Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގޯލްޑް ކަޕް: ދެވަނަ މެޗުގައިވެސް އައްޑޫ އެއްވަރު

ގޯލްޑް ކަޕް: ދެވަނަ މެޗުގައިވެސް އައްޑޫ އެއްވަރު

އުސްތާޛް މުޙައްމަދު ޢަލީ
650 ދުވަސް ކުރިން - 28 ނޮވެންބަރު 2024 08:33
އައްޑޫ ސިޓީ އާއި ކ. ގުރައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން.
އައްޑޫ ސިޓީ އާއި ކ. ގުރައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން.
ޚުލާސާ

ރޭގެ މެޗް 1-1 އިން އެއްވަރުވިއިރު ފުރަތަމަ ގޯލު ޖެހީ އައްޑޫއިން. ނަމަވެސް ކ. ގުރައިދޫން ވަނީ ފަހަތުން އަރައި އެއްވަރުކޮށްފަ. އައްޑޫ ސިޓީ މި މުބާރާތުގައި އަދި މެޗެއް ކާމިޔާބު ކުރެވިފައެއް ނުވޭ.

ނައިންޓީ ޕްލަސް ގޯލްޑް ކަޕް 2024 ގައި ރޭ އައްޑޫ ސިޓީ އާއި ކ. ގުރައިދޫ ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާ އަކުން އެއްވަރުވެއްޖެއެވެ.

ގްރޫޕް ސީގެ މެޗުން ގުރައިދޫ އެއްވަރުވިއިރު އެޓީމު މީގެ ކުރިން ހުރާ އަތުން ވަނީ 3-1 ގެ ނަތީޖާ އަކުން މޮޅުވެފައެވެ. އައްޑޫ ކުޅުނު ފުރަތަމަ މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވަނީ ޅ. ކުރެންދޫއާއި ވާދަކޮށެވެ.

ރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގައި ފެނިގެންދިޔަ ދެ ލަނޑުވެސް ދެ ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގައެވެ.

Advertisement

Advertisement 1

އައްޑޫން ފުރަތަމަ ލީޑު ނެގިއިރު، މި ލަނޑު ކާމިޔާބުކޮށްދިނީ މެޗު 13 ވަނަ މިނެޓުގައި ކެޕްޓަން އަލީ ނާފިއު ހުރަސްކޮށްދިން ބޯޅައަކުންނެވެ މުޙައްމަދު އިންޝާލް އެވެ. ނަމަވެސް އޭގެ ނުވަ މިނެޓު ފަހުން ގުރައިދޫން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު އަހުޒަމް ވަދީއު އެވެ.

އިއްޔެ ކުޅުނު ގްރޫޕް ބީގެ މެޗުން އޭދަފުށި މޮޅުވީ ތ. ތިމަރަފުށި އަތުން ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުންނެވެ. މިއީ މި މުބާރާތުގައި އޭދަފުށިން ހޯދި ދެވަނަ މޮޅެވެ. ފުރަތަމަ މެޗުގައި އެ ޓީމުން ކުޅުނީ ވަނީ ބ. ތުޅާދޫއާ އެވެ. އެ މެޗު އޭދަފުށި ކާމިޔާބުކޮށްފައިވަނީ އަތުން 5-1 ގެ ނަތީޖާއަކުންނެވެ. މިއާއެކު އޭދަފުށިން މިވަނީ ދެވަނަ ބުރުން ޖާގަ ހޯދާފައެވެ.

މުބާރާތުގައި 4 ގުރޫޕް ހިމެނޭއިރު ޖުމްލަ 17 ޓީމު ވާދަކުރެއެވެ. މުބާރާތުގެ ގުރޫޕް އޭގައި ހިމެނެނީ ފުވައްމުލައް ސިޓީ، ދ. ކުޑަހުވަދޫ، ގދ. ފަރެސްމާތޮޑާ އަދި ހއ. ދިއްދޫ އެވެ. ގުރޫޕް ބީގައި ހިމެނެނީ މާލެ ސިޓީ، ތ.ށި، ބ. އޭދަފުށި އަދި ބ. ތުޅާދޫއެވެ. ގުރޫޕް ސީގައި އައްޑޫ ސިޓީ، ޅ. ކުރެންދޫ، ކ. ހުރާ އަދި ކ. ގުރައިދޫ ހިމެނޭއިރު، ގުރޫޕް ޑީގައި ހިމެނެނީ ޅ. ނައިފަރު، ކ. މާފުށި، ރ. އަލިފުށި އަދި ބ. ކެންދޫއެވެ.

ފުޓްބޯޅަ
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން މެސީ ރަސްމީކޮށް އިއުލާންކޮށްފި

ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން މެސީ ރަސްމީކޮށް އިއުލާންކޮށްފި

8 ދުވަސް ކުރިން - 12:09

ފަލަސްތީނުގެ 226 ކްލަބާއެކު "ހާސް ޝަހީދުންގެ ކަޕް" ފަށަނީ

ފަލަސްތީނުގެ 226 ކްލަބާއެކު "ހާސް ޝަހީދުންގެ ކަޕް" ފަށަނީ

29 ދުވަސް ކުރިން - 08:53

ޝީލްޑް ރެކޯޑް މާޒިޔާއަށް: ޕެނަލްޓީގައި ނިއުރޭޑިއަންޓް ބަލިކޮށް ހަތްވަނަ ފަހަރަށް ތަށި އުފުލާލައިފި!

ޝީލްޑް ރެކޯޑް މާޒިޔާއަށް: ނިއު ބަލިކޮށް ހަތްވަނަ ފަހަރަށް ތަށި އުފުލާލައިފި!

39 ދުވަސް ކުރިން - 04:07

ސީޒަން ހުޅުވާ މެޗުގައި މާޒިޔާ އާއި ނިއު ، އެންމެން ސިއްސުވާލި ތަފްސީލަކީ މިއީ!

މާޒިޔާ އާއި ނިއު، އެންމެން ސިއްސުވާލި ތަފްސީލަކީ މިއީ!

41 ދުވަސް ކުރިން - 17:19

ލެޖެންޑުންގެ އިސްތިއުފާއާއެކު އިޓަލީ ގައުމީ ޓީމުގެ މެނޭޖްމަންޓަށް ބޮޑު ހުސްކަމެއް

ލެޖެންޑުންގެ އިސްތިއުފާއާއެކު އިޓަލީ ގައުމީ ޓީމުގެ މެނޭޖްމަންޓަށް ބޮޑު ހުސްކަމެއް

43 ދުވަސް ކުރިން - 10:11

ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ ސަރުކާރުގެ އަމާޒެއް: ރައީސް

"ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ އަމާޒު"

107 ދުވަސް ކުރިން - 13:35

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%