Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އާސަންދަ ސްކީމަށް ބަދަލު ގެނައީ ޚިދުމަތްދޭ ފަރާތްތަކާ މަޝްވަރާކޮށްގެން

އާސަންދަ ސްކީމަށް ބަދަލު ގެނައީ ޚިދުމަތްދޭ ފަރާތްތަކާ މަޝްވަރާކޮށްގެން

އުސްތާޛް މުޙައްމަދު ޢަލީ
619 ދުވަސް ކުރިން - 3 ނޮވެންބަރު 2024 16:43
މިސަރުކާރު ޙަވާލުވިއިރު އާސަންދަ ނިޒާމްގައި ގިނަ ކަންތަކެއް އިޞްލާޙު ކުރަން ޖެހިފައި އޮތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި (އެންސްޕާގެ ސީއީއޯ ކަމުގެ މަޤާމަށް ހީނާ ހަމަޖެއްސެވީ މިދިޔަ އަހަރުގެ ނޮވެންބަރުގައި) / ފޮޓޯ: ޚުލާސާ
މިސަރުކާރު ޙަވާލުވިއިރު އާސަންދަ ނިޒާމްގައި ގިނަ ކަންތަކެއް އިޞްލާޙު ކުރަން ޖެހިފައި އޮތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި (އެންސްޕާގެ ސީއީއޯ ކަމުގެ މަޤާމަށް ހީނާ ހަމަޖެއްސެވީ މިދިޔަ އަހަރުގެ ނޮވެންބަރުގައި) / ފޮޓޯ: ޚުލާސާ
ޚުލާސާ

އާސަންދަ ސްކީމަށް ގެނެވުނު ބަދަލުތައް ޚިދުމަތްދޭ ފަރާތްތަކާ މަޝްވަރާކޮށްގެން ގެނެވުނު ކަމަށާއި، މީގެ މަޤްޞަދަކީ ނިޒާމު އެއްހަމަކޮށް ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުން ކަމަށް އެންސްޕާއިން ބުނެފި.

ދެމެހެއްޓެނިވި ގޮތެއްގައި އާސަންދަ ސްކީމްގެ ޚިދުމަތްތައް ދިނުމަށްޓަކައި، އެންސްޕާއިން ދީފައިވާ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން، އާސަންދަ ސްކީމަށް ގެނެވުނު ބަދަލުތައް ގެނެވިފައިވަނީ އިންޝުއަރެންސް ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން މިއަދު ހާމަކޮށްފިއެވެ.

އެންސްޕާއިން މަޢުލޫމާތު ދިންގޮތުގައި، މި ބަދަލުތަކާ ގުޅޭގޮތުން އިންޝުއަރެންސް ޚިދުމަތްދޭ ހުރިހާ ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާކުރެވިފައިވެއެވެ. އަދި މި ބަދަލުތަކަށް ތައްޔާރުވުމަށް ހުރިހާ ކުންފުނިތަކުންވެސް އެއްބަސްވެފައިވާ ކަމަށް އެންސްޕާއިން ބުނެފައިވެއެވެ. ބައެއް ކުންފުނިތަކުން މި ބަދަލުތަކަށް ކުރިއްސުރެ ތައްޔާރުވަމުން ދިޔަކަންވެސް ފާހަގަކޮށްފައިވެއެވެ.

އާސަންދަ ސްކީމަށް ބަދަލު ގެނައީ ޚިދުމަތްދޭ ފަރާތްތަކާ މަޝްވަރާކޮށްގެން ނަމަވެސް، މި ބަދަލުތައް ތަންފީޛުކުރަން ފެށުމާއެކު، ބައެއް އިންޝުއަރެންސް ކުންފުނިތަކުން ކޭޝްލެސް ޚިދުމަތް ހުއްޓާލާފައިވާކަން ފާހަގަކުރެވޭ ކަމަށާއި. މިކަމުގެ ސަބަބުން އާންމުންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވީނަމަވެސް، އަމިއްލަ ޖީބުން ފައިސާ ދައްކަންޖެހުނު ނަމަވެސް، ކުރިއެކޭ އެއްގޮތަށް އާސަންދަ ޚިދުމަތް ލިބޭނެކަން އެންސްޕާއިން ޔަގީންކޮށްދީފައިވެއެވެ.

Advertisement

Advertisement 1

މި އައު ސިޔާސަތުގެ މައިގަނޑު މަޤްޞަދަކީ އާސަންދަ ނިޒާމު އެއްހަމަކުރުން ކަމަށާއި، މި ބަދަލުތަކުގެ ސަބަބުން މުޅި ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް އެ އިދާރާއިން އުންމީދުކުރެއެވެ.

އިތުރު މަޢުލޫމާތެއްގެ ގޮތުން، ޕްރައިވެޓް އިންޝުއަރެންސްގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މޯލްޑިވްސް ޑިފެންސް ފޯސްއިން ހިންގާ ސްކީމްތައް ނުހިމެނޭނެކަން އެންސްޕާއިން ހާމަކޮށްފައިވެއެވެ. އަދި އެނދުމަތިކޮށްގެން ދެވޭ ފަރުވާ (އިންޕޭޝަންޓް) ބިލްތަކަށް މިހާރުވެސް ޢަމަލުކުރަމުންދާ އުޞޫލުން އާސަންދަ ސްކީމުން ޚިދުމަތް ދިނުމަށް ޚިދުމަތްދޭ ފަރާތްތަކަށް އަންގާފައިވާކަންވެސް އެންސްޕާއިން ފާހަގަކޮށްފައިވެއެވެ.

އާސަންދަ
Ad
Ad

ގުޅޭ ޚަބަރުތައް

އަމްރިތާ އާއި އާސަންދައާ ދެމެދު ވެފައިވާ އެއްބަސްވުން އާކުރަނީ؛ މިހާރު ފަރުވާ ހޯދާ މީހުންނަށް ހިދުމަތް ލިބޭނެ

އަމްރިތާ އާއި އާސަންދައާ ދެމެދު ވެފައިވާ އެއްބަސްވުން އާކުރަނީ

1 ދުވަސް ކުރިން - 23:25

ރަޖިސްޓްރީކޮށްފައި ނުވާ ހިދުމަތްތަކަށްވެސް ސްކީމުން އެހީ ލިބޭނެ ގޮތަށް ބަދަލުތަކެއް ގެނެސްފި

ރަޖިސްޓްރީކޮށްފައި ނުވާ ހިދުމަތްތަކަށްވެސް ސްކީމުން އެހީ ލިބޭނެ ގޮތަށް ބަދަލުތަކެއް ގެނެސްފި

42 ދުވަސް ކުރިން - 19:46

އެންސްޕާގެ ވެލްފެއާގެ ބައެއް ޚިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކޮށްފި

އެންސްޕާގެ ވެލްފެއާގެ ބައެއް ޚިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކޮށްފި

45 ދުވަސް ކުރިން - 20:58

މައްޔިތުން އުފުލުމަށާއި އިތުރު ހިދުމަތްތަކަށް އާސަންދަ ދޭން ފަށައިފި

މައްޔިތުން އުފުލުމާއި އިތުރު ހިދުމަތްތަކަށް އާސަންދަ ލިބޭނެ

104 ދުވަސް ކުރިން - 09:01

އައްޑޫ ސިޓީގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ރަސްމީކޮށް ހުޅުވައިފި

އައްޑޫގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ހުޅުވައިފި

106 ދުވަސް ކުރިން - 20:17

ލަންކާ ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް މެދުކަނޑާލައިފި

ލަންކާ ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް މެދުކަނޑާލައިފި

189 ދުވަސް ކުރިން - 20:11

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ތެދުވެރިޔާ

597 ދުވަސް ކުރިން - 08:54

ޚިދުމަތްދޭ ހުރިހާ ފަރާތްތާކާ މަޝްވަރާ އެއް ނުކުރޭ ދޮގު ނުހަދާ