ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޓޫރިޒަމް އެޑްވައިޒަރު މުޙައްމަދު ހަލީލް އިކޮނޮމިކް ކައުންސިލަށް މިއަދު އައްޔަންކުރައްވައިފިއެވެ.

މުޙައްމަދު ޚަލީލަކީ ރިސޯޓު ވިޔަފާރި ހިންގާ ޕްލަސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރެވެ. އަދި މަންތާ އެއަރގެ އެއް ހިއްސާދާރު ވެސް މެއެވެ.

ރޭ ބޭއްވުނު ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޢިއްޒު ވަނީ މި ނިންމުން ބަދަލު ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އަންނަ ޖެނުއަރީ މަހުން ފެށިގެން މި ޤަވާޢިދަށް ޢަމަލުކުރަން ފެށުމުން ރައްޔިތުންނަށް ލިބޭނެ ފައިދާތައް ވެސް ރައީސް ވަނީ އިޢުލާންކުރައްވާފައެވެ.