Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފާތިމަތު އަނީޤާ ބޭނުންވަނީ އާންމުންގެ ދީލަތި އެހީއެއް

ފާތިމަތު އަނީޤާ ބޭނުންވަނީ އާންމުންގެ ދީލަތި އެހީއެއް

މުޙައްމަދު ޛިހާން ޒުބައިރު
659 ދުވަސް ކުރިން - 19 ނޮވެންބަރު 2024 13:04
އަނީޤާގެ އިނގިލީގެ އިންފެކްޝަންގެ ސަބަބުން އާންމުންގެ މާލީ އެހީތެރިކަން ވަނީ ބޭނުންވެފައި.
އަނީޤާގެ އިނގިލީގެ އިންފެކްޝަންގެ ސަބަބުން އާންމުންގެ މާލީ އެހީތެރިކަން ވަނީ ބޭނުންވެފައި.
ޚުލާސާ

ހައްވާ އަނީޤާ ގެ އިނގިލީގައި އިންފެކްޝަން އުފެދި، އައިޖީއެމްއެޖް ހޮސްޕިޓަލް އިން ވަނީ އިނގިލި ބުރިކޮށްލަން ޖެހޭ ކަމަށް ބުނެފައި. ނަމަވެސް އިތުރު ފަރުވާއަށް ބޭރަށް ގޮސްގެން ރަނގަޅުވާނެކަމުގެ އުންމީދު އެބައޮތް.

ފާތިމަތު އަނީޤާ (ކޮކާހަނދުވަރު، ސ.ހިތަދޫ) އަކީ މިވަގުތު ވަރަށް ނާޒުކު ޙާލަތެއްގައި އޮތް 3 ކުދިންގެ މަންމައެކެވެ. އޭނާގެ ކާނާތު ފައިގެ ބޮޑުވާ އިނގިލީގެ ފޮޅެއް ނެގި ހިސާބުން ފެށިގެން، އޭނާގެ ދިރިއުޅުމަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. އިނގިލި ދުޅަވެ، ދޮސްގަނެ، އޭނާގެ ހިތުގައި ބިރުވެރިކަން އުފެދިފައިވާއިރު، ޞިއްޙީ ޚިދުމަތްތެރިންގެ ފަރާތުން ލިބެމުންދާ ޚަބަރުތަކަކީ އޭނާގެ ހިތަށް އިތުރު ކަންބޮޑުވުން ގެނެސްދޭ ޚަބަރުތަކެކެވެ.

އަނީޤާގެ ފަރުވާ ފެށުނީ އައްޑޫ އިކުއޭޓޯރިއަލް ހޮސްޕިޓަލުގައެވެ. ނަމަވެސް، ދެ މަސްދުވަހުގެ ފަރުވާއަށްފަހުވެސް އެދެވޭ ނަތީޖާއެއް ނުފެނުމުން، އޭނާ ޖެހުނީ މާލެއަށް އައިސް އައިޖީއެމްއެޗްގެ ފަރުވާ ހޯދާށެވެ.

Advertisement

Advertisement 1

އަނީޤާގެ އެންމެ ބޮޑު ދަރި އުޅެނީ ގުރޭޑް 8 ގައެވެ. އަނީޤާގެ މައިންބަފައިން ނިޔާވެފައިވާއިރު މާލޭގައި އަނީޤާގެ ގާތުގައި ހުރުމަށް އެހީތެރިއަކު ބޭނުންވާތީ ފިރިމީހާއަށް ޖެހުނީ ރިސޯޓުގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަކިވާށެވެ.

އައިޖީއެމްއެޗާއި އޭޑީކޭ އަދި ޓްރީޓޮޕްގެ އެތައް ދުވަހެއްގެ ފަރުވާއަށްފަހު، އިނގިލީގެ ކަށީގައި އިންފެކްޝަން ހުރިވަރު ފުނަށް ގޮސްފައިވާތީ އިނގިލި ބުރިކޮށްލަން އައިޖީއެމްއެޗުން ލަފާ ދިނެވެ. މިއީ އަނީޤާއަށް އަދި އޭނާގެ ޢާއިލާއަށް ލިބުނު ވަރަށް ބޮޑު ހިތްދަތިކަމެކެވެ.

އިތުރު ފަރުވާ ކުރުމަށް އެހީތެރިކަން އަނީޤާ މި ދަނޑިވަޅުގައި ވަރަށް ބޭނުންވެއެވެ. އައިޖީއެމްއެޗް ހޮސްޕިޓަލުން ބުނެފައިވަނީ އިންފެކްޝަން އުފެދިފައިވާ އިނގިލި ޖެހޭނީ ބުރިކޮށްލަން ކަމަށެވެ. ނަމަވެސް އާސަންދަ ކަވަރ ނުކުރާތީ އިތުރު ފަރުވާއަށް ބޭރަށް ދިއުމަށް ބޮޑު އެހީއެއް ބޭނުންވެއެވެ. އިނގިލި ބުރިކޮށްނުލާ އިންޑިއާ އާއި ބެންކޮކުން ރަނގަޅުވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް މަޢުލޫމާތު ލިބެއެވެ.

ދިވެހިރާއްޖޭގެ ރައްޔިތުން ކިބައިން އަނީޤާ އަށް މިވަގުތު ބޭނުންވަނީ ދީލަތި އެހީއެކެވެ. ކޮންމެ ރައްޔިތެއް ވެސް އެމީހަކަށް ވެވުނު މިންވަރުން އޭނާގެ ބޭސް ފަރުވާއަށް އެހީތެރިވެދިނުމަކީ އަނީޤާއާއި އޭނާގެ ޢާއިލާގެ ވަރަށް ބޮޑު އެދުމެކެވެ.

ބީއެމް.އެލް ރުފިޔާ އެކައުންޓް: 7708386261101

ބީއެމް.އެލް ޑޮލަރ އެކައުންޓް: 7730000534603

މިކަމާއި ބެހޭ އިތުރު މަޢުލޫމާތެއް ބޭނުން ފުޅުވާނަމަ 7912041 (ފާތިމަތު އަނީޤާ) އާ ގުޅުއްވުން އެދެމެވެ.

އާސަންދަ
Advertisement
Advertisement

ގުޅޭ ޚަބަރުތައް

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

2 ދުވަސް ކުރިން - 16:33

60000 އަށްވުރެ ގިނައިން މުސާރަ ލިބޭ މީހުންނަށް އާސަންދަ ކަނޑާލަނީ

60000 އަށްވުރެ ގިނައިން މުސާރަ ލިބޭ މީހުންނަށް އާސަންދަ ކަނޑާލަނީ

2 ދުވަސް ކުރިން - 14:01

އިތުރު 8 އަތޮޅެއްގައި އާސަންދަ ކައުންޓަރުތައް ހުޅުވައިފި

އިތުރު 8 އަތޮޅެއްގައި އާސަންދަ ކައުންޓަރުތައް ހުޅުވައިފި

55 ދުވަސް ކުރިން - 20:49

އަމްރިތާ އާއި އާސަންދައާ ދެމެދު ވެފައިވާ އެއްބަސްވުން އާކުރަނީ؛ މިހާރު ފަރުވާ ހޯދާ މީހުންނަށް ހިދުމަތް ލިބޭނެ

އަމްރިތާ އާއި އާސަންދައާ ދެމެދު ވެފައިވާ އެއްބަސްވުން އާކުރަނީ

57 ދުވަސް ކުރިން - 23:25

ރަޖިސްޓްރީކޮށްފައި ނުވާ ހިދުމަތްތަކަށްވެސް ސްކީމުން އެހީ ލިބޭނެ ގޮތަށް ބަދަލުތަކެއް ގެނެސްފި

ރަޖިސްޓްރީކޮށްފައި ނުވާ ހިދުމަތްތަކަށްވެސް ސްކީމުން އެހީ ލިބޭނެ ގޮތަށް ބަދަލުތަކެއް ގެނެސްފި

98 ދުވަސް ކުރިން - 19:46

އެންސްޕާގެ ވެލްފެއާގެ ބައެއް ޚިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކޮށްފި

އެންސްޕާގެ ވެލްފެއާގެ ބައެއް ޚިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކޮށްފި

101 ދުވަސް ކުރިން - 20:58

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ހެޔޮއެދޭފަރާތެއް

657 ދުވަސް ކުރިން - 00:46

ޝަފާކަﷲ... މާތްﷲ އަނީޤާއަށް އަވަސް ޝިފާއެއްމިންވަރުކުރައްވާށި. އާމީން....