ސްޕެއިންގެ ލަ ލީގާގައި ކުޅޭ ރިއަލް މެޑްރިޑްގެ ދެ ކުޅުންތެރިން ކަމަށްވާ ރޮޑްރިގޯ އާއި ލޫކަސް ވާޒްކުއެޒް އަށް އޮސަސޫނާއާ ދެކޮޅަށް ކުޅުނު މެޗުގައި މަސްލް އިންޖަރީ ވެފައިވާ ކަމަށް ކްލަބުން އިއްޔެ އިއުލާނުކޮށްފިއެވެ.
މި މެޗުގައި ރޮޑްރިގޯ ބަދަލުކުރަން ޖެހުނީ މެޗު ފެށިތާ 20 މިނެޓު ތެރޭގައެވެ. އަދި ވާޒްކުއެޒާޒްކުއެޒް ބަދަލުކުރީ ފުރަތަމަ ހާފު ނިމުނު އިރުއެވެ.
ބްރެޒިލްގެ ޒުވާން ކުޅުންތެރިޔާ ރޮޑްރިގޯ މިމޫސުމުގައި ވަނީ 667 މިނެޓު ކުޅެ، ތިން ގޯލް ޖަހައި އިތުރު ލަނޑެއް ޖެހުމަށް އެހީތެރިވެދީފައެވެ. އޭނާ އަނިޔާގެ ސަބަބުން ފަސް ނުވަތަ ހަ ހަފުތާއަށް ނުކުޅެ ހުންނަން ޖެހިދާނެ ކަމަށް ރިޕޯޓުތަކުގައި ބުނެއެވެ.
ވާޒްކުއެޒް އަށް އެއް މަސް ދުވަހަށް ނުކުޅެ ހުންނަން ޖެހިދާނެ ކަމަށް ބެލެވެއެވެ. މިއީ ރިއަލް އަށް ބޮޑު ލޮޅުމެކެވެ. މިހާރުވެސް ރައިޓް ބެކް ޑާނީ ކަރްވަޖަލް ވަނީ މޫސުމުގެ ބާކީ އޮތް ބައި ނުކުޅެ ހުންނަން ޖެހިފައެވެ.
މީގެ އިތުރުން، އެޑަރ މިލިޓާއޯ އަށް ވެސް ވަނީ އޭސީއެލް އިންޖަރީއެއް ވެފައެވެ. މި އިންޖަރީތަކަކީ ވެސް ރިއަލް މެޑްރިޑަށް ލިބުނު ބޮޑު ލޮޅުމެކެވެ.









