މަޝްހޫރު ބޭންޑް ވަން ޑައިރެކްޝަންގެ ކުރީގެ މެމްބަރެއް ކަމަށްވާ ލިއަމް ޕޭންގެ މަރާއި ގުޅިގެން އޭނާ މަރުވި އިރު ހުރި "ހޮޓަލަށް" ތުހުމަތުތަކެމއްކޮށްފިއެވެ. އުމުރުން 31 އަހަރުގައި ލިއަމް މަރުވެފައިވަނީ އާޖެންޓީނާގެ ވެރިރަށް ބުއެނޯސް އައިރެސްގެ ހޮޓަލެއްގެ ތިން ވަނަ ފަންގިފިލާއިން ވެއްޓިގެންނެވެ.
ސީއެންއެންއަށް ފުލުހުން ދިން ބަޔާނެއްގައި ބުނެފައިވަނީ އޭނާ މަރުވެފައިވަނީ ޕަލެރްމޯ އަވަށުގެ ކޮސްޓަރިކާ ސްޓްރީޓްގެ ހޮޓަލެއްގައި ކަމަށެވެ. ލިއަމް މަރުވިތާ ގާތްގަނޑަކަށް އެއް މަސް ފަހުން، އޭނާ މަރުވެފައިވަނީ އޭނާ ހުރި ހޮޓަލުގެ ކޮޓަރީގެ ދޮރު ތަޅުލާފައި ހުރުމުން، އެ ކޮޓަރީގެ ބެލްކަނީން އޭނާ ތިރިއަށް ފައިބަން އުޅެނިކޮށް ވެއްޓިގެން ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އެކަމާއި ގުޅިގެން އެ ހޮޓަލަށް މިހާރު ދަނީ ފާޑުކިޔުން އަމާޒުވަމުންނެވެ.
ބުއެނޯސް އައިރެސް ފުލުހުން ވަނީ 14ބީ ޕޮލިސް ސްޓޭޝަންގެ ފުލުހުން ހޮޓަލަށް ދިޔައީ މަސްތު ހާލުގައި ހުރި ކަމަށް ބެލެވޭ މީހަކާއި ގުޅޭގޮތުން 911 އަށް ފޯނު ކޯލެއް ލިބުމުން ކަމަށް ބުނެފައެވެ. ނަމަވެސް ފުލުހުންގެ ބަޔާނުގައި އެއީ ލިއަމް ކަމަށް ބުނެފައެއް ނުވެއެވެ.
އޮކްޓޯބަރު މަހުގެ ދެ ވަނަ ދުވަހު ލިއަމް އާޖެންޓީނާގައި، އޭނާގެ ކުރީގެ ބޭންޑްމޭޓް ނިއާލް ހޯރަންގެ ކޮންސެޓް ބަލަން ދިޔަ ކަމަށް ޝޯއާ ގުޅުން ހުރި މީސް މީޑިއާގެ ވީޑިއޯތަކުން ދައްކައެވެ. ދާދި ފަހުން ލިއަމް އިނގިރޭސިވިލާތުގައި އޭނާގެ 31 ވަނަ އުފަން ދުވަސް ފާހަގަކޮށްފައިވާ ކަމަށް އޭނާގެ ސްނެޕްޗެޓް އެކައުންޓުން ދައްކައެވެ.
ލިއަމް އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ އިނގިރޭސިވިލާތުގެ މަޝްހޫރު ބޭންޑް ވަން ޑައިރެކްޝަންގެ މެމްބަރެއްގެ ގޮތުގައެވެ. ހެރީ ސްޓައިލްސް، ޒޭން މަލިކް، ލުއީ ޓޮމްލިންސަން އަދި ހޯރަން ވެސް ހިމެނޭ އެ ބޭންޑް އެންމެ ފުރަތަމަ އުފެދުނީ ރިއަލިޓީ ކޮމްޕެޓިޝަން ޝޯ "ދަ އެކްސް ފެކްޓާ"ގެ ޔޫކޭ ވާޝަނުންނެވެ.









