ފުވައްމުލަކު ސިޓީން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އިން ބުނީ ފުވައްމުލަކު ސިޓީން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 5:30 އާ ހަމައަށް ކަމަށެވެ.
މެޓް އިން ބުނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އިން ބުނީ ކުރިއަށް އޮތް 48 ގަޑިއިރަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ދެކުނުގެ ސަރަޙައްދަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ކަނޑުތައް އާދައިގެ ވަރަށް ގަދަކޮށް އުޅެނީ ދެކުނުގެ އަތޮޅުތަކަށް ކަމަށާއި މެދު ރާއްޖެތެރެއާ އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް މަޑުވާނެ ކަމަށް މެޓުން ބުންޏެވެ. ނަމަވެސް ވިލާގަނޑުގައި ހުރިހާ ސަރަޙައްދެއްގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އިން ވަނީ އިލްތިމާސްކޮށްފައެވެ.









