Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފުވައްމުލަކުގައި "ހާލު ކިހިނެއް" ޕްރޮގްރާމް: 560 އަށްވުރެ ގިނަ ގޭބިސީގެ ހާލު ބަލައިފި

ފުވައްމުލަކުގައި "ހާލު ކިހިނެއް" ޕްރޮގްރާމް: 560 އަށްވުރެ ގިނަ ގޭބިސީގެ ހާލު ބަލައިފި

އާނާ ފަހީމް
640 ދުވަސް ކުރިން - 8 ޑިސެންބަރު 2024 22:40
ފުވައްމުލަކުގައި "ހާލު ކިހިނެއް" ޕްރޮގްރާމް: 560 އަށްވުރެ ގިނަ ގޭބިސީގެ ހާލު ބަލައިފި
ޚުލާސާ

"ހާލު ކިހިނެއް" ޕްރޮގްރާމްގެ ދަށުން ފުވައްމުލަކު ސިޓީގެ 560 އަށްވުރެ ގިނަ ގޭބިސީއަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި، އެ ކަންކަން ޙައްލުކުރުމަށް މަސައްކަތްކުރަމުންދާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނި.

ފުވައްމުލަކު ސިޓީގައި ކުރިއަށްދާ "ހާލު ކިހިނެއް" ޕްރޮގްރާމްގެ ދަށުން 560 އަށްވުރެ ގިނަ ގޭބިސީގެ ހާލު ބަލާފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރުގެ ނައިބު ނަޒީޙާ އަޙްމަދު ވިދާޅުވިގޮތުގައި، މި ޕްރޮގްރާމް ފުވައްމުލަކުގައި ފެށީ މި މަހުގެ 3 ވަނަ ދުވަހުއެވެ. އިއްޔެގެ ނިޔަލަށް 560 އަށްވުރެ ގިނަ ގޭބިސީއަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަޒީޙާ އިތުރަށް ވިދާޅުވީ، ފުވައްމުލަކު ސިޓީގައި މި ޕްރޮގްރާމްގެ ދަށުން ހުރިހާ ގޭބިސީއަކަށް ޒިޔާރަތްކުރާނެ ކަމަށާއި، ޢާއިލާތަކާއި ވަކިވަކި ފަރުދުންގެ ފަރާތުން ލިބޭ ކަންބޮޑުވުންތައް ޙައްލު ކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށެވެ. ފުވައްމުލަކު ސިޓީގެ ރައްޔިތުން އެންމެ ގިނައިން ފާހަގަކޮށްފައިވަނީ ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމަށް ދިމާވާ ދަތިތައްކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

"ހާލު ކިހިނެއް" ޕްރޮގްރާމަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ގެތަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ހާލު ބަލައި، ދައުލަތުގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިހާތަނަށް މާލެއާއި ގއ. އަތޮޅާއި ތ. އަތޮޅުގައިވެސް މި ޕްރޮގްރާމް ވަނީ ފަށާފައެވެ.

މި ޕްރޮގްރާމްގެ ތެރެއިން ޢާންމުން އެންމެ ގިނައިން ހުށަހަޅާފައިވަނީ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަތަކެވެ. އަދި ބޭސްފަރުވާއަށް އެހީތެރިކަން ބޭނުންވުމާއި، އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން މާލީ އެހީ ހޯދުމުގެ މައްސަލަތަކާއި، ޑޮކްޓަރަށް ދެއްކުމާއި ރާއްޖޭން ބޭރުން ބޭސް ގެނައުންފަދަ ކަންކަމުގައި ދިމާވާ ދަތިތަކުގެ ކަންބޮޑުވުންތައްވެސް ވަނީ ފާހަގަކޮށްފައެވެ.

ފުވައްމުލައްއިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ފުވައްމުލަކު އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކެނޑިއްޖެ

ފުވައްމުލަކު އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކެނޑިއްޖެ

372 ދުވަސް ކުރިން - 10:21

އައްޑު އާއި ފުވައްމުލަކުގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ހިދުމަތް ފަށައިފި

އައްޑޫއާއި ފުވައްމުލަކުގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ހިދުމަތް ފަށައިފި

433 ދުވަސް ކުރިން - 16:38

މާލެއިން ފުވައްމުލަކު ފިރިހެނަކު ގެއްލިގެން ހޯދަނީ

މާލެއިން ފުވައްމުލަކު ފިރިހެނަކު ގެއްލިގެން ހޯދަނީ

433 ދުވަސް ކުރިން - 15:22

ފުވައްމުލަކުގައި ރޭ މާރާމާރީއެއް ހިންގާ މީހަކު ޒަހަމްކޮށްލައިފި

ފުވައްމުލަކުގައި ރޭ މާރާމާރީއެއް ހިންގާ މީހަކު ޒަހަމްކޮށްލައިފި

455 ދުވަސް ކުރިން - 12:48

ހޮސްޕިޓަލަށް ގެންދިޔައިރުވެސް ރިޝްދާން ވަނީ ނިޔާވެފަ

ހޮސްޕިޓަލަށް ގެންދިޔައިރުވެސް ރިޝްދާން ވަނީ ނިޔާވެފަ

510 ދުވަސް ކުރިން - 18:39

ފުވައްމުލަކުގައި ކަރަންޓް ޖެހިގެން ޒުވާނަކު ނިޔާވެއްޖެ

ފުވައްމުލަކުގައި ކަރަންޓް ޖެހިގެން ޒުވާނަކު ނިޔާވެއްޖެ

510 ދުވަސް ކުރިން - 15:57

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%