އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު އާސެނަލް އާއި ޗެލްސީ މެޗު 1-1 އިން އެއްވަރުވެއްޖެއެވެ.
މި ނަތީޖާއާއެކު އާސެނަލް އަށް ވިދިވިދިގެން ފަސް މެޗުންވެސް މޮޅު ނުވެވުނުކަން ފާހަގަކުރެވެއެވެ.
ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މި މެޗުގައި އާސެނަލުން ލަނޑު ޖެހީ ގެބްރިއެލް މާޓިނޭލީއެވެ. އަދި ޗެލްސީގެ ލަނޑު ޖެހީ ޕެޑްރޯ ނެޓޯއެވެ. މެޗުގެ އެންމެ ފަހު މިނެޓުގައި އާސެނަލްގެ ލިއަންޑްރޯ ޓޮރޮސާޑް އަށް ރަނުގެ ފުރުސަތެއް ލިބި ގެއްލުވާލެވުނެވެ.
މި ނަތީޖާއާއެކު ދެ ޓީމަށްވެސް 11 މެޗުން 19 ޕޮއިންޓް ލިބި، ޗެލްސީ ތާވަލުގެ ތިންވަނައަށް އަރާފައިވާއިރު އާސެނަލް އޮތީ ހަތަރުވަނައިގައެވެ.









