Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބްރިޓިޝް ސިފައިން ބޭނުންކޮށްގެން ބަފަރ ޒޯނެއް ހެދުމަށް ރޭވުން

ބްރިޓިޝް ސިފައިން ބޭނުންކޮށްގެން ބަފަރ ޒޯނެއް ހެދުމަށް ރޭވުން

ޖަވާދު
624 ދުވަސް ކުރިން - 8 ނޮވެންބަރު 2024 21:18
ޓްރަމްޕް އަދި ޕޫޓިން - ޓްރަމްޕުގެ ސިޔާސަތަކީ ޔޫރަޕްގެ ހަމަނުޖެހުން އެމީހުން އަމިއްލައަށް ޙައްލު ކުރުން ކަމަށް ޓްރަމްޕްގެ ޓީމުން ބުނެފައިވާ ކަމަށް ރިިޕޯޓްތައް ބުނޭ / ފައިލް ފޮޓޯ
ޓްރަމްޕް އަދި ޕޫޓިން - ޓްރަމްޕުގެ ސިޔާސަތަކީ ޔޫރަޕްގެ ހަމަނުޖެހުން އެމީހުން އަމިއްލައަށް ޙައްލު ކުރުން ކަމަށް ޓްރަމްޕްގެ ޓީމުން ބުނެފައިވާ ކަމަށް ރިިޕޯޓްތައް ބުނޭ / ފައިލް ފޮޓޯ
ޚުލާސާ

ޓްރަމްޕުގެ ޓީމާއި ޙަވާލާދީ ރިޕޯޓުތައް ބުނަނީ ޔޫރަޕްގެ މައްސަލަތައް އެމީހުން އަމިއްލައަށް ހައްލުކޮށް، ޔުކްރޭނުގައި ޔޫރަޕުން ބަފަރޒޯނެއް ޤާއިމްކުރުން. މިކަމުގައި އެމެރިކާއިން ސިފައިންނާއި އެހީއެއް ވެސް ނުލިބޭނެ ކަމަށް. މިކަމާއި ބްރިޓިޝްއާއި ޒެލެންސްކީ ކަންބޮޑުވޭ.

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް، ޔޫކްރެއިނާއި ރަޝިޔާ ދެމެދު ބަފަރ ޒޯނެއް ހެދުމަށްޓަކައި ބްރިޓިޝް ސިފައިން ބޭނުންކުރުމަށް ރާވަމުންދާ ކަމަށް ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓުކޮށްފިއެވެ. މި ރޭވުމުގެ ދަށުން، 800 މޭލުގެ ސަރަޙައްދެއްގައި ޔޫރަޕިއަން ސިފައިން ދަތުރުކުރަމުންދާނެ ކަމަށް ބުނެވެއެވެ. މިއީ ޔޫކްރެއިންއަށް ދެމުންދާ އެހީ މަދުކޮށް، ރަޝިޔާއަށް ފައިދާވާ ގޮތަށް ޙައްލެއް ހޯދުމަށް ޓްރަމްޕް މަސައްކަތްކުރަމުންދާކަމުގެ އިޝާރާތެއް ކަމަށް ބެލެވެއެވެ.

ބަފަރ ޒޯނަކީ ހަމަނުޖެހުން ހުއްޓުވުމަށް އިދިކޮޅު ބާރުތައް ނުވަތަ ޤައުމުތައް ވަކިކުރުމަށް އުފައްދާ ނިއުޓްރަލް ސަރަޙައްދެކެވެ. އަސްކަރީ ކުރިމަތިލުންތަކުގެ ފުރުޞަތު ކުޑަކުރުމުގެ ބޭނުމުގައާއި ޞުލްޙައިގެ މަޝްވަރާތައް ކުރިއެރުވުމަށް މިކަމުން އެހީތެރިވެދޭނެއެވެ. ޓްރަމްޕްގެ މި ނިންމުމަކީ ޔޫރަޕުން އަމިއްލައަށް އެމީހުންގެ ސަރަޙައްދުގައި ހަމަޖެހުން ޤާއިމްކުރުމަށް މަސައްކަތްކުރުމަށް ވިދާޅުވުމެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޓްރަމްޕްގެ ޓީމުގެ މެންބަރަކު ވިދާޅުވެފައި ވަނީ އެމެރިކާއިން ސިފައިން ނުފޮނުވާނެ ކަމަށާއި، މިކަމުގެ ޚަރަދު ވެސް ނުކުރާނެ ކަމަށެވެ. އޭގެ ބަދަލުގައި ޕޮލެންޑް، ޖަރުމަނު، ބްރިޓެއިން އަދި ފްރާންސްގެ ސިފައިން މިކަމަށް ބޭނުންކުރަން ބޭނުންވާ ކަމަށް ޓްރަމްޕް ވިދާޅުވެފައި ވެއެވެ.

Advertisement

Advertisement 1

ޒެލެންސްކީ އުއްމީދުކޮށްގެން ހުންނެވީ ޓްރަމްޕްގެ ސަރުކާރުގައި އިތުރު ހަތިޔާރާއި ފައިސާ ލިބި ރަޝިއާ ހަނގުރާމަ ކުރިޔަށް ގެންދިޔުމަށް އެމެރިކާގެ ފުރިހަމަ ތާޢީދު ދެމިއޮންނާނެ ކަމަށް. އެހެންނަމަވެސް ރިޕޯޓުތައް ބުނަނީ ޓްރަމްޕުގެ ވިސްނުން ހުރީ ރަޝިއާއާއި ދެކޮޅަށް ނޫން ކަމަށް. މިކަމާއިމެދު ޒެލެންސްކީ ހުންނެވީ ވަރަށް ބޮޑަށް ކަންބޮޑުވެފަ.

ނަމަވެސް، ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ މިކަމާއި ކަންބޮޑުވުން ފާޅުކޮށް، ރަޝިޔާއަށް ލުއިދިނުމަކީ ޔޫރަޕުން "އަމިއްލައަށް މަރުވުން" ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ބަލިކަށިކަން ދައްކައިގެން ހަމަހަމަ ޞުލްޙައެއް ނުގަނެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ބްރިޓެއިންގެ ބައެއް ސިޔާސީ ފަރާތްތަކުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެމެރިކާގެ އެހީތެރިކަން ނެތި ޔޫރަޕަށް އެކަނި ޔޫކްރެއިންއަށް އެހީތެރިވުމަކީ ދަތިކަމެއް ކަމަށް ބުނެފައިވެއެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ، އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ޓްރަމްޕް ވަނީ އިންތިޚާބު ކާމިޔާބުކުރައްވައިފިނަމަ، ރައީސްކަމުގެ މަޤާމާއި ހަވާލުވެވަޑައިގަންނަވާތާ 24 ގަޑިއިރުގެ ތެރޭގައި ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުވާނެ ކަމަށް ވިދާޅުވެފައެވެ. އަނެއްކޮޅުން ޓްރަމްޕަށް އިންތިޚާބު ކާމިޔާބު ކުރެވުމާއެކު ޕޫޓިން ވަނީ މަރުޙަބާ ވިދާޅުވެ މަޝްވަރާ ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް ވިދާޅުވެފައެވެ.

ރަޝިއާ - ޔުކްރޭންޑޮނަލްޑް ޓްރަމްޕު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމެރިކާ އިން ޔަމަނަށް ބޮން އަޅާނެ ކަމުގެ އިންޒާރު ދީފި

އެމެރިކާ އިން ޔަމަނަށް ބޮން އަޅާނެ ކަމުގެ އިންޒާރު ދީފި

2 ދުވަސް ކުރިން - 20:16

އީރާނުގެ ސްކޫލަށް ދިން ޙަމަލާގެ ހެކި ގެއްލުވާލަން ޓްރަމްޕް މަސައްކަތް ކުރަނީ

އީރާނުގެ ސްކޫލަށް ދިން ޙަމަލާގެ ހެކި ގެއްލުވާލަން ޓްރަމްޕް މަސައްކަތް ކުރަނީ

10 ދުވަސް ކުރިން - 19:33

ޓްރަމްޕް ހުށަހެޅުއްވި ގްރީންލޭންޑު މައްސަލަ ނޭޓޯ ސަމިޓުން ބަލައިނުގަނެ ބޭރުކޮށްލައިފި

ޓްރަމްޕް ހުށަހެޅުއްވި ގްރީންލޭންޑު މައްސަލަ ނޭޓޯ ސަމިޓުން ބަލައިނުގަނެ ބޭރުކޮށްލައިފި

16 ދުވަސް ކުރިން - 21:05

17 އަހަރަށް ފަހު ފުރަތަމަ ފަހަރަށް އެމެރިކާގެ ރައީސަކު ތުރްކިޔޭއަށް ވަޑައިގެންފި

17 އަހަރަށް ފަހު ފުރަތަމަ ފަހަރަށް އެމެރިކާގެ ރައީސަކު ތުރްކިޔޭއަށް ވަޑައިގެންފި

17 ދުވަސް ކުރިން - 14:36

ޓްރަމްޕް މައްސަލަ ޖެއްސުމުން ބަލޯގަންގެ ރަތްކާޑު ސަސްޕެންޝަން އުވާލައިފި!

ޓްރަމްޕް މައްސަލަ ޖެއްސުމުން ބަލޯގަންގެ ރަތްކާޑު ސަސްޕެންޝަން އުވާލައިފި!

19 ދުވަސް ކުރިން - 23:05

ރަޝިޔާގެ ސެއިންޓް ޕީޓަސްބާގްގައި ހުންނަ މައި ތެޔޮ ޓާމިނަލަކަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއް ދީފި

ރަޝިޔާގެ ސެއިންޓް ޕީޓަސްބާގްގައި ހުންނަ މައި ތެޔޮ ޓާމިނަލަކަށް ހަމަލާދީފި

21 ދުވަސް ކުރިން - 23:10