އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު (އައި.ސީ.ސީ) އިން ފަލަސްޠީނު ދައުލަތާއި ގުޅޭގޮތުން ނިންމި ނިންމުންތަކަށް ރައީސް ތައުރީފްކުރައްވައިފިއެވެ. މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ފަރާތުން އެކްސް ޕްލެޓްފޯމުގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، މިއީ ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާއި ދެކޮޅަށް ކުރަމުންދާ ކުށްތަކަށް ޒިންމާދާރުކުރުވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ދިވެހިރާއްޖެއިން އައިސީސީގެ ނިންމުންތަކަށް އިޙްތިރާމްކުރާ ކަމާއި، އެ ކޯޓުގެ ޙުކުމްތަކަށް ޙުރުމަތްތެރިކޮށް ހިތައި ތަންފީޛުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ބައިނަލްއަޤްވާމީ ޤާނޫނު ދެމެހެއްޓުމާއި ފަލަސްޠީނު ރައްޔިތުންނަށް ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަކީ އެ ސަރަޙައްދުގައި ޞިލްޙަ ޤާއިމުކުރުމަށް ކޮންމެހެން ބޭނުންވާ ކަމެއްކަމަށް ރައީސް މުޢިއްޒު ކުރެއްވި އެކްސްގައި ފާހަގަކުރެއްވިއެވެ.








