Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސިޓީއަށް މިވަނީ ކިހިނެއް؟ ޖެހިޖެހިގެން ފަސްވަނަ ބަލި

ސިޓީއަށް މިވަނީ ކިހިނެއް؟ ޖެހިޖެހިގެން ފަސްވަނަ ބަލި

އުސްތާޛް މުޙައްމަދު ޢަލީ
609 ދުވަސް ކުރިން - 24 ނޮވެންބަރު 2024 02:54
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ - އޭނާގެ ކެރިއަރުގައި ވިދިވިދިގެން ފަސްމެޗުން ސިޓީ ބަލިވެއްޖެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ - އޭނާގެ ކެރިއަރުގައި ވިދިވިދިގެން ފަސްމެޗުން ސިޓީ ބަލިވެއްޖެ.
ޚުލާސާ

ޓޮޓެންހަމް 4-0 އިން ސިޓީ ބަލިކޮށްފި. މިއާއެކު ސިޓީވަނީ ވިދިވިދިގެން ފަސް މެޗުން ބަލިވެފަ. މިއީ ޕެޕް ގާޑިއޯލާގެ ކޯޗިންގ ކެރިއަރުގައި އެންމެ ގިނަ މެޗުން ބަލިވި ރެކޯޑް.

އިނގިރޭސީ ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ކުޅެ ޓޮޓެންހަމް 4-0 ގެ ނަތީޖާއިން މޮޅުވެ ގާޑިއޯލާ ހާސްކޮށްލައިފިއެވެ. މި މެޗުގައި ޓޮޓެންހަމްގެ ޖޭމްސް މެޑިސަން ވަނީ ދެ ލަނޑު ޖަހާފައެވެ. އޭނާ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 20 ވަނަ މިނެޓުގައެވެ. އިތުރު ލަނޑުތައް ޖެހީ ޕެޑްރޯ ޕޯރޯއާއި ބްރެނަން ޖޮންސަނެވެ.

މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ޖޭމްސް މެޑިސަން އޭނާގެ ދެވަނަ ގޯލު ޖަހަނީ.

Advertisement

Advertisement 1

މިއާއެކު ސިޓީ ވަނީ ވިދިވިދިގެން ފަސް މެޗުން ބަލިވެފައެވެ. މިއީ ޕެޕް ގާޑިއޯލާގެ ކޯޗިންގ ކެރިއަރުގައި ވިދިވިދިގެން އެންމެ ގިނަ މެޗުން ބަލިވި ރެކޯޑެވެ. އަދި މިއީ 1956 އިން ފެށިގެން އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަނުން ވިދިވިދިގެން ފަސް މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.

މި ނަތީޖާ އާއިއެކު ޓޮޓެންހަމުން ވަނީ 23 ޕޮއިންޓާއިއެކު ތާވަލުގެ ދެވަނައިގައި އޮތް ސިޓީ އާއި ހަތަރު ޕޮއިންޓަށް ކައިރި ކޮށްފައެވެ.

މާދަމާ ކުޅޭ މެޗުގައި ސައުތަމްޕްޓަން އަތުން ލިވަޕޫލް މޮޅުވެއްޖެނަމަ ސިޓީއާއި ލިވަޕޫލްއާއި ދެމެދު އަށް ޕޮއިންޓުގެ ފަރަގެއް އަންނާނެއެވެ.

އަމިއްލަ ދަނޑުގައި މިރޭ ކުޅެ ވިދިވިދިގެން ފަސް ބައްޔާއި ސިޓީ ކުރިމަތިލިއިރު ދާދި ފަހުން އެ ކުލަބުން ވަނީ ގާޑިއޯލާއާއެކު ވެފައިވާ އެއްބަސްވުން އިތުރު ދެއަހަރަށް އިތުރުކޮށްފައެވެ. ގާޑިއޯލާއަކީ ސިޓީގެ ތާރީހުގައި އެ ކުލަބުގެ އެންމެ ކާމިޔާބު ކޯޗެވެ. އޭގެ ތެރޭގައި 6 ޕްރިމިއަރ ލީގު އަދި 1 ޗެމްޕިއަންސް ލީގު ހިމެނެއެވެ. އޮކްޓޫބަރު މަހު 26 ވަނަ ދުވަހުގެ ފަހުން ސިޓީ މޮޅުވެފައި ނުވާއިރު އެ ކުލަބުގެ ކުޅުންތެރިން ވަނީ ގާޑިއޯލާ މެދު ހިތްނުތަނަވަސްކަން އުފެދިފައެވެ. އަދި މިވަގުތަށް އެ ކުލަބަށް އޮތް ހައްލަކީ ގާޑިއޯލާ ނޫން އެހެން ކޯޗަކާއި ކުލަބު ހަވާލުކުރުންކަން ގިނަ ސަޕޯޓަރުން ދެކެއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުމެންޗެސްޓަރ ސިޓީ
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެންޒޯ މަރެސްކާ މެންޗެސްޓަރ ސިޓީގެ ހެޑް ކޯޗަކަށް ހަމަޖައްސައިފި

އެންޒޯ މަރެސްކާ މެންޗެސްޓަރ ސިޓީގެ ހެޑް ކޯޗަކަށް ހަމަޖައްސައިފި

26 ދުވަސް ކުރިން - 23:04

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

55 ދުވަސް ކުރިން - 03:22

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

56 ދުވަސް ކުރިން - 19:29

ޕްރިމިއަރ ލީގު 2025-26: އެންމެ ކާމިޔާބު އަދި އެންމެ ހިތްދަތިވި ޓީމުތަކަކީ ކޮބާ؟

ޕްރިމިއަރ-ލީގުގައި ކާމިޔާބީއާއި ހިއްދައްޗާ ކުރިމަތިލި ޓީމުތަކަކީ ކޮބާ؟

62 ދުވަސް ކުރިން - 13:01

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް: އިއްތިހާދުގައި އޮތް ރަން ދައުރެއްގެ ނިމުން

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް!

62 ދުވަސް ކުރިން - 12:14

މިޑްލްސްބަރާ ބަލިކޮށް، ހަލް ސިޓީން އަލުން އިނގިރޭސި ޕްރިމިއާ ލީގަށް

ހަލް ސިޓީން އިނގިރޭސި ޕްރިމިއާ ލީގުގެ ޖާގައެއް

63 ދުވަސް ކުރިން - 22:55