އެމެރިކާގައި ކުރިޔަށް އޮތް 5 އަހަރު ވެރިކަންކުރާ ޑޮނަލްޑް ޓްރަމްޕްގެ އަލަށް އުފައްދާ ސަރުކާރުގެ ހަރުދަނާކަމުގެ ޑިޕާޓްމަންޓް އަށް އީލޮން މަސްކާއި ކުރީގެ ރިޕަބްލިކަން ރިޔާސީ ކެންޑިޑޭޓް ވިވެކް ރާމަސްވާމީ އިސްކުރާނެ ކަމަށް އިއްޔެ އިޢުލާން ކޮށްފިއެވެ.
މިއީ ސަރުކާރުގެ އިދާރާއެއް ނޫނެވެ. ޓްރަމްޕް ބުނި ގޮތުގައި މަސްކާއި ރާމަސްވާމީ މަސައްކަތްކުރާނީ ސަރުކާރުން ބޭރުން ވައިޓް ހައުސްއަށް އިރުޝާދު ދިނުމަށެވެ. އަދި އޮފީސް އޮފް މެނޭޖްމަންޓް އެންޑް ބަޖެޓާ ގުޅިގެން "ބޮޑެތި އޮނިގަނޑުގެ އިސްލާހުތައް ގެނައުމަށާއި، ކުރިން ނުފެންނަ ފަދަ ވިޔަފާރިވެރި އުސޫލަކުން ސަރުކާރު ހިންގުމަށް" މަސައްކަތްކުރާނެއެވެ.
ޓްރަމްޕް ބުނި ގޮތުގައި މި ދެ މީހުން "ސަރުކާރުގެ ބިއުރޮކްރަސީ ނައްތާލުމަށާއި، ބޭކާރު ގަވާއިދުތައް މަދުކުރުމަށާއި، އިސްރާފު ކުޑަކުރުމަށާއި، ފެޑެރަލް އިދާރާތައް އަލުން އެކުލަވާލުމަށް" މަގުފަހިކޮށްދޭނެއެވެ.
މަސްކް އޭނާ މިލްކުކުރާ އެކްސް ޕްލެޓްފޯމުގައި ޕޯސްޓްކޮށް ބުނެފައިވަނީ "އެންމެ ހާމަކަން ބޮޑު ގޮތުގައި" ޑިޕާޓްމަންޓުގެ ހުރިހާ ޙަރަކާތްތަކެއް އޮންލައިންކޮށް ހާމަކުރާނެ ކަމަށެވެ.
މަސްކް އަކީ ޓުރަމްޕުގެ ކެމްޕޭނަށް ބޮޑު ޚަރަދެއް ކުރި އަދި ޢަމަލީ ގޮތުން ރިޔާސީ ކެމްޕޭނުގައި އުޅުއްވި ދުނިޔޭގެ އެންމެ މުއްސަނދި މީހާއެވެ.









