ސަރުކާރުގެ ބައެއް އިދާރާތަކުން ރިޓަޔާވާ މުވައްޒަފުންނަށް ކޮންމެ މަހަކު ދެމުން އައި އެލަވަންސް ހުއްޓާލަން ނިންމި ނިންމުން ސަރުކާރުން ބަދަލުކޮށްފިއެވެ. މި ނިންމުން ބަދަލުކުރި ކަމުގެ މަޢުލޫމާތު ފިނޭންސް މިނިސްޓްރީން ވަނީ ސަރުކާރުގެ އިދާރާތަކަށް އަންގާފައެވެ.
މި ނިންމުން ބަދަލުކުރުމަށް އަމުރުކުރެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން ސަރުކާރުގެ ރަސްމީ ބަޔާނެއް އަދި ނެރެފައެއް ނުވެއެވެ.
ކުރިން ފިނޭންސް މިނިސްޓްރީން ފޮނުވި ސިޓީގައި ބަޔާންކޮށްފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޢަމަލުކުރަން ފަށާ އުސޫލެއްގެ ދަށުން، ރިޓަޔާވާ މުވައްޒަފުންނަށް މަހުން މަހަށް ދެމުންދިޔަ އެލަވަންސް ދިނުން ހުއްޓާލާނެ ކަމަށެވެ. އެހެންނަމަވެސް ރިޓަޔާވާ މުވައްޒަފުންނަށް އެއްފަހަރާ ދޭ ފައިސާ ދިނުން ކުރިއަށް ގެންދާނެ ކަމަށްވެސް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.
މި ފިޔަވަޅު އެޅުމުގެ މަޤްޞަދަކީ ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅޭ ފިޔަވަޅެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.
ޑަބަލް ޕެންޝަނަކީ ސަރުކާރުގެސަރުކާރުގެ ރިޓަޔާމަންޓް ޕެންޝަން ސްކީމުގެ އިތުރުން، ސަރުކާރުގެ ވަކި އިދާރާތަކުން ހިންގާ އިތުރު ސްކީމްތަކުގެ ސަބަބުން ބައެއް މުވައްޒަފުންނަށް ދައުލަތުގެ ޚަރަދުގައި ދެ ޕެންޝަނެއް ލިބޭ ނިޒާމެވެ.









