Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

އެ ވެރިން ކަންކަން ވަރިހަމަކޮށްލީ ރައްޔިތުންނާއި ދޭތެރޭ ނުވިސްނާތީ

މުޙައްމަދު ޛިހާން ޒުބައިރު
686 ދުވަސް ކުރިން - 21 ނޮވެންބަރު 2024 13:31
ރައްޔިތުންގެ ޞިއްޙަތާއިމެދު ވިސްނަވާ ރައީސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ރައްޔިތުންގެ ޞިއްޙަތާއިމެދު ވިސްނަވާ ރައީސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ޚުލާސާ

މަސްތުގެ ވަބާގައި ޖެހި ކޯމާއަށް މުޅި ޖީލު އެއްކޮށް ދިޔަޔަސް ބައެއް ވެރީން އަޅައިނުލައި ދޫކޮށްލީ. އެއާއި ޚިލާފަށް މި ރައީސް ނަންގަވަނީ އެކްޝަން. މޭކްކުރައްވަނީ ޑިސިޝަން.

ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ މިހާރު ވޭޕް ރާއްޖެ އެތެރެކުރުން މަނާކޮށްފައެވެ.

ވޭޕް މަނާކުރި އިރު، އެ ވިއްކުމާއި، ހިލޭ ބެހުން މަނާ ކޮށްފައިވެއެވެ. މީގެ އިތުރުން ކުޑަކުއްޖަކަށް މީގެ އާލާތެއް ދީފި ނަމަ 50,000 ރ އިން އެމީހަކު ޖޫރިމަނާކުރާނެ ކަމަށް ވެސް ވަނީ ރައީސް ވިދާޅުވެފައެވެ.

މި ނިންމުމަކީ ރައީސް މުޢިއްޒުގެ ވިސްނުންތެރިކަމާއި، ހިކުމަތްތެރިކަމުގެ އަލިގަދަ އެއް މިސާލެވެ. ވޭޕަކީ އިންސާނާގެ ހަށިގަނޑަށް ނުހަނު ބޮޑު ގެއްލުމެއް ލިބޭ އެއްޗަކަށް ވާއިރު، އޭގައި ވިހަ މާއްދާތަކެއް ވެސް އެކުލެވިގެންވާ އެއްޗެކެވެ.

Advertisement

Advertisement 1

މި ސަރުކާރުން ވޭޕް މަނާ ކޮށްފައިވަނީ، މީގެ ތެރޭގައި ތުއްތު ކުދިން ވެސް ޝާމިލުވާގޮތަށް މި ތަކެތި ބޭނުންކުރަމުން އައި ދަނޑިވަޅެއްގައެވެ. އެގޮތުން ރައީސް މުޢިއްޒުގެ ވެރިކަމަށް އަހަރެއް ފުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ބައެއް މީހުން ލަފާ ދީފައިވަނީ މަޑުު މަޑުން ގޮސް ވޭޕް މަނާ ކުރުމަށް ކަމަށެވެ. ނަމަވެސް ރައީސް އެކަން ނާހައި އެމަނިކުފާނު ބޭނުންފުޅުވީ ޖީލެއް އަނދަވަޅަކުން ސަލާމަތް ކުރުމެވެ.

ރައީސް މި ގޮތަށް ނިންމާފައިވީއިރު ގިނަ ބައެއްގެ ތާއީދު ވެސް އެކަމަށް ދަނީ ލިބެމުންނެވެ.

ފާއިތުވި 14 އަހަރުގައި ފެނުނީ ރައްޔިތުން ކޯމާއަށް ދިޔަޔަސް ވަރިހަމަ ރައީސުން ކަމަށްވާނަމަ އެއީ ދެރަކަމެއް. ވޭޕާއި ދުންފަތުގެ ނުރައްކަލުން ޖީލުތައް ހަލާކުވާއިރު ޢަމަލީ ފިޔަވަޅު އެޅުއްވި ހަމައެކަނި ރައީސަކީ ޑރ. މުޢިއްޒު.

ވޭޕް މަނާ ކުރުމަށް ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިޞްލާޙް މަޖިލީހުން ފާސްކުރީ މިމަހުގެ 12 ވަނަ ދުވަހުގައެވެ. އޭގައި ވާގޮތުން ވޭޕް މަނާކުރި އިރު، އެ ވިއްކުމާއި، ހިލޭ ބެހުން މަނާ ކޮށްފައިވެއެވެ. މީގެ އިތުރުން ކުޑަކުއްޖަކަށް މީގެ އާލާތެއް ދީފި ނަމަ 50,000 ރ އިން އެމީހަކު ޖޫރިމަނާ ވެއެވެ.

މި ނިންމުމަކީ ރައީސް ޑރ. މުޢިއްޒުގެ ވިސްނުންތެރިކަމާއި، ހިކުމަތްތެރިކަމުގެ އަލިގަދަ އެއް މިސާލެވެ. ވޭޕަކީ އިންސާނާގެ ހަށިގަނޑަށް ނުހަނު ބޮޑު ގެއްލުމެއް ލިބޭ އެއްޗަކަށް ވާއިރު، އެއީ، އޭގައި ވިހަ މާއްދާތަކެއް ވެސް އެކުލެވިގެންވާ އެއްޗެކެވެ.

މި ސަރުކާރުން ވޭޕް މަނާ ކޮށްފައިވަނީ، މީގެ ތެރޭގައި ތުއްތު ކުދިން ވެސް ޝާމިލުވާގޮތަށް މި ތަކެތި ބޭނުންކުރަމުން އައި ދަނޑިވަޅެއްގައެވެ. އެގޮތުން ރައީސް މުޢިއްޒުގެ ވެރިކަމަށް އަހަރެއް ފުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބައެއް މީހުން ލަފާ ދީފައިވަނީ މަޑުމަޑުން ގޮސް ވޭޕް މަނާ ކުރުމަށް ކަމަށެވެ. ނަމަވެސް އެމަނިކުފާނު ބޭނުންފުޅުވީ ޖީލެއް އަނދަވަޅަކުން ވީހާވެސް އަވަހަށް ސަލާމަތް ކުރުމެވެ.

ރައީސް މި ގޮތަށް ނިންމާފައިވީއިރު ގިނަ ބައެއްގެ ތާއީދު ވެސް އެކަމަށް ދަނީ ލިބެމުންނެވެ. އެކަމަކު ބައެއް މީހުން އެމަނިކުފާނު ވެރިކަމުން ބޭލުމަށް ވެސް އަންނަނީ ގޮވަމުންނެވެ. ނަމަވެސް ރައީސްގެ މި ނިންމުން ބަދަލު ނުވާނެކަން ހުރިހާ އެންމެނަށްވެސް ވަނީ ޔަޤީންކޮށްދީފައެވެ.

މިގޮތަށް ނިންމާފައިވާތީވެ، ސުކޫލު ދަރިވަރުންގެ ބެލެނިވެރިން އަދި މުދައްރިސުން ވެސް ވަނީ ރައީސަށް ޝުކުރު ދައްނަވާފައެވެ. ހަމަ އެހެންމެ ގިނަ ބައެއްގެ ތަރުހީބު ވެސް ލިބެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ވޭޕް މަނާ ކުރުމަށް ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކުރީ މިމަހުގެ 12ވަނަ ދުވަހުގައެވެ. މި ބިލް ރައީސް ތަސްދީޤު ކުރެއްވި ވަގުތުގެ ގޮތުން އެކަނިވެސް މީގެ މުހިންމުކަން އެނގެއެވެ. އެމަނިކުފާނު ވޭޕްގެ މައްސަލަ ޤާނޫނުގެ ކުލަ ޖެއްސެވީ ތިމަވެއްޓާ ބެހޭ ބައިނަލްއަގުވާމީ ބައްދަލުވުން، ކޮޕް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް އަޒަރުބައިޖާންގައި ހުންނަވައިގެންނެވެ.

ފާހަގަކޮށްލަންޖެހޭ މުހިންމު އަނެއް ކަމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދުންފަތުގެ ބިލަށް އިޞްލާޙު މި ގެނައީ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި 2010 ވަނަ އަހަރު ހަދާފައިވާ ޤާނޫނަށް އެއްވެސް ބަދަލެއް އެއްވެސް ސަރުކާރަކުން ގެނެސްފައި ނުވާތާ 14 އަހަރު ވެފައި ވަނިކޮށެވެ.

ސުވާލަކީ، އޭގެފަހުން ވަޑައިގެންނެވި ތިން ރައީސުން މިފަދަ ފިޔަވަޅެއް ނޭޅުއްވީ ކީއްވެތޯއެވެ؟ ދުންފަތުގެ ސަބަބުން ޖީލުތަކެއް ފަނާވަނީއެވެ. އަދަރާދު ގޮނޑީގައި ދަރީންގެ ބޯކޮޅު ވަތަށް އޮވެ އަޅިތައް ލޮލަށް ފައިބާ މަންޒަރު އެތައް މަޔަކާއި ބަފަޔަކަށް ވަނީ ފެނިފައެވެ. މަސްތުގެ ވަބާގައި ޖެހި ކޯމާއަށް މުޅި ޖީލު އެއްކޮށް ދިޔަޔަސް އެކަމާއި ބައެއް ވެރީން އެކަށީގެންވާ އަވަސް ފިޔަވަޅު އެޅުމުގެ ބަދަލުގައި ގޭންގުތަކަށް ފައިސާ ޚަރަދުކޮށް މަސްތުވާ ތަކެތީގެ ވިޔަފާރިއަށް އިންވެސްޓުވެސް ކޮށްފައިވާކަމީ އެންމެން ދަންނަ ކަންތަކެވެ. ކުށުގެ ވެށީގެ ތެރަހުގައި ގަދަޔަށް ތަތްލާފައި ތިބި ޒުވާނުން އެކަމުން ސަލާމަތް ކުރުމަށް ކުރީގެ ވެރިން އެކަށީގެންވާ ފިޔަވަޅެއް ނާޅައެވެ. އެއްބަޔަކު ބެލީ އެންޑީއޭ ތެރޭގައިވެސް ބިޒްނަސް ކުރެވޭތޯއެވެ. މަސްތުން ސަލާމަތް ކުރުމަށް ވެސް ދިނީ މެތަޑޯން އެވެ. ނުވަތަ ބާރު ދެރަ މަސްތުވާ އެއްޗެއްސެވެ. މަސްތުވާ މީހަކަށް މަސްތުވާ އެއްޗެއް މަދު މިންވަރުން ދީގެން އޭނާ އެކަމުން ސަލާމަތެއް ނުވާނެއެވެ. ޔޫރަޕުން ދޭ ފަރުވާ އަކީ މެތަޑޯނޭ ކިޔައި މިތަނުގައި މެތަޑޯން ދޭކަށް ނުޖެހެއެވެ. ދޭންވީ އަދަބެވެ. ދީނުގައި އޮތް ގޮތް ދޫކޮށްލައި މާމޮޅު ގޮތެއް ކަމަށް ހީވެ އަމިއްލ ގޮތެއް ގެނައީމާ ވާންވީ ގޮތް ވެ ނިމުނީއެވެ. މިކަންކަން އިމްޕްލިމެންޓު ކުރީ ކުރީގެ ވެރިކަންތަކުގައެވެ. މިކަން އޭރުގެ ރައީސުން އެކަށީގެންވާ ވަރަށް ބަލައި މޮނިޓަރ ނުކުރައްވާކަން މިއަދުނއެބަ އެނގެއެވެ. އެއްގޮތަކީ އެނގިހުރެމެ އަޅައިނުލައި ދޫކޮށްލެއްވީއެވެ. އަނެއްގޮތަކީ، ވެރިކަން ހިންގަން ނޭނގުމެވެ.

ކޮންމެޔަކަސް، މިއީ ދައްކަން ޖެހޭ ވާހަކަތަކެވެ. ޤައުމު މިދަނީ ރަނގަޅު މިސްރާބަކަށެވެ. ފަހަރަކު މުންކަރާއެއް ހުއްޓުވަމުން ގޮސް ނުބައި ބޮޑެތި ވަބާތަކުން ޤައުމު ސަލާމަތް ކުރެވޭތޯ އަދުގެ ރައީސް މަސައްކަތް އެބަ ކުރައްވައެވެ. ކުރީގެ ރައީސުން ކަންތައް ކުރެއްވި ގޮތާއި ޚިލާފަށް މި ރައީސް ނަންގަވަނީ އެކްޝަނެވެ. މޭކް ކުރައްވަނީ ޑިސިޝަނެވެ. ކުރީގެ ރައީސުންނަށް ވަރިހަމަވި ކަންތައް މިއަދުގެ ރައީސް ސީރިއަސްކޮށް ނަންގަވަނީ ރައްޔިތުންނާއި ޤައުމާއި ދޭތެރޭ ވިސްނަވާތީއެވެ. މިއީ މިއަދު ރައްޔިތުން ވިސްނަންވެއްޖެ ކަންކަމެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

އަތޮޅުތަކުގައި "ސަރުކާރުގެ ހިދުމާތު މަރުކަޒު"ތައް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފި

އަތޮޅުތަކުގައި "ސަރުކާރުގެ ހިދުމާތު މަރުކަޒު"ތައް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފި

12 ގަޑިއިރު ކުރިން - 15:40

އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ގާއިމުކުރުމުގެ މަޝްރޫއު ހަލުވިކަމާއެކު ކުރިއަށް

12 ގަޑިއިރު ކުރިން - 15:38

މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސްގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި

މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސްގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި

14 ގަޑިއިރު ކުރިން - 13:19

10 ރިސޯޓު ތަރައްގީކުރުމަކީ ފަތުރުވެރިކަމަށް ބޮޑު އިިންގިލާބެއް ގެންނާނެ ކަމެއް: އަފީފް

10 ރިސޯޓު ތަރައްގީކުރުމަކީ ފަތުރުވެރިކަމަށް ބޮޑު އިިންގިލާބެއް ގެންނާނެ ކަމެއް: އަފީފް

4 ދުވަސް ކުރިން - 12:37

އެޗްއާރްސީއެމްގެ މެންބަރުކަމުގެ މަގާމަށް ޝަމްއޫން ހަމީދު އައްޔަންކުރައްވައިފި

އެޗްއާރްސީއެމްގެ މެންބަރުކަމުގެ މަގާމަށް ޝަމްއޫން ހަމީދު އައްޔަންކުރައްވައިފި

4 ދުވަސް ކުރިން - 11:46

"ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ 2040 ގެ ތަސައްވުރުގެ ވަރުގަދަ ބިންގަލެއް"

"ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ 2040 ގެ ތަސައްވުރުގެ ވަރުގަދަ ބިންގަލެއް"

6 ދުވަސް ކުރިން - 13:35