އުތުރު ކޮރެއާގެ ސިފައިން ރަޝިޔާގެ ކަރސްކް ސަރަހައްދުގައި ތިބިކަމަށް ޕެންޓަގަން އިން އަންގާރަ ދުވަހު ހާމަކޮށްފިއެވެ.
އެމެރިކާގެ އެއާފޯސްގެ މޭޖަރު ޖެނެރަލް ޕެޓް ރައިޑާ ވިދާޅުވީ އުތުރު ކޮރެއާއިން ޖުމްލަ 10،000 ސިފައިން އިރުމަތީ ރަޝިޔާގައި ތަމްރީނު ހޯދުމަށް ފޮނުވާފައިވާ ކަމަށާއި، ކުރިއަށް އޮތް ހަފްތާތަކުގައި މި ސިފައިން ޔޫކްރޭން ކައިރީގައި ހުރި ރަޝިޔާގެ ބާރުތައް އިތުރުކުރުމަށް ބޭނުންކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ރަޝިޔާއިން ގަސްތުކުރަނީ މި ސިފައިން ހަނގުރާމައިގައި ނުވަތަ ކުރްސްކްގައި ޔޫކްރޭންގެ ސިފައިންނާ ދެކޮޅަށް ހިންގާ ހަނގުރާމަވެރި އޮޕަރޭޝަންތަކަށް އެހީތެރިވުމަށް ކަމަށް ބެލެވޭތީ އެމެރިކާއިން ކަންބޮޑުވާ ކަމަށެވެ.
"އަޅުގަނޑުމެން ގާތުން މޮނިޓަރ ކުރަމުންދާއިރު، ޔޫކްރޭންގެ ބައިވެރިންގެ އިތުރުން އެހެން އެކުވެރިންނާއި ބައިވެރިންނާ ވެސް މަޝްވަރާ ކުރަމުން މިދަނީ،" އޭނާ ވިދާޅުވި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެހެންނަމަވެސް، ޔޫކްރޭންގެ އެތެރޭގައި އުތުރު ކޮރެއާގެ ސިފައިން ތިބި ކަމަށް ބުނާ ރިޕޯޓްތައް ސާބިތުކޮށްދޭނެ އެއްވެސް މަޢުލޫމާތެއް އެމެރިކާއަށް މިވަގުތު ލިބިފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނޭޓޯ ސެކްރެޓަރީ ޖެނެރަލް ވެސް ވަނީ މިކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ބްރިކްސް ގެ ބައްދަލުވުމުގެ ތެރެއިން ރަޝިއާގެ ރައީސް ވްލަދްމީރް ޕޫޓިން ވިދާޅުވީ ނޯތު ކޮރެއާއާއި ރަޝިއާގެ އަމިއްލަ ޒާތީ ކަންކަމާއިމެދު ގޮތް ކިޔާނީ ރަޝިއާއިން ކަމަށާއި، އެއީ އެހެން ޤައުމުތަކާއި ބެހޭ ކަމެއް ނޫނެވެ.









