2019 ވަނަ އަހަރުގެ ޖަނަވަގެ ޖަނަވަރީ މަހު އެފްއޭއެމުން ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރީ ކުޅުންތެރިންނަށް މުސާރަ ނުދޭ ކަމަށް ބުނެ ކަމަށާއި، ނަމަވެސް ކުޅުންތެރިންނަށް މުސާރަ ނުދީ ހުރުމުން ފީފާއިން އެޅީ ޓްރާންސްފަރ ބޭންގެ ފިޔަވަޅެއް ކަމަށްވާއިރު އެފްއޭއެމުން އެޅި ކްލަބް ސަސްޕެންޑް ކުރުމުގެފިޔަވަޅަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ނިއުގެ އައުނޗެއާމަން ބުނެފިއެވެ.
މުބީން އިތުރަށް ވިދާޅުވީ، ޓްރާންސްފަރ ބޭންގެ އަދަބު ތަންފީޒާ އެކު، އެންމެ ފަހު ފުޓްބޯޅަ ސީޒަންގައި ބައެއް ކްލަބްތަކުން ކުޅެފައިވާ ކަމަށެވެ. ނަމަވެސް، އެފްއޭއެމުން ނިއު ސަސްޕެންޑް ކުރުމުން، ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއްގައި އެ ކްލަބަށް ބައިވެރިވެވިފައި ނުވާ ކަމަށް މުބީން ފާހަގަކުރެއްވިއެވެ.








