އިންޑޮނޭޝިއާގެ އަލިފާންފަރުބަދައެއް ގޮވައި 9 މީހުން މަރުވެއްޖެ

ޖަވާދު | 350 ދުވަސް ކުރިން - 4 ނޮވެންބަރު 2024 21:23
ޚުލާސާ

އިންޑޮނޭޝިއާގެ އަލިފާންފަރުބަދައެއް ގޮވައި، 9 މީހަކު މަރުވެ، ގިނަ އަދަދެއްގެ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރިއިރު ފަރުބަދަ ގޮވުމާއި ގުޅިގެން 7 ކިލޯމީޓަރުގެ ސަރަޙައްދަކަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވޭ.

އިންޑޮނޭޝިއާގެ އަލިފާން ފަރުބަދައެއް އިއްޔެ ގޮވައި، މަދުވެގެން 9 މީހަކު މަރުވެއްޖެ ކަމަށް އޮފިޝަލުން މަޢުލޫމާތު ދީފިއެވެ.

އޮފިޝަލުންނާއި ޙަވާލާދީ ޙަބަރުތައް ބުނާ ގޮތުގައި އިރުމަތީ އިންޑޮނޭޝިއާގެ ޕްރޮވިންސެއްގައި ހުންނަ ލެވޮޓޯބީ ލަކީ-ލާކެއް ފަރުބަދަ ގޮވުމާއި ގުޅިގެން 7 ކިލޯމީޓަރުގެ ސަރަހައްދަކަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. އެގޮތުން، ގެތަކަށް ގެއްލުން ލިބި، އެހެން ރަށްތަކަށް މީހުން ބަދަލުކުރަން ޖެހުނު ކަމަށް ވެސް އެ ޕްރޮވިންސްގެ ކަމާބެހޭ ފަރާތުން ބުނާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ހަބަރުތައް ބުނާ ގޮތުގައި މިފަރުބަދަ ގޮވުމުގެ ސަބަބުން. އެސަރަޙައްދާއި 20 ކިލޯމީޓަރު ދުރުގައި އޮންނަ ރަށްތަކަށް އެގައުމުގެ ކަމާބެހޭފަރާތްތަކުން ދަނީ މީހުން ބަދަލުކުރަމުންނެވެ.

ދަ ސެންޓަރ އޮފް ވޯލްކެނޮލޮޖީގެ ތަރުޖަމާނު ހާދީ ވިޖާޔާ ވިދާޅުވި ގޮތުގައި ފަރުބަދަ ގޮވުމާއި ގުޅިގެން ކަރަންޓު ކެނޑި، 4 ކިލޯ މީޓަރުގެ ސަރަޙައްދަކަށް އަލިފާން ފައިބައިފައި ވެއެވެ.

އިންޑޮނޭޝިއާއަކީ ޢާންމުކޮށް އަލިފާން ފަރުބަދަ ގޮވާ ޤައުމެކެވެ. މެއި މަހު ހަލްމަހެރާ އަދި ނޯތު ސުލަވޭސީގައި ވެސް އަލިފާންފަރުބަދަތަކެއް ގޮވައި، ގިނަ ޢަދަދެއްގެ މީހުން އެ ސަރަހައްދުތަކުން ނެރެން ޖެހުނެވެ. 

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%