ސައްހަ ނޫން ފައިސާއިން މުއާމަލާތްކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މާލެއިން ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މަޢުލޫމާތު ދިންގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށި / ސަލްވާ، ޢާއިޝަތު ޝިޒުނީ (25އ) އާއި ސ. ހިތަދޫ / އަތަމާވިލާ، މަޢުޒޫ މުޙައްމަދު (29އ) ކަމަށާއި، މި ދެމީހުން ހައްޔަރުކޮށްފައިވަނީ އަންގާރަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ.
ފުލުހުން ބުނީ މި ދެމީހުން ބަލައިފާސްކުރިއިރު 500 ރުފިޔާގެ ޞައްޙަ ނޫން 24 ނޫޓު ފެނިފައިވާ ކަމަށާއި، އެއީ ޕޮލިމާ ކަރުދާހުގައި ޗާޕްކޮށްފައިވާ ނޫޓުތަކެއް ނޫނެވެ.
ފަހަކަށް އައިސް އާދައިގެ ކަރުދާހަށް ޕްރިންޓުކޮށްފައި ހުންނަ 500 ރުފިޔާގެ ސައްހަ ނޫން ނޫޓު ދައުރުވަމުންދާކަން ފާހަގަކުރެވޭއިރު، ފައިސާގެ މުއާމަލާތްތައް ކުރުމުގައި، ދިވެހި ރުފިޔާގެ ތަފާތު ނޫޓުތަކުގައި ހުންނަ ސެކިއުރިޓީ ފީޗާސްތައް ހުރިތޯ ބެލުމަށާއި ފައިސާ ޕްރިންޓުކޮށްފައިވާ ކަރުދާހުގެ ކޮލިޓީ ބެލުންފަދަ ކަންކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.
މިދެންނެވި ދެމީހުން ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހަށް ހާޟިރު ކުރުމުން، މިހާރު ވަނީ 30 ދުވަހަށް ބަންދު ކޮށްފައެވެ.









