ފުޓުބޯޅަ ފޯރި އަލުން ގެނައުމަށްޓަަކައި ނައިންޓީ ޕްލަސް އިން ބާއްވާ ގޯލްޑް ކަޕް މިރޭ ފަށައިފިއެވެ.
މި މުބާރާތް މިރޭ ފަށާފައިވަނީ ފުވައްމުލައް އަދި ކުޑަހުވަދޫގެ ކުރިމަތިލުމަކުންނެވެ.
ހުރިހާ މެޗެއްް ލައިވް ވެސް ކުރާ މި މުބާރާތުގެ މެޗުތައް ބެލުމަށް ދަނޑަށް ވަނުމަށް ކޮންމެ މެޗަކަށް ޓިކެޓް ދޫކުރެވޭނެ ކަމަށްް މުބާރާތް ހޯސްޓުކުރާ ފަރާތް ނައިންޓީ ޕްލަސްއިން މަޢުލޫމާތުދެއެވެ. އެގޮތުން ސިޑިބަރިން ޓިކެޓް ވިއްކަނީ 100ރ އަދި ގޮނޑިބަރިން ޓިކެޓް ވިއްކަނީ 50ރ އަށް ކަމަށް ނައިންޓީ ޕްލަސް އިން ބުންޏެވެ.
ކޮންމެ މެޗަކަށް ވެސް ޓިކެޓްގެ އުސޫލުން ދަނޑަށް ވަދެވޭގޮތަށް ހަމަޖައްސާފައިވަނީ ފޯރިގަދަ މެޗުތަކަކަށް ހެދުމުގެ އިތުރުން ކުލަބުތަކަށް ކޮންމެވެސް ވަރެއްގެ އާމްދަނީއެއް ހޯދުމުގެ މަޤުސަދުގައި ކަމަށް ނައިންޓީ ޕްލަސްއިން ވަނީ ބުނެފައެވެ.
ރާއްޖޭގެ ފުޓުބޯޅައިގައި ފޯރިގަދަ ރަށްތައް ބައިވެރިވި މި މުބާރާތުގެ ޓީމުތަކުން ބިދޭސީ ކުޅުންތެރިން ވެސް ފެނިގެންދާނެ ކަމަށް ނައިންޓީ ޕްލަސް އިން ބުންޏެވެ.









