Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

60 އަންހެން ވިޔަފާރިވެރިންނަށް ޚާއްޞަ "ފަށާ މަދަދު" ލޯނު ދޫކޮށްފި

60 އަންހެން ވިޔަފާރިވެރިންނަށް ޚާއްޞަ "ފަށާ މަދަދު" ލޯނު ދޫކޮށްފި

އައިޝަތު ރުވާ ރިފްޢަތު
647 ދުވަސް ކުރިން - 22 ނޮވެންބަރު 2024 12:26
"ފަށާ މަދަދު" ލޯނުގެ ރަސްމިއްޔާތު/ ފޮޓޯ: އެސްޑީއެފްސީ
"ފަށާ މަދަދު" ލޯނުގެ ރަސްމިއްޔާތު/ ފޮޓޯ: އެސްޑީއެފްސީ
ޚުލާސާ

މި ލޯނު ސްކީމަކީ ސަރުކާރުގެ ހަފްތާ 14 ގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ވަޢުދެއް ފުއްދުމުގެ ގޮތުން މިއަހަރުގެ ފެބްރުއަރީ މަހު އިފްތިތާޙްކުރި 100 މިލިއަން ރުފިޔާގެ ލޯނު ސްކީމެއް.

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އަންހެން ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެން ތަޢާރަފުކުރި "ފަށާ މަދަދު" ލޯނު ސްކީމުގެ ދަށުން މިހާތަނަށް 60 މީހަކަށް ލޯނު ދޫކޮށްފިއެވެ.

މި ލޯނު ސްކީމަކީ ސަރުކާރުގެ ހަފްތާ 14 ގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެއް ފުއްދުމުގެ ގޮތުން މިއަހަރުގެ ފެބްރުއަރީ މަހު އިފްތިތާހުކުރި 100 މިލިއަން ރުފިޔާގެ ލޯނު ސްކީމެކެވެ. މި ސްކީމުގެ މައިގަނޑު މަޤްޞަދަކީ އަންހެން ވިޔަފާރިވެރިން ކުރިއެރުވުމެވެ.

އެސްޑީއެފްސީން ބުނީ މި މަހުގެ 18 ވަނަ ދުވަހާއި ހަމައަށް "ފަށާ މަދަދު" ލޯނު 60 މީހަކަށް ދޫކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ ހަތަރު މީހަކުވެސް ހިމެނޭއިރު، މި ލޯނު ސްކީމުގެ 25 އިންސައްތަ ޚާއްޞަކުރެވިފައިވަނީ ޚާއްޞަ އެހީއަށް ބޭނުންވާ އަންހެނުންނަށެވެ.

Advertisement

Advertisement 1

މުޅި ސްކީމުގެ ދަށުން ދޫކުރުމަށް ނިންމާފައިވާ 100 މިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް 45 އިންސައްތަ ވަނީ ދޫކޮށްފައިކަމަށް އެސްޑީއެފްސީން ބުންޏެވެ.

"ފަށާ މަދަދު" ލޯނު ސްކީމުގެ އަމާޒަކީ އާމްދަނީ ކަށަވަރު ނުވުމުގެ ސަބަބުން އާންމު ބޭންކުތަކުން ޚިދުމަތް ލިބިގަތުމުގައި ދަތިތަކާއި ކުރިމަތިވާ އަންހެން ވިޔަފާރިވެރިންނަށް އެހީތެރިވުމެވެ. މި ސްކީމުގެ ދަށުން އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް 500,000 ރުފިޔާއާ ހަމައަށް، 6 އިންސައްތަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ދޫކުރެވެއެވެ. ލޯނު އަނބުރާ ދެއްކުމަށް 12 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭއިރު، 7 އަހަރު ދުވަހުގެ މުއްދަތެއް ދެވެއެވެ.

މީގެ އިތުރުން، އެސްޑީއެފްސީން ވަނީ "ފަށާ މަދަދު ލީސިން" ނަމުގައި އިތުރު ލޯނު ސްކީމެއްވެސް ތަޢާރަފުކޮށްފައެވެ. މި ސްކީމުގެ ދަށުން 10,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ލޯނު ނެގޭނެއެވެ. މި ލޯނުގެ އިންޓްރެސްޓް ރޭޓަކީ 8 އިންސައްތައެވެ. އަދި 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު 5 އަހަރު ދުވަހުގެ މުއްދަތެއް ދެވެއެވެ.

މި ލޯނު ސްކީމްތަކަކީ އަންހެން ވިޔަފާރިވެރިންނަށް އިތުރު ފުރުޞަތުތަކެއް ހޯދައިދިނުމަށާއި، އަންހެނުން ވިޔަފާރީގެ ދާއިރާގައި ބާރުވެރިކުރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެސްޑީއެފްސީން ފާހަގަކުރިއެވެ.

އެސްޑީއެފްސީލޯނު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޒުވާނުންނަށް ހާއްސަ "ޔޫތު އެންޓަރޕްރަނަރޝިޕް ފައިނޭންސިންގ" ތައާރަފުކޮށްފި: ލޯނަށް އެދޭތާ 24 ގަޑިއިރު ތެރޭގައި ގޮތެއް ނިންމާނެ

ޒުވާނުންނަށް ހާއްސަ "ޔޫތު އެންޓަރޕްރަނަރޝިޕް ފައިނޭންސިންގ" ތައާރަފުކޮށްފި

47 ދުވަސް ކުރިން - 11:44

ދަރަނީގެ ނުރައްކަލުން އިގްތިސާދީ އިތުބާރަށް - ރައީސް މުއިއްޒުގެ ޒައާމަތުގައި ރާއްޖޭގެ މާލީ ހާލަތަށް އައި ބަދަލު

ދަރަނީގެ ނުރައްކަލުން އިގްތިސާދީ އިތުބާރަށް - ރާއްޖޭގެ މާލީ ހާލަތަށް އައިބަދަލު

88 ދުވަސް ކުރިން - 07:30

50 މިލިއަން ޑޮލަރުގެ ލޯނު ދައްކަން އިތުރު ލޯނެއް ނުނަގާ: މުންދު

ލޯނު ދައްކަން އިތުރު ލޯނެއް ނުނަގާ: މުންދު

109 ދުވަސް ކުރިން - 19:58

ޓެކްސީ ނަފާ ލޯނު ސްކީމްގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން: މިނިސްޓަރު ސައީދު

“ޓެކްސީ ނަފާ ލޯނު ސްކީމްގެ ކަންބޮޑުވުންތަކަށް ހައްލުހޯދައިދޭނަން”

129 ދުވަސް ކުރިން - 23:35

ޕާކިސްތާނުން ޔޫއޭއީއަށް ދޭންޖެހޭ 3.5 ބިލިއަން ޑޮލަރު ސައޫދީން ދައްކައިދީފި

ޕާކިސްތާނުން ޔޫއޭއީއަށް ދޭންޖެހޭ ދަރަނި ސައޫދީން ދައްކައިދީފި

137 ދުވަސް ކުރިން - 19:54

ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ 89 މަސްވެރިއަކަށް ލޯނު ދޫކޮށްފި

ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ 89 މަސްވެރިއަކަށް ލޯނު ދޫކޮށްފި

174 ދުވަސް ކުރިން - 15:35