އެފްއޭއެމްގެ ކުރީގެ ލީޑަރޝިޕުން ނިއުއާއިމެދު ބޭއިންސާފުން ފިޔަވަޅު އަޅާފައިވާ ކަމަށާއި އިންސާފު ހޯދަން ނިއު ރޭޑިއަންޓް އޮތީ ތައްޔާރަށް ކަމަށް، ނިއު ރޭޑިއަންޓް ކްލަބާއި އަލަށް ޙަވާލުވި ޗެއަރމަން އަޙްމަދު މުބީން ވިދާޅުވެއްޖެއެވެ.

މުބީން (ވ) ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރާ އެކު ނިއުގެ ޖާޒީ ލައިގެން - އިންސާފު ހޯދުމަށް ދާންޖެހޭ ކޮންމެ ތަނަކަށް ދިއުމަށް ނިއު އޮތީ ތައްޔާރަށް ކަމަށް ޗެއާމަން މުބީން ވިދާޅުވި.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި މުބީން ވިދާޅުވީ، "ބޭއިންސާފުން ސަސްޕެންޑް ކުރި" މައްސަލައިގައި ޙައްޤު ހޯދުމަށް ބައިނަލްއަޤްވާމީ ކުޅިވަރު އާބިޓްރޭޝަން ކޯޓް (ކާސް) އަށް ދާން ޖެހުނަސް ދާނެ ކަމަށެވެ.
މުބީން އިތުރަށް ވިދާޅުވީ، މި މައްސަލައިގެ ތަފްސީލު ރާއްޖޭގެ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށާއި، ސްޕޯޓްސް މިނިސްޓަރު، ސްޕޯޓްސް ކޮމިޝަނަރު އަދި ސްޕޯޓްސް ކައުންސިލާއި ބައްދަލުކޮށް މައްސަލަ ހިއްސާކޮށްފައިވާ ކަމަށެވެ. ރާއްޖޭގެ އިދާރާތަކުން އިންސާފު ނުލިބިއްޖެނަމަ ދެން ދާނީ ކާސްއަށް ކަމަށްވެސް މުބީން ވިދާޅުވިއެވެ.









