އަލްބޭނިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ފޮރިން މިނިސްޓަރ އިގްލީ ހަސާނީ އަށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މިނިސްޓަރ ޚަލީލް ފޮނުއްވި މެސެޖުގައި ވަނީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އަދި މިނިސްޓަރގެ އަމިއްލަ ނަންފުޅުގައި އަލްބޭނިއާގެ ފޮރިން މިނިސްޓަރ އިގްލީ ހަސާނީއަށާއި އަލްބޭނިއާ ސަރުކާރަށާއި ރައްޔިތުންނަށް، އަލްބޭނިއާގެ މިނިވަން ދުވަހުގެ ތަޙުނިޔާ އާއި އިޚްލާސްތެރި ހެޔޮއެދުންތައް އަރިސްކުރައްވާ ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރ ޚަލީލް ވިދާޅުވީ އެބޭފުޅާގެ އުއްމީދަކީ ދެ ޤައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ކުރިއަށް އޮތް އަހަރުތަކުގައިވެސް އިތުރަށް ބަދަހިވެގެންދިޔުން ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރ އިގްލީ ހަސާނީ އަށް ކުރައްވާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުން ހިފާކަމަށް މިނިސްޓަރ ޚަލީލް ފާހަގަކުރެއްވިއެވެ.









