ބުނެފައެވެ.

42 އަހަރުގެ ޖޫލާނީ އަކީ ކުރިން ޖަބްހަތުއްނުސްރާގެ ވެރިއެކެވެ. އޭނާ މިހާރު ވިދާޅުވާ ގޮތުގައި އޭނާގެ ޒަޢާމަތުގައި ސީރިއާގައި ބިނާކުރަނީ އިސްލާމީ އާންމު ފިކުރުގެ މައްޗަށް ބިނާވެފައިވާ ޒަމާނީ މުއައްސަސާތަކުގެ ދައުލަތެކެވެ. އަދި ސީރިއާގެ ހުރިހާ މަޒްހަބުތަކެއްގެ މީހުންނަށް އަމާންކަމާއެކު ދިރިއުޅެވޭނެ މާހައުލެއް ގާއިމުކުރާނެ ކަމަށް ވިދާޅުވިއެވެ.

ޖޫލާނީގެ މި ބަދަލާއެކު، އޭނާގެ ފަހަތުގައި މިހާރު ތިބީ އިލްމާނީ ފިކުރާއި އަރަބި ގައުމީ ފިކުރުގެ ޖަމާޢަތްތަކުގެ މީހުންވެސް ކަމަށް ބެލެވެއެވެ. އަދި އެމެރިކާގެ މީޑިއާތަކުންވެސް މިހާރު ޖޫލާނީގެ އިންޓަވިއުތައް ގެނެސްދޭ ކަމަށް ވެއެވެ.

މި ބަދަލުތަކާއެކު، ސީރިއާގެ އިދިކޮޅު ހަނގުރާމަވެރިން ވަނީ ގިނަ ޕްރޮވިންސްތަކެއް އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައެވެ. އަދި ރައީސް ބައްޝާރުލް އަސަދު ވެރިކަމުން ފިއްލަވާފައިވާ ކަމަށް ބެލެވެއެވެ. ޖޫލާނީ ވަނީ ބައްޝާރުގެ ވެރިކަމުގެ ނިޒާމުގައި ބައިވެރިވި ފަރާތްތަކަށް ރައްކާތެރިކަން ދޭނެ ކަމަށް ބުނެފައެވެ.

ސީރިއާގެ މި ބަދަލުތަކާއި ގުޅިގެން، ރަޝިއާ އާއި އީރާން ވެސް ވަނީ އިދިކޮޅު ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރަން ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ. އަދި ޖޫލާނީގެ ފަހަތުގައި ތުރުކީ ވާކަމަށް ވެސް ބެލެވެއެވެ.   

މެދުއިރުމަތިސީރިއާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އީރާނުން އެމެރިކާގެ ބޭސްތަކަށް ހަމަލާ ދޭން ފަށައިފި

އީރާނުން އެމެރިކާގެ ބޭސްތަކަށް ހަމަލާ ދޭން ފަށައިފި

20 ގަޑިއިރު ކުރިން - 13:13

އިސްރާއީލުން ޙަމަލާ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވުމުން ހިޒްބުﷲ އިން ވަރުގަދަ ރައްދެއް ދީފި

އެއްބަސްވުމާ ޚިލާފުވުމުން ހިޒްބުﷲ އިން އިސްރާއީލަށް ވަރުގަދަ ރައްދެއް ދީފި

9 ދުވަސް ކުރިން - 05:32

ކްރޫޒް މިސައިލް އުދުއްސާލެވޭ ބާރުމިނުގައި ދުވާ އުޅަނދެއް އިރާނުން ދައްކާލައިފި

ކްރޫޒް މިސައިލް އުދުއްސާލެވޭ ބާރުމިނުގައި ދުވާ އުޅަނދެއް އިރާނުން ދައްކާލައިފި

11 ދުވަސް ކުރިން - 06:21

ލުބުނާނުގެ ރެސްކިއު ޓީމަކަށް އިސްރާއީލުން ހަމަލާދީފި

ލުބުނާނުގެ ރެސްކިއު ޓީމަކަށް އިސްރާއީލުން ހަމަލާދީފި

18 ދުވަސް ކުރިން - 23:30

މެދުއިރުމަތީގައި މުސީބާތްތަކާއި ކުރިމަތިލި މަނަވަރު އެމެރިކާއަށް މިސްރާބުޖަހައިފި

މެދުއިރުމަތީގައި މުސީބާތްތަކާއި ކުރިމަތިލި މަނަވަރު އެމެރިކާއަށް މިސްރާބުޖަހައިފި

25 ދުވަސް ކުރިން - 17:02

އީރާނުގެ ހަމަލާތަކުން ދިފާއުވުމަށް ޔޫއޭއީގައި އިޒުރޭލުގެ ސިފައިންނާއި ހަތިޔާރު

ޔޫއޭއީގައި އިޒުރޭލުގެ ސިފައިންނާއި ހަތިޔާރު

29 ދުވަސް ކުރިން - 09:54